ހުޅުމާލޭގައި ޓޫރިސްޓުންތަކެއް ބަނާނާ ދުއްވަނީ: ގެނބިގެން މި ހަފުތާގައި ތިން ޓޫރިސްޓުން ވަނީ މަރުވެފައި.-- ފޮޓޯ: މިހާރު
14 މާޗް 2023 - 13:50
އއ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ. މިއީ މި މަހު ގެނބިގެން މަރުވި ތިންވަނަ ޓޫރިސްޓެވެ.
ފުލުހުން ބުނީ އއ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ މީހާ ގެނބުނު ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ހެނދުނު 10:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި މަރުވީ އިނގިރޭސި ވިލާތުގެ 65 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ހަމަ އެ އަތޮޅު ރަސްދުއާ އިންވެގެން އޮންނަ މަޑިވަރު ޑައިވިން ޕޮއިންޓަށް، ޑައިންވިން އަށް ފޭބި ޓޫރިސްޓަކު ވެސް އިއްޔެ ގެނބިގެން މަރުވި އެވެ. އެއީ ވެސް އިނގިރޭސި ވިލާތުގެ ފިރިހެނެކެވެ. އުމުރުން 46 އަހަރުގެ އެ މިހާ ވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފަ އެވެ.
މި މަހު ހަތެއްގައި، ރ. އަތޮޅުގައި އޮންނަ އަދާރަން މީދުއްޕަރު ރިސޯޓުގައި ވެސް މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރަކާތް
14 March 2023
ދެން ލަންކާގެ ޓޫރިޒަމް މިނިސްޓަރ މިކަމާ ގުޅިގެން އެއްޗެއް ބުނީމަ ގޯސްވާނީ އޭނާ!
ޑޮކްޓާރ. ބަނާނާ
14 March 2023
މަހެއްގެ ތެރޭ 3 ޓޫރިސްޓުން ގެނބިގެން މަރުވުން މީވަރަށް ބޮޑު މައްސަލައެއް. މިކަން ހައްލުކުރުމަށް މިމައްސަލަތައް ދިރާސާކޮށް ރިސްކް އެސެސްމެންޓެއް ހަދާ ހެލްތް އެންޑް ސޭފްޓީ އެކްޝަން ޕްލޭނެއް އެކުލްވާ ލަން ޖެހޭ.. ނޫނީ މަޖިލިހަށް ކުއްލި މައްސަލައެއްވައްދާ ކޮންމެވެސް ސިޔާސީ ޑްރާމާ އެއްޖައްސަވާ!
ޑރ. ބަން ގެ ފްރެންޑް
14 March 2023
ބްރޯ ކަލޭ ތިބުނީ ހަމަތެދެއް . މަމެންނަށް ފެންނަނީ މަޖިލިސް ތެރެއިން ސިޔާސީ ގޭމް ޖައްސާ ތަން. ކަމެއް ރަގަޅުކުރަން އުޅޭތަނެއް ނުފެނޭ.
ޙިލްނު
14 March 2023
ޜީތި ބީޗުގަވެސް މަރުވި.މިދިޔަ މަހު
އެއްވާނަކަށް
14 March 2023
މި ސަރުކާރު ވެރިކަމާ ހަވާލުވިތާ 1 އަހަރު ކިރިޔާވެގެން ދެން މަރުވިހާ ފަތުރުވެރިން މަތިން ހަނދާންވަނީ.