ސްޓެލްކޯ މުވައްޒަފުންނަށް ދެމުންގެންދާ ހައްޖާއި، އުމްރާ ދަތުރު ލިބޭ ހަތަރު މުވައްޒަފުން މިނިސްޓްރީގެ ބޭފުޅުންނާއެކު: އެ ކުންފުނީގެ ހައްދު ދަތުރަށް ކުރިމަތިލެވެނީ ކުންފުނީގައި އުޅޭތާ 15 އަހަރު ވެފައިވާ މުވައްޒަފުންނަށް، އުމްރާ ދަތުރަށް ކުރިމަތިލެވެނީ ކުންފުނީގައި އުޅޭތާ ފަސް އަހަރުވެފައިވާ މުވައްޒަފުންނަށް. -- ފޮޓޯ: ސްޓެލްކޯ
09 މާޗް 2023 - 16:13
ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް އަދި އެހެން ދެ މުވައްޒަފަކަށް އުމްރާ ދަތުރެއް ދީފި އެވެ.
އެ ހަތަރު މުވައްޒަފުން ކަނޑައެޅީ އެ ކުންފުނީން ރޭ ކުޑަގިރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ގުރު ނަގައިގެންނެވެ.
ސްޓެލްކޯގެ ހަރަދުގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލީ ދެ ޖިންސު ވަކިންނެވެ. އެ ފުރުސަތުގައި ޝަރުތު ފުރިހަމަވެފައި ވަނީ 96 ފިރިހެން މުވައްޒަފުން އަދި އަންހެން 22 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންނެވެ.
މިކުންފުނީގެ މުވައްޒަފުންނަށް ދެމުންގެންދާ ހައްޖާއި، އުމްރާގެ މަތިވެރި އަޅުކަމުގެ ފުރުސަތު ލިބޭ 4 މުވައްޒަފުން ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި ހަފްލާއެއްގައި ވަނީ ގުރުއަތުން ހޮވާފައި. އެގޮތުން މިއަހަރުވެސް ހައްޖުގެ އަޅުކަމުގެ ފުރުސަތު އަންހެން އަދި ފިރިހެން މުވައްޒަފަކަށާއި pic.twitter.com/jC0HO5lZN6
— STELCO (@STELCOMALDIVES) March 9, 2023
ހައްޖުގެ އަޅުކަން އަދާކުރުމަށް ދާން ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަބްދުﷲ ޝަރީފެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ދީޖާ ތައުފީގާ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހޮވުނު ފިރިހެން މުވައްޒަފަކީ ސާވިސް ސެންޓަރުގެ ޝާހުލް ހަމީދެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނީގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މީހުންނަށެވެ. އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލޯން
10 March 2023
ޔޫޓިލިޓީ ކުންފުނިތައް ހިންގަންޖެހޭނީ މިނިމަމް ޕްރޮފިޓްގައި. ސަރުކާރުން ދޭ ސަބްސިޑީ ހޯދައިގެން ކަރަންޓު ބިލްތަކުން އަގު ކުޑަކޮށް ރައްޔިތުންނަށް ފައިދާވާނެހެން ހިންގަންޖެހޭނީ. މިމީހުން ފެންނަނީ ސީއެސްއާރ ދަށުން ނާއި އެހެނިހެން ގޮތްގޮތަށް އެތައް ކަމެއް ކުރާތަން.
ސްޓެލްކޯ
09 March 2023
ފެނަކަ އެމްޑީ ކޮޕީ ކުރަނީ؟
މީމު
09 March 2023
މުވައްޒަފުންނަށް ހައްޖު އަދި އުމްރާ ދަތުރު! ހެޔޮއަގުގައި އެތަށް ފްލެޓް! "ސީއެސްއާރު" ގެ ދަށުން އެތައްކަމެއް! އަހަރީ ބޯނަސް! ހާމަކުރަން ނުކެރޭ ބޮޑު މުސާރަތައް! އެކަމަކު ސްޓެލްކޯއަށް ލިބޭއެއްޗަކުން "ދެކޮޅު ނުޖެއްސޭ" ތީ ސަރުކާރުން އަހަރަކު ސަބުސިޑީގެ ގޮތުގައި އެތަށް މިލިއަން ރުފިޔާދޭކަމަށްވޭ! މީ އަނެއްކާ ކިހިނެއްވާކަމެއްބާ؟
ޝެލަރީ
09 March 2023
އިއްޔެ ބޯޑުމެންބަރުކަން ލިބުނު މީހުނައްވެސް ފުލެޓްބެހިމީން މޮޅުއެއްޗެއްހެދީ ދެއްތޯ؟
ޢަހުމަދުކަލޯ
09 March 2023
މިއީ ކިހިނަކުން ހިގާ ކަމެއް. މިއީ ރައްޔަތުން ގެ ފައިސާ. މިއީ ވިޔަފާރި ކުންފުންޏެއްނޫން. މިތާގައި ހުންނަނީ ރައްޔަތުން ބޭނުންކުރާ ކަރަންޓަށް އެމީހުން ތެލާއި އިންޖީނާއި އިންޖީނުގެ ހަދައި މެނޭޖްކުރަންދޭ ފައިސާ. މިއީ ތަނުގެ މިއައްޒަފުންނަށް ބަހަން ހުންނަ އެއްޗެއްބާ.