ޓްރާންސްޕޯޓް މިނިސްޓްރީން ހިދުމަތް ހޯދުމަށް ބަޔަކު މަޑުކޮށްގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 މާޗް 2023 - 12:32
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ރަޖިސްޓްރީކުރި ކަމަށް ބެލެވޭ ވެހިކަލްތަކެއްގެ ވެރިފަރާތުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ހާޒިރުވާން އިއްޔެ އެދިއްޖެ އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ހަތަރު ފުރޮޅުލީ 50 އުޅަނދެއްގެ ރަޖިސްޓްރީއަކީ، އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދާ ހިލާފަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ހަދާފައިވާ ރަޖިސްޓްރީގެ ނަކަލުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅޭ އިތުރު ތަފްސީލް ސާފުކުރަން ބޭނުންވާތީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި، ރަސްމީ ގަޑީގައި މިނިސްޓްރީއަށް ހާޒިރުވާން އެދިފައިވެ އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "މިހާރު" އަށް ވިދާޅުވީ އެ އުޅަނދުތައް ރަޖިސްޓްރީ ކުރީ އޮންނަ އުސޫލުންތޯ ސާބިތުކޮށްދިނުމަށް އެ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެކަން ސާބިތުނުކޮށްދެއްވިއްޖެ ނަމަ ގަވާއިދުގެ ތެރެއިން އެ އުޅަނދުތައް ރަޖިސްޓްރީކުރަން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީގައި ޝައްކުތަކެއް އުފެދުނުއިރު، ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ މި ފަހުން ވެސް ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން 87 ވެހިކަލެއްގެ ވެރިފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ.
ދައުލަތުން މިދިޔަ އޮކްޓޯބަރު މަހު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އޭގެ އަޑުއެހުންތައް ވެސް ފަށާފައިވެ އެވެ.
އަލީ ސޯލިހު ވިދާޅުވީ މިނިސްޓްރީގެ އެތެރޭގެ އޮޑިޓެއް ހަދަމުން އަންނައިރު، ރަޖިސްޓްރޭޝަންގައި ސުވާލު އުފެދޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރާ ކަމަށެވެ. މި ފަހުން ވެސް އެ ފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ އިއުލާނު ނުކުރެވި ލަސްވީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
13 March 2023
ދައުލަތުގެ ނިޝާންޖެހި ލިޔުމެއް މިނިސްޓްރީއަކުން ބޭރުވުމަކީ އެ މިނިސްޓްރީގެ މައްސަލައެއް. ތި 50 އުޅަނދުގެ ރެޖިސްޓްރީ ބާތިލެއް ނުކުރެވޭނެ. ފުރަތަމަ ތިކަމުގައި އުޅުނު މިނިސްޓްރީގެ މުވައްޒަފުން ބޮޑުންނަށް ފިޔަވަޅުއަޅާ!
އަކަ
13 March 2023
ތިވާނީ ރަޖިސްޓްރީ ކޮށްދިން އަގު ނުދައްކާ ފިލައިގެން އުޅޭތީ ހާޒިރު ކުރަނީކަމަށް.
ޝިމާޒް
13 March 2023
އެއްކަމެއްވެސް ނުކެރޭނެ ކުރާކަށް. ގޭންގްތައް ރޭސްޖަހަން ގެނެސްފައި ހުރި ކާރުތައް ތީގަ ގިނަވާނީ. 2010 ގެ ކާރުވެސް 2017، 2018 ޖަަހާފަ ރަޖިސްޓްރީކޮށްދީފަ ހުރީ. ސަރުކާރުގެ އިސްވެރިންނާ، ސިޔާސީ މީހުން ބައިވެރިވެގެން ކޮށްފަ ހުންނަ ކަންތައްތައް ތިޔައީ.
ސަރިޔަން ކަޓޭ
13 March 2023
ކުރީގެ ކަޓް ކެންސަލް، މިހާރުގެ ކަޓް ސެއަރހޯލްޑަރުން އިތުރުވުމުގެސަބަބުން 3 ގުނަވެއްޖެ.
ޙުވާސާ
13 March 2023
އެންމެ ފުރަތަމަ ތިޔަކަމުގައި އިހުމާލުވީ މުއައްޒަފުންނަށް ގޮތެއް ހަދާލަބަލަ.
އަޖުހާ
13 March 2023
ކުރީގެ ކަޓު ކެންސަލްކޮށްފަ ދެން ކަޓުދޭންޖެހެނީ ޓްރާންސްޕޯޓު އޭޖެންޓަށާއި ސިޓީ ކައުންސިލަށާ އެކީ. އެހެންވެ މިހާރު ކަޓުގެ އަގު އުފުލިއްޖެ 2 ގުނަ....