އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް ނަޝީދާ އެކު އެމްޑީޕީގެ އިސްވެރިން: ޕްރައިމަރީގެ ނަތީޖާ ބާތިލްކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އިހްތިސާސްއާ މެދު ސުވާލު އުފައްދާފައި --- ފޮޓޯ | މިހާރު
05 މާޗް 2023 - 13:42
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެމްޑީޕީން އިހްތިސާސްއާ މެދު ސުވާލު އުފެއްދުމުން، ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށް އެ ޕްރައިމަރީގެ ނަތީޖާ ބާތިލްކުރަން ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހެކެވެ.
އެ މައްސަލާގައި ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުގައި މިއަދު ތާވަލްކުރީ ވަގުތީ އަމުރާ މެދު ވާހަކަ ދެއްކުމައި ގޮތެއް ނިންމުމުވެ. އެހެން ނަމަވެސް އެމްޑީޕީން ވަނީ އިިހްތިސާސްއާ މެދު ސުވާލު އުފައްދައި، އިޖްރާއީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެކަމަށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ކޯޓުން މިއަދު ވަނީ ދީފަ އެވެ.
މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި ނަމަ، އެކަމާ މެދު ދައުވާކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެ އެވެ. އަދި އެއަށްފަހު އެކަމާ މެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ.
ބޮޑު އަޣުލަބިއްޔަތަކުން ރައީސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވިޔަސް، ނަޝީދުގެ ފަރާތްޕުޅުން ވަނީ ޕްރައިމަރީގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ.
މި ނަތީޖާ ގަބޫލުނުކުރައްވައި ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ވެސް ފައްޓަވައިފަ އެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު އެ ހަރަކާތަށް ސޮއިކުރަމުން އަންނަ ކަމަށާއި މިހާތަނަށް 50،000 އަށް ވުރެން ގިނަ މެމްބަރުން ސޮއިކޮށްފައިވާ ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
05 March 2023
ތިބުނާ 50000 މީހުން ލައްވާ އެމްޑީޕީގެ ރައީސް ސޮއިކުރުވީ އެމްޑީޕީ އަށްތަ؟ ނޫނީ ފޭކް ފޯމެއް ފުރުވާ ފޭކް އަދަދެއް ބުނެލީތަ؟ އަދިވެސް ތިބަލަނީ މީހުންގެ ބޮލަށް ޗިޕުޖަހާ ސްޓޯރީ މޭކް ކުރައްވަންތޯ. ހެޔޮނުވާނެ ތިއުޅުން ހުއްޓަވާލައްވާފަ ޕާޓީއާއިގެން ކުރިޔަށްދެވޭތޯ ދެންވެސް ބަލާބަލަ. ނަމެއްގަ ޕާޓީގެ ރައީސް ކަމުގަ ތިހުންނަވަނީ ޖެއްސުން ކުރައްވަންތޯ؟ ނޫނީ ތިޔަބޭނުންފުޅުވަނީ އަދިވެސް ރައީސްކަންތޯ؟ ނޫނީ ރަސްކަންތޯ؟
އާވަސް
05 March 2023
ފިކުރެއްގެ ދިރުމަށް ސޮއިކުރީ ފަސްލައްކަ މީހުން.
އަހުމަދީ
05 March 2023
ޑިމޮކްރެޓިކް ޕާޓީގައި މަކަރުވެރި ރޭވުމެއްގެ ދަށުން 39000 މެމްބަރުންގެ ހައްގު ނެތި ބޭއްވި އިންތިޚާބު ބަލައެއް ނުގަނެވޭނެ ދުވަހަކުވެސް.
އިންސާފުވެރި ގާޒީ
05 March 2023
39000 މެމްބަރުން ޕާޓީން ވަކިކޮށް ވޯޓުލުމުގެ ހައްގުން މަހުރޫމް ކުރުމަށްފަހު ޕްރައިމަރީ ބޭއްވުމަކީ 39000 މެމްބަރުންގެ ހައްގަށް އަރައިގަތުން . ވޯޓުލުމުގެ ހައްގަކީ އަސާސީ ހައްގެއް . އެހެންކަމުން އެމްޑީޕީ ގެ އެތެރޭގައި ބޭއްވުނު އިންތިހާބަކީ ބޭއިންސާފެއް . 39000 ދިވެހި ރައްޔިތުން އަދި އެމްޑީޕީ އުފެއްދި އިސް މެމްބަރުންގެ ހައްގުގައި އިންތިހާބު ބާތިލްކޮށް ކޯޓުން އިންސާފު ނަގަހައްޓާނެ . ކޯޓަށް އިތުބާރު އެބައޮތް
އެކްސްް
05 March 2023
ތިބުނާ 39000 މެންބަރުންގެ މައްސަލަ އޮތްކަން އެނގިހުރެ ޕްރައިމަރީގައި ވާދަކުރުމުގެ ބޭނުމަކީ ކޮބާ؟ އަދި 39000 މެންބަރުންނަކީ އެމީހުންގެ މެމްބަރޝިޕް ސައްހަކަން ކަށަވަރުކުރުމަށް އިލެކްޝަނުންވެސް ވަގުތުދިނުމަށްފަހު އެކަން ނުކުރުމުގެ ސަބަބުން ޕާޓީ ދަފްތަރުން އުނިވެގެން ދިޔަމީހުން. އޭގެ ތެރޭގައި އެހެނިހެން ޕާޓީތަކުގެ އެތައް މެންބަރުންނެއް ހިމެނޭ.
އިބްރަތް13322ދ
05 March 2023
ނަމުގަ މަންޑޭލާ .. ހަގީގަތުގައި މުގާބޭ ތި ކެނެރީގޭ ނަޝީދަކީ .. މިހާރު ތި ފިކުރު އޮތީ ގާސިމްއައް ދީފައި ! ދެރައީ އަންނި މަންޑޭލާ ކަމައް ހީކޮއް އޭނާގެ ވަށާއެބުރޭ މަދު ބަޔަކު އަދިވެސް އުޅޭތީ !
ކަތްދައްތަ
05 March 2023
ޢަންނި ބަލިވީމާ އެއްކިހުނުފަން ގޭ ކުއްޖާ ވަކާލާތު ކުރަން މިފޮނުވީ. ވީމާ އިޚްތިޞޯސާ ހަވާދާ މިފަހަރު އެއްވާނެ.
ނަސްރީނާ
05 March 2023
ޖަޒީރާމުގާބޭ ފިކުރު ދިރޭގޮތް މީ
މަންޑޭލާ
05 March 2023
ބަލި ގަބޫލު ނުކުރެވުނު މަންޑޭލާ
ޢެމެރިކާ
05 March 2023
ވޯޓް އޮޅުވާލީމަވެސް މަސްސަލަ ބެލޭނެ ގޮތެއްނެއް
ދެމޯކުރޭޒީ
05 March 2023
ދެމޯކުރޭޒީގެ ބާނީ ބާކީވެގެން ނުދާނެ އަހުން މިތިބީ ވޯޓުދޭން އަރުވައި ޖަހައިގެން