ޚަބަރު / ވެންޓިލޭޓަރުތައް ގެނައުމުގެ މައްސަލަގަނޑު

އާބިޓްރޭޝަނަށް ފަހު ވެންޓިލޭޓަރުގެ ފައިސާ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް: އަމީރު

ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ | މަޖިލިސް

ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަށް ދޫކުރި 31 މިލިއަން ރުފިޔާ، އާބިޓްރޭޝަނަށް ފަހު އަނބުރާ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން މިހާރު ވަނީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ. އުއްމީދަކީ އާބިޓްރޭޝަނުން ސަރުކާރާ އެއްކޮޅަށް ނިމި އެ ކުންފުނީގެ އަތުން ފައިސާ އަނބުރާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަަރަށް އުއްމީދު އެބައޮތް، އާބިޓްރޭޝަނުން މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ނިމޭނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރީ ކުންފުންޏާ ބެހޭ ތަފްސީލެއް ނުހޯދައި ކަން އޮޑިޓް އޮފީހުގެ ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.

ވެންޓިލޭޓަރުތައް ނުލިބި މައްސަލަ ބޮޑުވުމުން، ތަހުގީގަށް އޮޑިޓް އޮފީހާއި އޭސީސީން އޭރު ހޯދި މައުލޫމާތުން ކަށަވަރުވީ ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ވިއްކުމުގެ ގާބިލް ކަމެއް އެގްޒެކިއުޓާސް ކުންފުނީގައި ނެތް ކަމެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވާ ވެންޓިލޭޓަރު މައްސަލާގައި ދައުލަތަށް އަނބުރާ ފައިސާ ލިބޭނެ ކަމުގެ އުއްމީދު އަމީރު އާ ކޮށްދެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ސުވާލުތަކާ ގުޅިގެންނެވެ.

އަފީފް ސުވާލު ކުރެއްވީ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަށް 31 މިލިއަން ރުފިޔާ މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޫކުރެއްވި ސަބަބު ހޯއްދެވުމަށެވެ. އެޑްވާންސް ގެރެންޓީއަކާ ނުލައި އަދި އެ ކުންފުންޏަކީ ވެންޓިލޭޓަރުތައް ހޯދުމުގައި ގާބިލް ކުންފުންޏެއްތޯ ނުބަލައި ފައިސާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު އަމަލެއް ހިންގާފައިވާ ނަމަ އެ ފަރާތްތަކަކަށް އެޅި ފިޔަވަޅާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެއްވި އެވެ.

އަފީފް މަޖިލީހުގައި އަމީރުއާ ސުވާލު ކުރައްވަނީ. -- ފޮޓޯ | މިހާރު

މިނިސްޓަރު އަމީރު ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގައި މާލިއްޔަތު ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ތަހުގީގީ އިދާރާތަކުން ބަލާފައިވާ އިރު ފިނޭންސް މިނިސްޓްރީގެ ގޯހެއް ފެންނަން ނެތް ކަމަށެވެ. އެއްވެސް ރިޕޯޓެއްގައި ވެސް ފިނޭންސުން މާލިއްޔަތު ގަވާއިދާ ޚިލާފު އަމަލެއް ހިންގި ކަމަކަށް ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ވެންޓިލޭޓަރު މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފިނޭންސް މިނިސްޓްރީން އެއްވެސް ކަމެއް ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަން ބަޔާންކޮށްފައި ނުވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން އޭސީސީން މި މިނިސްޓްރީން އަންގާފައިވާ އެންގުމަށް ބަލާއިރު ޕްރޮކިއުމަންޓްގެ ނިޒާމް އިތުރަށް ހަރުދަނާކުރަން އަންގާފައިވާ ކަންކަން އަޅުގަނޑުމެން މިހާރު ވަނީ އިތުރަށް ފުރިހަމަކޮށްފައި،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައްސަލަ ބެލިއިރު ވެސް ފިނޭންސް މިނިސްޓްރީން އަމަލުކުރި ގޮތް ވަރަށް ތަފްސީލުކޮށްދެއްވައިފަ އެވެ. އަދި ވެންޓިލޭޓަރު މައްސަލާގައި ތަހުގީގީ އިދާރާއަކުން ފިނޭންސްގެ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅަން އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރަން، އަމީރު ވިދާޅުވި ގޮތުގައި، ހަރުދަނާ ފިޔަވަޅުތަކެއް ވެންޓިލޭޓަރު މައްސަލަ ފެންމަތިވުމުން ވާނީ އަޅައިފަ އެވެ. އޭގެ ތެރޭގައި މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަން ފާހަގަކުރެއްވި އެވެ.

ވެންޓިލޭޓަރުގެ ފައިސާ އެގްޒެކިއުޓާސްގެ ކުންފުނީގެ އެކައުންޓަށް ދޫކުރަން މިނިސްޓަރު އެންގެވީ، އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުމުން ފިނޭންސް މިނިސްޓްރީގެ ސިސްޓަމުން ރިޖެކްޓްކުރުމުންތޯ އަފީފް ސުވާލު ކުރެއްވި އެވެ.

މި ސުވާލުގެ ޖަވާބުގައި ވެސް މިނިސްޓަރު ތަކުރާރު ކުރެއްވީ ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް އޮތް ކަމަށް އެއްވެސް އިދާރާއަކުން އަންގާފައި ނުވުމެވެ. އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނުތޯ ކުރެއްވި ސުވާލަށް ވިދާޅުވީ "އިއްޒަތްތެރި މެމްބަރު ތި ވިދާޅުވި ކަންތައްތަކަކީ އަޅުގަނޑު ދެނެހުރި ކަންތައްތަކެއް ނޫން" ކަމަށެވެ.

އާބިޓްރޭޝަނާ ގުޅުވައި ޖަވާބު ހިފެހެއްޓެވުމުން ހިތްހަމަނުޖެހުން!

ފައިސާ ދޫކުރީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އެއްސެވުމުން އަމީރު ވިދާޅުވީ އާބިޓްރޭޝަންގައި މައްސަލަ އޮތުމުން އެހާ ތަފްސީލު މައުލޫމާތު ދެއްވެން ނެތް ކަމަށެވެ.

އެ ޖަވާބުގައި ހިފަހައްޓަވަނީ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވެސް ލަފައާ އެކުގައި ކަމަށް އަމީރު ވިދާޅުވުމުން ބައެއް މެމްބަރުން ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.

އާބިޓްރޭޝަންގައި މައްސަލަ އޮތުމުން މަޖިލީހުގައި މެމްބަރަކު ކުރާ ސުވާލަކަށް ޖަވާބު ދެއްވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވުމަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި އުސޫލީ މައްސަލައެކެވެ.

ކޮވިޑު ނިމި، ވެންޓިލޭޓަރާއި ފައިސާ ނުލިބި ވެރިކަމުގެ މި ދައުރު ނިމޭއިރު މި މައްސަލައަކީ ދައުލަތުގެ ފެއިލިއާއެއް ކަަމަށް ދެކެވަޑައިނުގަންނަވަންތޯ އިންތި ސުވާލު އުފެއްދެވި އެވެ. އޭނާގެ އަނެއް ސުވާލަކީ އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އުޅުނު މައްސަލަ ފިނޭންސް މިނިސްޓްރިއަށް ފެންމަތިވުމުން ވެސް ކުންފުނީގެ ޑިއު ޑެލިޖެންސެއް ނުހަދައި ފައިސާ ދޫކުރީ ކީއްވެތޯ އެވެ.

އިންތިގެ ސުވާލާ ގުޅިގެން ވެސް އަމީރު ވިދާޅުވީ ފިނޭންސްގެ ގޯހެއް ވެންޓިލޭޓަރު މައްސަލާގައި ފާހަގަކޮށްފައި ނެތް ކަމަށެވެ.

މަޖިލީހުގައި އަމީރު ވާހަކަ ދައްކަވަނީ: މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމުގައި އެ މިނިސްޓްރީގެ ގޯހެއް އެއްވެސް އިދާރާއަކުން ފާހަގަކޮށްފައި ނުވާ ކަމަށް.

އާބިޓްރޭޝަންގައި މައްސަލަ އޮތް ކަން މިނިސްޓަރު ފާހަގަކުރައްވައި ސީދާ ޖަވާބު ދެއްވަން އިންކާރު ކުރައްވާތީ މަޖިލީހުގެ ރައީސް ވިދާޅުވީ އެއީ މަޖިލީހަށް ވަޒީރު ދެއްވަން ޖެހޭ މައުލޫމާތަށް ހުރަސް އެޅޭނެ ސަބަބެއް ނޫން ކަމަށެވެ.

"އާބިޓްރޭޝަނަކީ ޝަރުއީ ކޯޓެއް ކަމަކަށް ކަނޑައެއް ނޭޅޭ. މިތަނުގައި މަޝްވަރާކުރުމާއި ޖަވާބު ދިނުމާއި ސުވާލުކުރުމުން ހުރަސް އެޅެނީ ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން. މިތަނުގައި ޖަވާބެއް ދިނުމަށް ސާފުކޮށް ދެންނެވޭނީ ރިޔާސަތަށް،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު އިއުތިރާފްގެ ބަޔާނެއް ވަޒީރުގެ ފަރާތުން ހޯއްދެވުމަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ނުހައްގުން އަނިޔާދިނުން ފަދަ ކަމަކަށް ވެދާނެ އެވެ.

ތަކުރާރުކޮށް ފައިސާ ދޫކުރަން ހުއްދަ ދެއްވި ސަބަބާ މެދު ސުވާލުކުރައްވާތީ އަމީރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ ތަފްސީލް މަޖިލީހުގެ ކޮމިޓީއަށް ވަރަށް ތަފްސީލްކޮށް ކުރިން ދެއްވާފައި ވަނިކޮށް މިއަދު ހާޒިރުކޮށް މެމްބަރުން ކުރައްވާ ކަމަކީ "ސިޔާސީ ބޮޑު ހަރަކާތެއްގެ" ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެޑްވާންސް ޕޭމަންޓް ދޫކުރަން ހުއްދަ ދެއްވި ކަމަށާއި އެކަމަކު އެއީ ބޭންކް ގެރެންޓީއަކާ ނުލައި ދޫކުރަން ދެއްވި ހުއްދައެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. މިއީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ އޮތް ކަމަކަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސް އަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

ވެންޓިލޭޓަރު ފަދަ މެޝިންތަކަކީ އެގޮތަށް ގުދަންތަކުގައި ދިގު މުއްދަތަކަށް ސްޓޮކްކޮށްފައި ބަހައްޓާ ތަކެތި ނޫން ކަމަށް ވާތީ އެގްޒެކިއުޓާސް އިން އެހެން ބުންޏަސް އެންމެ ކުޑަމިނުން ގުދަނުގައި އެތަކެތި ހުރިތޯ ކަށަވަރުނުކޮށް ހެލްތުން ފައިސާ ދީފައިވާތީ އޮޑިޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

17 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނެއްމާނަ

06 March 2023

އަމީރު އެ ބުނެދެނީ ކިހާ މޮޅަކަށްކަން އެކަންކޮށްލާފަ އޮތީ. އެއްވެސް މުއައްސަސާއަކަށް އެއްވެސް ތަހުގީގީ އިދާރާއަކަށް އެމީހުން ހެދި ގޮތެއް ނޭނގުނޯ. އެހާވެސް މޮޅަށް ވައްކަން ކޮށްލީ. ހުރިހާ ކަމެއް ހިނގާ ގޮތް އެނގޭ މީހެއްގެ އަތެއް ނެތި ކިހިނެތް އެހާ މޮޅަށް ވައްކަންކުރާނީ..

The name is already taken The name is available. Register?

ބޮޑުމީހާ

06 March 2023

މި ސަރުކާރަކީ މެޖޯރިޓީ އޮވެމެ މިގައުމުގައި ހުރި މައްސަަލަތައް އިތުރަށް ގޯސްކުރި ސަރުކާރެއް. ބައްލަވާ! ޖޭއެސްސީ، އިސްލާހުކުރުމުގެ ބަދަލުގައި ފަޑިޔާރުގެއާއި ހިތުހުރިގޮތަކަށް އެކުޅެނީ. ކޮރަޕްޝަން ހުއްޓުވަން ޒީރޯ ޓޯލަރެންސް ޕޮލިސީ މީހުން އެމްއެމްޕީއާރުސީގެ ވަޒީރުން ލައިގެން އެ މައްސަލަތައް ވެސް ނުބެލި މި ދައުރު ނިމެނީ، ނުވިތާކަށް ގާތް މީހުންނަށް ބަދަލުދީ، ސިޔާސީ ކުދިންނަށް އެމްަބަސީން ހިތުހުރި މުސާރައެއް ދީ ދައުލަތް ދަރަނިކުރި ސަރުކާރުގެ ލަގަބު ލިބޭނ

The name is already taken The name is available. Register?

ޙަސަން ކުރުސީ

06 March 2023

ވަރަށް ރަގަޅު، މަނިކުފާނަށް ތިޔަ ވަޒީފާ ދީފައި ތިޔަހުރީ އުންމީދު ކުރަން! ތިޔަކަން ހުއްޓާނުލާތި!

The name is already taken The name is available. Register?

ޕެކިން

06 March 2023

އެއްތިރީސް މިލިޔަން ދިވެހި ރުފިޔާއެއްގެ ދޯހަޅި ޑީލެއްގެ މައްސަލަ ތިއުޅެނީ މާބޮޑު ސްޓޯރީ އަކަށް ވެގެން. ހީވަނީ ދެން ކަންބޮޑުވާނެ މާބޮޑު އެހެން މައްސަލައެއް ދައްކާނެ ވާހަކައެއް ކުރާނެކަމެއް ނެތީހެން.

The name is already taken The name is available. Register?

މަންދީ.

06 March 2023

ކަލެއަށް 31 މިލިޔަން ރުފިޔާ ކުޑައެއްޗެއް ކަމުގައި ވިޔަސް ދަރަނިވެރިވެފައިއޮތް މިރާއްޖެއަށް އެއީ ކުޑައެއްޗެއްނޫން. އެއްތިރީސް މިލިޔަން ރުފިޔާގެ ޙިޔާނާތުގެ ވާހަކަ އެއީ ކުޑަވާހަކައެއްވެސް ނޫން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

06 March 2023

އަމީރު ތިޔަ ދައްކާ ވާހަކައެއް ނޭގުނު! ތިޔަ ފަދަ ބޮޑު އަދަދެއް ހެލްތް މިނިސްޓްރީ އަކުން ނުދެވޭނެ! ފިނޭންސްއަށް ފޮނުވާ ޕޭންމަންޓް އެޕްރޫވް ކުރި ގޮތެއްވެސް އެބަޖެހޭ ބަލަން! މިކަމުގައި ފިނޭންސް މިނިސްޓްރީގެ އިހްމާލުވެސް ބޮޑު.

The name is already taken The name is available. Register?

ހރގޑ2023

06 March 2023

މިއަހަރު މި ހިންގީ އެމް.އެމް.ޕީ.އާރުސީން ކުރި ވައްކަމުން ލިބުނު ފައިސާއިން.. ދެން އަންނަ އަހަރު ގައުމު ހިންގާނީ ވެންޓިލޭޓަރ ލާރިން ދެއްތޯ އަމީރު.. އަމީރުމެނާ ގައުމު ހަވާލު ކުރަންވީ.. ހަމަ ވައްކަމެއް ކުރީ، އެ ފައިސާ ގެނަސް އެލީ ހަޒާނާއަށް.. މިވަރު ވަޒީރެއް ލިބޭނެތަ؟ އެހާ ފަސޭހައޭ ކަންކަން ކޮށްލަން. އަމީރުމެން މީގެ ކުރިން ތިބިނަމަ މިގައުމުން ގެއްލުނު ހުރިހާ ފައިސާއެއް ހުންނާނީ މިހާރު ލިބިފަ؟ ފޮނިބައިސާ ކެނޑުމުގެ ލާމަސީލު ވެރިކަމެއް..

The name is already taken The name is available. Register?

ފިކުރެއް

06 March 2023

ތި އުއްމީދުގަ ދައުރު މި ނިމެނީ . އަމިއްލަ ޖީބުންވެސް މި ފައިސާ ދައްކާފައި ނޫނީ ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ ލަދުވެތިކަމެއް. ދިވެހިންގެ ބައިތުލްމާލު ބެލެހެއްޓުމުގެ ގާބިލްކަމެއް ނެތް ސަރުކާރެއް ބޭނުމެއް ނޫން!

The name is already taken The name is available. Register?

ބަޑިއެދުރުކަލޭގެ

06 March 2023

ކޮވިޑްގެ ވަބާގެ ތެރޭގައި ގިނަ ރައްޔިތުންތަކެއް ނޭވާނުލެވި އުޅުނު ދުވަސްވަރު، ގެންނަން ފައިސާ ދެއްކި އުޅުނު ވެންޓިލޭޓަރުތައް އަދިވެސް ނުލިބެނީތޯ ؟ އަދި އެތަކެތި ގަންނަން ދެއްކި ފައިސާވެސް އަދި އަނބުރާ ނުލިބެނީތޯ ؟! ހަމަ އެކަނި މި މައްސަލައަށް ބަލައިލިޔަސް ސަރުކާރުގެ ދޯދިޔާކަމާއި ނޭއްގާނީ ކަން ރައްޔިތުންނަށް ސާފުވާނެ ނޫންތޯ؟ ތިމާމެން ގައިގައި ގާބިލްކަމެއް އިޚްލާސްތެރިކަމެއް ނެތި ވެރިކަމާއަލުން ކުރިމަތިލާތީ އަޖައިބުވޭ!

The name is already taken The name is available. Register?

ގހގތހޔ

06 March 2023

ވެންޓިލޭޓަރުގެ ފައިސާ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް: އެބަހީ ރައްޔިތުން އަތުން ޓެކުސް ނަގައިގެންނާއި ތަކެތީގެ އަގު ބޮޑުކޮށްގެން އެބައި ހޯދާނަމަޭ ނަމަވެސް އެކަން ކުރި މީހުންނާ ކުޅެވޭކަށް ނެތޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

06 March 2023

ތިބޭޅާމެންގެ އިޙްލާސްތެރިކަން ނެތުމުން ދައުލަތުގެ ޙަޒާނާއިން ބޭރުކޮށްލި ސާޅީހަކަށް މިލިޔަން ރުފިޔާ ނުލިބުނު ކަމުގައިވިޔަސް އަހަރުމެނަށް ޔަޤީންކަން އޮތް ކަމެއްގެ ވާހަކަ ބުނެލާނަން. # ސޯލިޙްގެ ސަރުކާރުގެ ބާކީއޮތް 6 މަސް ދުވަސް ނިމުމާއިއެކު ރައްޔިތުން އިންތިޙާބު ކުރާ ސަރުކާރު އައުމާއިއެކުގައި "ޒީރޯ ޓޮލަރެންސް ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ ޙިޔާނާތުގެ މައްސަލަ ތަޙްޤީގުކޮށް ޕްރޮސިކިއުޓާރ މައްސަލައިގެ ދައުވާ ކުރަން ފައްޓާނެ.

The name is already taken The name is available. Register?

ސރދރ25

06 March 2023

ސާބަހޭ އަފީފުއްދީން..އަހަރެމެން މިކަން ނިންމާނީ ނިކަން ހިތިކޮށް.. އިބުރާހީމުގެ މީހުން ފެންކަޅި ކޮށްލާފަ. އަނިޔާއޭ ކިޔައިގެން އައިސް މުޅި ގައުމު ފަސާދަކޮށްފި.. ހުވަދޫ ކަނޑާއި ބަރަވެލި ކަނޑުގައި ޓައިލްސް ޖަހާދޭން ބުންޏަސް ދިވެހިންދެން މިސަރުކާރަކަށް ފުރުޞަތެއް ނުދޭނެ.. ހައެއްކަ ކަކުނި ތޮށިގަނޑު ފަދަ ޕާރޓީއާއެކު ވެރިކަމަށް އަންްނަން އެންމެން ކައިރިއަށް އާދޭސްކޮށް ރޮއި ދެފައި ތަޅާ ބޮޑާ ދައްކާ..މިދެން ގޮސް ހުސްވީ ކަން އެނގޭ.. ދިވެހިން ބޭނުމީ ބަދަލެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454