ވެލާ ޕްރައިވެޓް އައިލެންޑް. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 2،400 ޑޮލަރު ދީފައި-- ފޮޓޯ: ވެލާ
08 މާޗް 2023 - 13:47
މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ހަތަރު ރިސޯޓަކުން 2،000 ޑޮލަރު (30،000ރ.) އަށް ވުރެ ބޮޑު އަދަދެއް ދީފި އެވެ.
މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 2،430 ޑޮލަރު (37،400ރ.) ދީފަ އެވެ. މިދިޔަ އަހަރު ވެސް އެންމެ ގިނަ މަސްމަހު އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދިން އެއް ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑެވެ.
ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިޒް ކާލްޓަން އިން ވަނީ 2،400 ޑޮލަރު (37،000ރ. ދީފަ އެވެ. ތިން ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ޝެވަލް ބްލަންކް އިންނެވެ. އެ ރިސޯޓުން ވަނީ 2،200 ޑޮލަރު (33،000ރ.) ދީފައި އެވެ. ދެން ލިސްޓްގައި އޮތީ ވޮލްޑޯފް އެސްޓޯރިއާ އެވެ. އެއީ 2،000 ޑޮލަރު (30،000ރ.) އެވެ
މިދިޔަ ޖެނުއަރީ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ރިޒް ކާލްޓަން އިންނެވެ. އެ ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 4،500 ޑޮލަރު (70،000ރ.) ދީފައި އެވެ. އެއީ މިހާތަނަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދިން އެއް ފަހަރެވެ.
ރިޒް ކާލްޓަންގެ ވިލާއެއް. ރާއްޖޭގައި އެންމެ ބޮޑު ސާވިސް ޗާޖު ދޭ އެއް ރިސާޓަކީ ރިޒް ކާލްޓަން-- ފޮޓޯ: ރިޒް ކާލްޓަން
ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ތަނަކުން އެ ކުންފުންޏަކަށް އެ މަހަކު ލިބުނު އާމްދަނީގެ 10 ޕަސެންޓް ސާވިސް ޗާޖުގެ ގޮތުގައި ނެގުން ގާނޫނީ ގޮތުން ވަނީ މަޖުބޫރު ކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު 8 ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑު ސާވިސް ޗާޖެއް ދީފަ އެވެ. އޭގެ ތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށާއި އަނަންތާރާ ކިހާވަށާއި ސޮނޭވާ ޖާނީ އާއި ޕަޓީނާ މޯލްޑިވްސް ފަދަ ރިސޯޓުތައް ހިމެނެ އެވެ.
ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 375،000 ޓޫރިސްޓުން އައިސްފައިވާ އިރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ މަހު 177،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިސޯޓު ބޯއީ
09 March 2023
ދެން ކުރަންވީ ކަމަކީ ރިސޯޓް ތަކުގެ މުވައްޒިފުންގެ ނިސްބަތް 90% އަކީ ދިވެހިން ކަމަށް ކަނޑައަޅަންވީ. ޙާއްސަ ކޮށް މަތީ މަގާމުތައް. ރިސޯޓު ތައް ހިންގޭ ވަރަށް ދިވެހިން އެބަތިބި މިހާރު.
ބޮޑުމީހާ
08 March 2023
ވެލާ ރިސޯޓްގަ މަސައްކަތްކުރަނީ ކިތައް ދިވެހި މުވައްޒަފުންތޯ އަދި ސާރވިސްޗާރޖް ލިބޭ ކިތައް މުވައްޒަފުންތޯ ވެސް ހިމަނާލުން މުހިންމު. މައުލޫމާތު ލިބުނު ގޮތުގައި ވެލާގައި މަސައްކަތްކުރާ ގިނަ ސްޓާފުންނަކީ އައުޓްސޯސްކޮށްގެން އެހެން ކުންފުންޏަކުން މުސާރަދޭ ސްޓާފުން
ޙިނި
08 March 2023
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ސާވިސްޗާނުންވެސް އެބަމަކަރުހަދާ، ސާވިސްޗާޖައްވާ ޑޮލަރު ބޮޑުއަގުގަ ކަޅުބާޒާރުގަ މާރުކޮއްލާފަ ސާވިސްޗާޖު މިދެނީ (15.42) ބޭންކުރޭޓުން ޑޮލަރުމާރުކުރީމަ ޖެހޭ އަދަދު. މިރާއްޖޭގަ ކޮންމެ ކަމަކުންވެސް މިއޮންނަނީ ވައްކަންކުރުން. ސަރުކާރައް މަޖުލިހައް މިއެއް ނުފެނޭ. ނިކަން ޓުވަރިޒަމް އެންމެންގެ މުސާރަ ޑޮލަރުން ދޭގޮތައްހަދާބަލަ، ޓުވަރިޒމުންވެސް ހުރިހާ މޮޅެއް މިލިބެނީ ލަންކާ އިންޑިޔާ ބޭރުމީހުނައް. ދިވެހިނައް ހަމަމުކޮސް
ހަޑިގިއްލާ
08 March 2023
މާތް ކަލާކޯ! އަދިވެސް ނުފުދެނީތޯ1 މިނިމަމް ވޭޖު ކަނޑައަޅާ، ސާވީސް ޗާޖަކީ ޤާނޫނީގޮތުން ލާޒިމްކުރާ އިނާޔަތަކަށް އިބޫގެ މިސަރުކާރުން ހެދުމާއެކު މިހާރު މުސާރައިގެ ގޮތުގާ، 30 ހާސް ނުޖެހޭ މުއައްޒިފަކުނެތޭ.... ގިނަ މުއައްޒިފުންނަކީ ބައިލައްކައިން މުސާރަ ލިބޭ މީހުން.... ﷲ އަަށް ހަމްދުކޮށްބަލަ...
ފޮނިފޮނިޓައްޕު ކުމާރު
08 March 2023
ކޮންމެރައްޔިތަކުވެސް ބަލާންވީ ވެލައަށް ދެވޭތޯ.
އޮނަރަބްލް އަފީފު ދީދީ
08 March 2023
ވޯޓް ހޯދަންވެގެން އަހަރުމެނަށް ވިއްކި އައްޑޫ މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް ކޮށްނުދީ އަދި ތަރައްޤީ ކުރާނެ ކަމަށްބުނި ގޭންއެއަރޕޯޓާއި 8000 އެނދު ގެ ކަންކަން ވީނުވީ ހިސާބެއް ނޭގި އެބޭޅާގެ ވަޒީރު އައްޑޫ މީހުންގެ ޖީބަށް ވައްދާން ބުނި ޕައުންޑް ތަކުން އައްޑޫ މީހުންގެ ޖީބަށް ވަން އަދަދު އިގޭނަމަ އެވާހަކަވެސް ރިޕޯޓެއްގެ ގޮތުގައި މިހާރު ނޫހުން ގެނެސްދޭންވީ ނޫންތޯ. އޭރުން ފައްޔާޒުމެން ދެރަވެ ކަރުނަ އަޅާންޖެހޭ ސަބަބު ކިއުންތެރިންނަށް އިގޭނެ.
އަހުމޭ
08 March 2023
15.42ރ ރޭޓް އެއީ ނަމެއް. ޑޮލަރުން ހެޑްލައިން ޖަހާލާ.
ކޮރަލް
08 March 2023
ރިސޯޓް ތަކުގަ ގަވާއިދާ ހިލާފައް އަދި ދީފަ ހުންނަ ކޯޓާ އަށް ވުރެ ގިނަ ބިދޭސީން ވ ގިނަ އެވެ. ރިސޯޓް ތައް އިދާރާ ތަކުން ޗެކް ނުކުރާތީ މާލެ އިން ގަވާއިދާ ހިލާފު ވ ގިނަ ބިދޭސީން ދެއެވެ. ރިސޯޓް ތަކުގަ މަނީ ލޯންޑް ކުރާ ބިދޭސީން ވެސް ވ ގިނަ އެވެ. ބިދޭސީ އަކު ލޭބަރ އެއްގެ ގޮތުގަ ގެނެސް އަހަރު ނުވާ އިރު އަމިއްލަ ފިހާރަ އަކާ އަގު ބޮޑޫ ފޯނެއް އޮވެ އެވެ. ވީމާ 80 ޕަސެންޓް ޑޮލަރު އެދަނީ ވަގަށް ބޭރަށެވެ.
އުމޭއްތަ
08 March 2023
ސާވިސް ޗާޖު ޔަގީން ކޮށްދީފި. މިނިމަމް ވޭޖް ޔަގީން ކޮށްދީފި. ތައުލީމީ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުތަނުން ބޮޑު ކޮށްދީފި. މި ހުރިހާ ކަމެއް ކޮށްދީފައި މި ބުނަނީ ރައްޔިތުންގެ ތަރައްގީއަށް ޚަރަދު ކުރަށް އިތުރު 2 ޕަސެންޓް ދޭށޭ. ރުފިޔާއަކުން 2 ލާރި. މިވަރު އޯކޭ
ޏާއްކޮ
08 March 2023
އަސާސީ ހިދުމަތްތައް ޖަންގުޝަނުގަ އޮތަސް ހެޔޮ ދެއްތޯ. ހޮސްޕިޓަލަކަށް ވައި އެޅިލިޔަސް އުޅެން ޖެހޭ ތުރާ ނޭނގޭ. މިނިމަމް ވޭޖުން ކުޑަމިނުން ހިޔާ ފުލެޓުގެ ކުލި ނުދެއްކޭ.
މާކުންބޭ
08 March 2023
ތި ރިސޯޓްތަކުގެ 80% އަކީ ބޭރު މީހުން ހާއްޞަކޮށް އިންޑިއާ މީހުން ދެން މިޤައުމަށް ތިއިން ވާ ފައިދާއެއް ނުވިސްނޭ، ހުރިހާ ޑޮލަރުތައް އުދުހިފައި އެދަނީ ބޭރު ޤައުމުތަކަށް، ސޭކުސްތާނުގަ ވިޔަފާރިވެސް މިހާރުވަނީ ބޭރު މީހުންގެ އަތްދަށުވެފައ، ދިވެހި ޒުވާނުން ކިޔަވައިގެން އައިމާ ލައްވާ ލަނީ އެސްއޯއީ އެއްގައި ، އެއާއކު ދަސްވަނީ ކޮރަޕްޝަން، ކިޔެވި އެއްޗިހި ވެސް ބޭކާރު.