05 މާޗް 2023 - 12:30
ދުނިޔޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށްޓަކައި އެކުލަވައިލުމަށް މަސައްކަތް ކުރަމުން އަންނަތާ 10 އަހަރު ފަހުން، ބައިނަލްއަގުވާމީ ކަނޑުތަކުގެ މުއާހަދާ އިއްޔެ އެކުލަވާލައި ގައުމުތަކުން ސޮއިކޮށްފި އެވެ.
"ދަ ހައި ސީސް ޓްރީޓީ"ގެ ދެލިކޮޕީއާ ބެހޭ ގޮތުން، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އެންމެ ފަހުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދެ ހަފުތާ ވެއްޖެ އެވެ. އެންމެ ފަހުގެ މަޝްވަރާތައް މެދުނުކެނޑި 38 ގަޑިއިރަށް ދެމިގެން ދިއުމަށް ފަހު، އެއްބަސްވުމަކަށް އާދެވުނީ އިއްޔެ ހަވީރު އެވެ.
Feels surreal. Took over 20y & locking up ppl at the UN for 48h but high seas treaty now agreed. Congratulations to all who worked hard for this historic day. A pleasure to be on this journey w you- now let’s make change on the water! pic.twitter.com/rs2jMyBjXJ
— Sofia Tsenikli (@sofia_tse) March 5, 2023
މި މުއާހަދާއަކީ ވަކި ގައުމަކަށް ނިސްބަތް ނުވާ ބައިނަލްއަގުވާމީ ކަނޑުތަކުގެ ގޮތުގައި މާނަކުރާ ކަނޑުގެ ސަރަހައްދުތަކުގައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާ ބެހޭ މުއާހަދާ އެކެވެ. މި މުއާހަދާގައިވާ ގޮތުން ބައިނަލްއަގުވާމީ ކަނޑުތަކުގެ 30 ޕަސެންޓް، 2030ގެ ނިޔަލަށް ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައި، ދުނިޔޭގެ ގައުމުތަކުން އެ ގޮތަށް އަމަލުކުރަންޖެހޭނެ އެވެ.
އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި މި މުއާހަދާއާ މެދު މަޝްވަރާ ކުރަމުން އަންނަތާ އެތައް އަހަރުތަކެއް ވެފައިވާ އިރު، އެއްބަސްވުމަކަށް ނާދެވި ދިގު މުއްދަތެއް ހޭދަވީ، މި މުއާހަދާ ތަންފީޒު ކުރުމުގައި ގައުމުތަކުން ހޭދަކުރާނެ މިންވަރާއި، މަސްވެރިކަން ކުރުމުގައި އެ ގައުމުތަކަށް ލިބިގެންވާ ހައްގުތަކާ މެދު ހުރި ދެބަސްވުންތައް ގިނަކަމުންނެވެ.
ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރުމުގެ ގޮތުން އެންމެ ފަހުން އެކުލަވައިލި މުއާހަދާއަކީ، މީގެ 40 އަހަރު ކުރިން އެކުލަވާލައި އަމަލު ކުރަމުން އަންނަ، ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ސީ އެވެ. އެ މުއާހަދާގައިވަނީ "ހައި ސީސް"ގެ ނަމުގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކެއް ކަނޑައަޅައިފަ އެވެ.
At the UN, countries finally agreed to the long pending High Seas Treaty, agreement will place 30% of world's international waters into protected areas(MPAs) by 2030 in varying forms of protection. This will save the ocean from overfishing, pollution.etc, Protect marine life 1/2 pic.twitter.com/ikdRngJU3g
— Tamil Nadu Geography (@TNGeography) March 5, 2023
އެ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުމާއި، ދަތުރުފަތުރު ކުރުމާއި ދިރާސީ މަސައްކަތް ކުރުމުގެ ހައްގު ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ކަމަށް ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ސީގައި ބުނެފައިވެ އެވެ. ނަމަވެސް އެ ސަރަހައްދުތަކުގެ ތެރެއިން މިހާތަނަށް ހިމާޔަތް ކުރެވިފައިވަނީ އެންމެ 1.2 ޕަސެންޓްގެ ސަރަހައްދެކެވެ.
އެ 1.2 ޕަސެންޓްގެ ސަރަހައްދުން ބޭރުގައި ހުރި ކަނޑުގެ ދިރުންތައް (މަސްމަހާމެއްސާއި، ފަރުތަކާއި ފަރުތަކުގެ ދިރުންތައް) ވަނީ، އާދަޔާ ޚިލާފަށް ގިނައިން މަސްވެރިކަން ކުރުމާއި ކަނޑުދަތުރުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފަ އެވެ.
އަލަށް މިފަހަރު އެކުލަވައިލި މުއާހަދާ އިން ކަނޑައަޅައިދޭ ހިމާޔަތްކުރެވޭ ސަރަހައްދުތަކުގައި މަސްވެރިކަން ކުރެވޭނީ ވެސް ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ. އަދި އެ ސަރަހައްދުތަކުން ދަތުރުކުރެވޭނީ ވެސް އަދި ކަނޑުގެ ބިމު އަޑި ތޮރުފައިގެން މައުދަނާއި ހަކަތައިގެ ބާވަތްތައް ހޯދުމަށް ކުރާ ދިރާސާތައް ވެސް ކުރެވޭނީ ވަކި އުސޫލުތަކަކުން ވަކި މިންވަރަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައުފަ
05 March 2023
މަމެން ގައުމުގެ ކަނޑުގެ ބޮޑު ބައެއް މި ސަރުކާރުން ވަނީ ދިވެހިން އަށް އޮފް ލިމިޓް ކޮށްފަ..