މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ: ނަޝީދަށް ދިން ހަމަލާގެ މައްސަލާގައި ދައުލަތުން އަމަލު ކުރާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރި-- ފޮޓޯ/މިހާރު
14 މާޗް 2023 - 10:00
ސަރުކާރުން އިންތިހާބުތަކަށް ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށާއި އިންތިހާބުތައް އިންސާފުވެރި ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ފަހަކަށް އައިސް އަންނަނީ އެކި ކަންކަމުގައި ސަރުކާރަށް ފާޑު ވިދާޅުވެ ގަރާރުތައް ހުށަހަޅަމުންނެވެ.
މަޖިލީހުގައި މިއަދު ވަނީ އިންތި ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
އެ ގަރާރުގައިވާ ގޮތުން މިނިވަކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބުތައް ހިންގުމަކީ ގާނޫނުއަސާސީން ލާޒިމް ކުރާ ކަމަކަށްވާއިރު އެކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.
އިންތިހާބުތަކުގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ފުޅާ މިނެއްގައި ހިންގާ: އިންތި
ރައީސް ކުރައްވާ ސަރުކާރުގެ ރަސްމީ ދަތުރުފުޅުތަކާއި ކެމްޕެއިން ދަތުރުފުޅުތައް އެއްކޮށްލައިގެން ކުރައްވާ ކަމަށާއި އޭގެ ބޭނުމަކީ ދައުލަތުގެ ފައިސާ އާއި ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރުން ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ މަގާމްތައް އެތައް ގުނައަކުން އިތުރުކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެތަންތަނުން ވަޒީފާ ހުށަހަޅަމުންދާ ކަމަށާއި ސަރުކާރުން ބޭނުންވާ ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމަށް މަޖުބޫރު ކުރުވުމާއި އެގޮތަށް އަމަލުނުކޮށްފި ނަމަ ސިޔާސީ މަގާމުގައި ދެމި ނުތިބެވޭނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެސްއެމްއީ ލޯނުތައް އިއުލާންކުރުމާއި ސަރުކާރާށް ތާއީދުކުރާ ފަރާތަށް ވޯޓު ނުދީފި ނަމަ ޕްރޮޖެކްޓުތައް އަތުލާނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އެ ގަރާރުގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ކަންކަމުގެ ސަބަބުން އިންތިހާބުތަކުގެ ސައްހަކަން ގެއްލި އިތުބާރު ކުޑަވެފައިވާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުންވަމުން އަންނަ ކަމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލައި އިންތިހާބު މިނިވަން ކުރުމަށްވެފައިވާ ވައުދުތަކާ އެއްގޮތަށް ސާފު ސިޔާސަތެއް ގެންގުޅުމަށް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
ނަޝީދު ފެކްޝަނުން އިއްޔެ ވެސް ވަނީ ސަރުކާރުން ބޯހިޔާވެހިކަން ފޯރު ކޮށްދިނުމަށް ވެފައިވާ ވައުދު ނުފުއްދާ ކަމަށް ބުނެ ގަރާރެއް ހުށަހަޅާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހުށަހަޅާ ނަޝީދު ފެކްޝަނުން ތާއީދު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
14 March 2023
މެޖޯރިޓީ އޮވެ ބޮޑު މުސާރަ ނަގައިގެން މަޖިލީހުގައި ތިބެ ވަގުތު ނަގާލާ ރައްޔިތުންގެ ފައިސާ ބޭކާރުގޮތުގައި ހޭދަކުރަން ކުޅޭ ކުޅިގަނޑެއް!
ސިޔާމޫ
14 March 2023
ނަޝީދު ފެކުސަނުން ދުވާލަކު ގަރާރެއް ދުވާލަކު ގަރާރެއް ފޯރިފަށެއް އެބަހުރި.
އުމޭއްތަ
14 March 2023
ނަޝީދު ފެކްޝަނެއް ނޫން. އިދިކޮޅު ޕާޓީ. ބޭނުމަކީ މަޖިލިސް ޕެރެލައިޒް ކޮށްލާ ސަރުކާރު ހިންގަން އުނދަގޫ ކުރުން. މިއީ ދެން ވެރިކަމާ މޮޔަވިޔަސް ފުކެއް ބޮޑުވަރު
ފޮނިފޮނިޓައްޕު ކުމާރު
14 March 2023
ގާރެއްރޫން ލާންވީކީ. ލަންޏަން ލާންވީ ބޭގަރާރެއް.
މަކަރުވެރި ހިޔަޅު
14 March 2023
ވެރިކަން ނުލިގެން ހަމަ މޮޔަފުޅުވަނީ ، އޭނައަށް މިފަހަރު ވެރިކަން ނުލިބިއްޖެއްޔާ ދެންފެންނާނީ މޮޔަފުޅުވެގެން އޮރިޔާމުން މާލޭ މަގުމަތީ ދުވާތަންކަންނޭނގެ، މަކަރުންފުރިގެންވާ ހިޔަޅެއްކަހަލަ ތި މަކަރުވެރި އައްނި އާއި އޭނަގެ ބައިވެރިންގެ ނުބައި ރޭވުންތަކުން އަޅަމެންގެ މިދިވެހި ޤައުމާއި އިސްލާމްދީން ސަލާމަތްކޮށްދެއްވާށި ، އަދި އެނުބައި ރޭވުންތައް ރާވަމުންއެދާ އެނުބައިކަންބޮޑު ބައިވެރިންތައް ބައި ބައި ކޮށްދެއްވާށި ، އާމީން
ކަކުނި
14 March 2023
ކުރާނެ ކަމެއް ނޭންގިގެންތޯ ނަޝީދު އުޅުއްވަނީ. ދެއިރު ދެދަޅައަށް މަޖިލީހަށް ގަރާރުު ހުށަހަޅައިގެން. އަމިއްލަ ޕާޓީއާ ދެކޮޅަށް މަޖިލީހުގެ ރިޔާސަތު ނާޖާއިޒުގޮތެއްގެ ބޭނުން ކުރުން ހުއްޓާލުމާ ގުޅެ ގަރާރެއް ލައިބަލަ. ވެރިކަން ބޭނުންވިޔަސް ތިދެން ބޮޑުވަރު. ތޮށަލި ތަކުރާ ޖެހުނު ވިގަނި މިއޮތީ އެމްޑީޕީއާ ލައިގެންފައެވެ.
ކަހެރުވައް
14 March 2023
ތީތި ފާސްވާނެތަ؟
އ
14 March 2023
ކަލޭމެންގެ ތި ޝައްކުތަކުން އަރައިގަނެގެނެއްނުން ރައްޔިތަކައް ކަމެއް ކޮށްދޭން އުޅެވޭނީވެސް.. އަމިއްލަ ޕާޓީގެ ވެރިކަމާ ދެކޮޅައް ނުކުމެ ތިކުޅެ ގޯލުޖަހަނީ... ކިހާ އިންތިގާލީ އަދާލަތު... ތިއޮތީ ވާ ޑިމޮކުރެޓިކެއް.. ތިމާ މީހާ ކުއްކުރީމާ ގޭބަންދު ރައްޔަތުމީހާ ޖަލައް... ހެހެހެހެހެ
އަފްރާސިޔާބު
14 March 2023
ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ އެމީހުންގެ ކަންކަން ހަމަޖެއްސިގެން ނޫންތަ؟ އަފީފަށް މިހާރު ސަރުކާރުގެ ޕްރޮޖެކްޓެއްނުލިބެޔޯ؟ އަލިބެ/ވަހީދު (ކުރީގެ ނ.މެންބަރ)އަށޯ މިހާރު ސަރުކާރުގެ ޕްރޮޖެކްޓް ތައް ލައްގަނީ.