ކުޅިވަރު / ވިމްބްލްޑަން ޓެނިސް މުބާރާތް

ވިމްބެލްޑަން އިން ރަޝިއާ ކުޅުންތެރިން ފެންނާނެ ކަމަށް މަރޭ އުއްމީދުކުރޭ

މިދިޔަ މަހު އޮތް ގަތަރު އޯޕަން ގެ ފައިނަލަށް ފަހު މަރޭ (ކ) އަދި ރަޝިއާގެ ޑެނީލް މެޑްވެޑޭވް (ވ)، މިދިޔަ އަހަރުގެ ވިމްބެލްޑަން އާ ހަމައަށް މެޑްވެޑޭވް އަކީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ފިރިހެން ކުލުންތެރިޔާ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މާޗު 9) - މި އަހަރުގެ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް ވާދަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އިންގްލެންޑުގެ އެންޑީ މަރޭ ބުނެފި އެވެ.

ރަޝިއާ އަށް ފުރުސަތު ނުދޭން ނިންމާފައި އޮތީ މިދިޔަ އަހަރު އެ ގައުމުން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމުންނެވެ. އަދި ބެލަރޫސް ސަސްޕެންޑްކުރީ އެ ގައުމުން އެ ހަނގުރާމައިގައި ރަޝިއާ އަށް ތާއީދުކުރާތީވެ އެވެ.

މިދިޔަ އަހަރުގެ ވިމްބެލްޑަން ގައި ރަޝިއާ އާއި ބެލަރޫސްގެ ކުޅުޅުންތެރިންނަށް ވާދަ ނުކުރެވޭ ގޮތް ހެދުމާ ގުޅިގެން ރަޝިއާގެ އަންހެން ޓެނިސް ކުޅުންތެރިއެއް ކަމަށްވާ ނަޓޭލާ ޒަލަމީޑްޒޭ ވަނީ ޖޯޖިއާ އަށް ރަށްވެހިކަން ބަދަލުކޮށްގެން މިދިޔަ އަހަރުގެ މުބާރާތުގައި ކުޅެފަ އެވެ.

ވިމްބެލްޑަން އިންތިޒާމް ކުރާ އޯލް އިންގްލެންޑް ލޯން ޓެނިސް ކްރޯކޭ ކްލަބް (އަލްޓެކް) އިން ބުނެފައިވާ ގޮތުގައި އެމީހުންނަށް އޮތީ އިނގިރޭސި ސަރުކާރުން އަންގާ އެންގުންތަކަށް ތަބާވެގެން މުބާރާތް ކުރިއަށް ގެންދިޔުން ކަމަށެވެ. ވިމްބެލްޑަން އަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތެވެ. މިދިޔަ އަހަރު ރަޝިއާ އަދި ބެލަރޫސް ކުޅުންތެރިންނަށް ވިމްބެލްޑަން ގައި ވާދަނުކުރެވުމުގެ ސަބަބުން ފިރިހެން އޭޓީޕީ އަދި އަންހެން ޑަބްލިއުޓީއޭ ރޭންކިން އަށް ވެސް އަސަރު ކޮށްފައިވެ އެވެ.

"މިއީ ވަރަށް އުނދަގޫ ކަމެއް. އަހަރެން ހިތާމަ ކުރަން މިދިޔަ އަހަރު [ވިމްބެލްޑަން] ގައި ކުޅުންތެރިން ނުކުޅެވުމުން. މި ހާލަތު އަހަރެންނަށް ވިސްނޭ. އެނގޭ ވިމްބެލްޑަން އިން ނިންމި މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަން ވެސް،" މަރޭ ބުންޏެވެ.

"އަހަރެންނަށް ވިސްނޭ ގޮތުގައި [މި އަހަރު] އެމީހުންނަށް ކުލުމުގެ ފުރުސަތު ދޭނެ. އެހެން ވެއްޖެ ނަމަ އަހަރެން ވަރަށް ހިތްހަމަ ޖެހޭނެ. އެކަމަކު ވިމްބެލްޑަންގެ ނިންމުން ބަދަލު ނުކުރި ކަމުގައި ވިއަސް އަހަރެންނަށް އެކަން ވިސްނޭނެ."

މަރޭ ވަނީ މިދިޔަ އަހަރު އޭނާ އަށް ޓެނިސް މުބާރާތްތަކުން އިނާމު ފައިސާގެ ގޮތުގައި ލިބުނު 630،000 އަށް ވުރެ ގިނަ ޑޮލަރު ހަނގުރާމައިގައި ގެއްލުން ލިބުނު ޔޫކްރޭނުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފަ އެވެ. މިއާ ގުޅިގެން އޭނާ އަށް ވަނީ އެވޯޑެއް ވެސް ލިބިފަ އެވެ.

މަރޭ އިތުރަށް ބުނީ ރަޝިއާގެ ބައެއް ކުޅުންތެރިންނާ އޭނާ ވާހަކަ ދައްކައި މަޝްވަރާ ކޮށްފައި ވާނެ ކަމަށާއި، ދެ ގައުމުގެ މެދުގައި ހިނގަމުން ދާ ހަނގުރާމައަށް އެ ކުޅުންތެރިން ތާއީދު ކުރާކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

މި އަހަރުގެ ވިމްބެލްޑަން މުބާރާތް ތާވަލް ކުރެވިފައި ވަނީ ޖުލައި މަހުގެ 3-16 އަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454