ޑްރައިވިން ލައިސަންސް ހެދުމަށް މީހަކު ދުއްވަން ދަސްކުރަނީ: ޓްރާންސްޕޯޓުން ވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ އެ އިއުލާނާ އެއްގޮތަށް ޑިޖިޓަލް ލައިސަންސް ތައާރަފުކޮށްފައި. --
08 މާޗް 2023 - 21:54
މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު، އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މި މަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްދީފި އެވެ.
މުއްދަތު ހަމަވިޔަސް އެ ލައިސަންސް ބޭނުން ކޮށްގެން ދުއްވޭ މުއްދަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ ނިޔަލަށެވެ.
އެކަމަކު، ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ދުއްވޭނެ ތާރީހު އިތުރުކޮށްދިނީ، ލައިސަންސްގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ އެ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް ލުއިފަސޭހަކޮށް، ފެންވަރު މަތިކުރުމުގެ ގޮތުން އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒް ކުރަން ނިންމައިފަ އެވެ.
މިނިސްޓްރީގެ ޕޯޓަލް އަށް އީފާސް އެކައުންޓް މެދުވެރިކޮށް ވަދެ، ލައިސެންސް ބަލައި، ޑިޖިޓަލް ލައިސެންސް ޑައުންލޯޑް ކުރެވޭނެ އެވެ. ލައިސަންސްގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ އެވެ. ފިޒިކަލް ލައިސަންސް ކާޑު ނެތަސް، ފުލުހުންގެ މޯބައިލް އެޕް "ޕޮލިސް އެމްވީ" އިން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައި ގަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާންޑު
08 March 2023
ދެން ދުއްވާންވީ ހޭވައްޓާލާފާ.
ދަތުގެ
08 March 2023
ކޮންމެހެން ހޭވައްޓާލާނެ ކަމެށް ނެޔް، މިހާރުވެސް ތިދުައްވޭ ވަރުގަ ގެޔާ ހަމަ އަށް ދެވޭތޯބަލާ.