ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން: އޭނާ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުން ވަރަށް އަވަހަށް ފޫހިވާނެ ކަމަށް. -- ފޮޓޯ: ލަންކާ ޓޫރިޒަމް މިނިސްޓްރީ
13 މާޗް 2023 - 19:27
ރާއްޖެއަކީ "ފޫހި މަންޒިލެއް" ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެވުނީތީ، ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ މައާފަށް އެދިވަޑައިގެންފި އެވެ.
ޖަރުމަނުވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން އޭނާ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުން ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށެވެ. އަދި ޓޫރިސްޓުން ފަސް ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް އެތަންތަނުގެ މަތިން ވެސް ފޫހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ނަމުގައި އަވަށްޓެރި ގައުމަކާ ގުޅޭ ގޮތުން މިގޮތަށް ވާހަކަދެއްކިގެން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ލަންކާގެ ގިނަ ބަޔަކު ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މާފަށް އެދިވަޑައިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރީތި ރަށްތަކާ ބެހޭގޮތުން އެ ފެއާގައި ދެއްކި ވާހަކަ ސޯޝަލް މީޑިއާގައި ދައްކާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި ލަންކާ އިން މަސައްކަތް ކުރަނީ ރާއްޖެއާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
My statement made in Berlin regarding the beautiful Maldive islands has been taken out of context and been misrepresented on social media. I wish to clarify that we work together with our neighbor on tourism and would like to apologize for any inconvenience caused
— Harin Fernando (@fernandoharin) March 13, 2023
ލަންކާ މިނިސްޓަރުގެ ވާހަކަތަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު، އަބްދުﷲ މައުސޫމް ވެސް ވަނީ ރައްދު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބުނާ ޒަރީރު
15 March 2023
ރާއްޖޭގެ ޓުއަރިޒަމް ޑީމޯޓުކުރަން ވަރަށް ގިނަ ބަޔަކު މަސައްކަތްކުރޭ. އެކަމަކު ރާއްޖެ ޓްއަރިޒަމްގެ ބޮޑު ފައިދާއެއް ނަގާ ބޭރުގެ ބިޔަ އިންވެސްޓުމެންޓުތަކުން މިކަން ވިޔަކަ ނުދޭނެ. ސަބަބަކީ ރާއްޖެއަށް ވުރެ ބޮޑު ފައިދާއެއް މި ޓުއަރިޒަމުން ކުރަނީ އެމީހުނަށް ކަމަށް ވެފައި އެމީހުނާ ކުޅެލާކަށް ފަސޭހައެއް ނުވާނެކަން. އެހެން ނޫންނަމަ މިހާރު ބައެއް ހަސަދަވެރިން ރާއްޖެއަށް މީހަކު ނާންނަވަރު ކޮށްފީސް.
ސަލީމު އިދުރީސް
15 March 2023
ރަނގަޅު ލަންކާގަ ކުރާވަރައް އެކިދަރުތައް ނުކުރެވުނަން، ހުޅަގުގެ ފަތުވެރިން ތެރޭން ރާއްޖެ އިހުތިއާރު ކުރާ ޓުއަރިސްޓުން ހިއްފުރޭވަރު ރީތި ބީޗުތައް އެބައޮތް! އަދި އެބީޗުތަކުގަ ތިބޭ ފަތުރު ވެރިންނައް އުނދަގޫ ވާގޮތައް އުނގުވިއަފާރި ކުރާމިހުން ކޮންމެ 5 މިނެއްޓަކުން ލަންކާ އިންޑިޔާގޮތައް އެޗެތި ވިއްކަން އައިސް އުނދަގޫ ނުކުރާނެ މިގައުމަކު! އަޅުގަނޑައް ގިނަގައުމުތަކައް ދަތުރު ކުރެވިފަ ހުރީމަ ރާއްޖޭގަ ފަތުވެރިން ހިއްހަމަ ޖޭސަބުތައް އެގޭ!
2023
15 March 2023
ތިއުޅެނީ ވެރިކަމާހެދި ހޭބަލިވާގެ ކަމެއް ކަމަށްވާނީ.... ބޮއިހަލަކި
ޙިނި
14 March 2023
ރާއްޖޭގަވެސް ހަމަމިކަހަލަ ސިޔާސީ މެންޓަލް ކޭސްތައް.
ބޯބުރާންތި
14 March 2023
މާފް ކުރެވިދާނެ. އެކަމަކު މިނިސްޓަރު ދެއްކި ވާހަކައިން ރާއްޖޭގެ ޓުއަރިޒަމަށް ކުރި ނޭދެވޭ އަސަރުގެ ޒިންމާ ނަގާނީ ކާކު؟ މިނިސްޓަރުގެ ވާހަކައިން ރާއްޖެ އަންނަން ބޭނުންވެފަތިބި އެތައް މިލިއަން ފަތުރުވެރިން އެހެން ދިމާތަކަށް ޑައިވާޓްކުރުމުން ރާއްޖެއަށް ލިބޭނީކީ ކުޑަ ގެއްލުމެއްނޫން. ރާއްޖެއިން ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އެތައް މިލިއަނެއް ހަރަދު ކުރާއިރު އެއީކީ ފައިސާ ގިނަވެގެން ކުރާކަމެއްނޫން.
ލަންކާ
14 March 2023
ލަންކާ މީހުން ހެދިހާ އެއްޗެއް ދަށުވެގެން ތިބުން ނޫންކަމެއް ނެތް. އެމީހުން ކޮންމެ އެއްޗެއް ކިޔަސް އަތްޖަހާލަ ޖަހާލަ ތިބެމާ. ތިމީހާ އަށްނޭދުނު މިރާއްޖޭގެ ޓޫރިޒަމުން ލަންކާ އަށް އޮތި ހުސް ފާއިދާކަން. ލަންކާމީހުން ދިވެހި ޓޫރިޒަމުން ގެޔަށް ގެންދާ ލާރި ނިސަބަތުން މިޤައުމު މީހުންނަށް ވުރެ ބޮޑު. މިކަން ޔުނިވަރަސަލް ރިސޯޓުތަކުން ފެނޭ
ބަހަބަރު
14 March 2023
މީ ބިއުޓިފުލް ސިރީ ލަންކާގެ ބިއުޓިފުލް ޓުއަރިޒަމް މިނިސްޓަރުގެ ސިޔާސީ "ނޮން-އެޕޮލޮޖީ" އެއް. އެހެން ބުނެވުނީތީ މާފަށް އެދިފައެއްނެތް. ބުނި އެތި އަޑުއަހަން ތިބި މީހުން ގޯސްވީ. މާނަ ކުރިގޮތް. އަހަރެމެންނަށް އޮޅުން އަރައިގެން ވީ އުނދަގުލަކަށް މާފަށް އެދުނީ. ދިރާގާއި އުރީދުއާ ހެދި ދިވެހިން މިހާރު ތިބީ ތިކަހަލަ މާފަށް އެދުމަށް ފަރިތަ ވެފަ.
އައްމަޓަސިރި
14 March 2023
މިލަންކާ މީހުން ހީވާކަހަލަ މިމީހުންގެ ދަށުންނޭ އެހެންމީހުން އުޅެންޖެހޭނީ ރާއްޖޭގަ މަސައްކަތްކުރާ ވަރަށްގިނަ ލަންކާމީހުންގެ ހުންނަ ސިފައެއް އެހެންމީހުން ދަށްކޮށްލާފަ ބެހެއްޓުން. ލަންކާމީހުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ނުވެއްދުން ރަންގަޅުވާނީ އޭރުން ހުންނާނީ ދިވެހިންނާ ޖައްސާލައިގެން އިނާމްލިބިފަ.
ރެފްރީ
13 March 2023
ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ވީއެންމެއަވަހަކަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް ރަސްމީގޮތުން ދައުވަތުދީގެން ރާއްޖެގެނެސް ހަފުތާއެއްވަންދެން ބަހައްޓަންފެނޭ
ގާބެ
14 March 2023
އޭރަށް އޭނަ ފޫހިވެގެން ހަލާކުވެދާނެ..
ޑެނީ
13 March 2023
މާފަށް އެދުނަސް ދިވެހިންނާ ދޭތެރޭ ހިތުގައި އޮންނަ ހަސަދަ ވަރަށް ރަނގަޅަށް އެނގި ފާޅުވެއްޖެ