އޮގަސްޓް 27، 2022: ލީބިޔާގެ ދެ ސަރުކާރުގެ ހަނގުރާމަވެރިންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި އެއްގަމު އުޅަނދުތަކެއްގައި ރޯވެ އަނދާފައި. --އޭއެފްޕީ
16 މާޗް 2023 - 12:40
ލީބިޔާގައި ގުރި ގުދުރަތީ ޔޫރޭނިއަމްތަކެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން އިއްޔެ ބުނެފި އެވެ.
އެ އިދާރާގެ ވެރިޔާ ރަފައޭލް ގްރޮސީ، އެ ޖަމާއަތުގެ މެމްބަރު ގައުމުތަކަށް މި ހަފުތާގައި ފޮނުވި އެންގުމެއްގައި ބުނެފައިވާ ގޮތުގައި ގެއްލުނު ޔޫރޭނިއަމްތައް ހުރި ސަރަހައްދަކީ، ލީބިޔާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ނޫނެވެ. އެހެންކަމުން އެ ޔޫރޭނިއަމްތަކަށް ވީގޮތެއް، އަދި އެ ތަކެތި ގެންދިޔައީ ކޮން ބަޔަކު ކޮން ތަނަކަށްކަން ދެނެގަތުން ފަސޭހަނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫރޭނިއަމް ބަންދުކޮށްފައި ހުރި 10 ފީފާ ވަނީ ގެއްލިފަ އެވެ. އެތަކެތީގެ ބަރުދަން ގާތްގަނޑަކަށް 2.3 ޓަނަށް އަރާނެ ކަމަށް ރަފައޭލް ވިދާޅުވި އެވެ. ގެއްލުނު ޔޫރޭނިއަމްތައް ހުރި ސަރަހައްދަކީ ލީބިޔާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިޔަސް، އެ ސަރަހައްދާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެހެން ނަމަވެސް، އެ ތަކެއްޗަށް ވީ ގޮތެއް ބެލުމުގެ މަސައްކަތް އައިއޭއީއޭ އިން ކުރަމުން ގެންދާނެ ކަމަށް ރަފައޭލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތަކެތި މިހާރު ހުރި ތަނެއް ނޭނގުމަކީ، ރޭޑިއޭޝަން ފެތުރުމުގެ ކަންބޮޑުވުން އިތުރުވާ ކަމެކެވެ.
ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމުގައި އެ ގައުމުން ހިންގަމުން އައި ނިއުކްލިއާ މަޝްރޫއުގެ މަސައްކަތް ހުއްޓައިލީ، އިނގިރޭސި ވިލާތާއި އެމެރިކާއާ އިން ލީބިޔާއާ އެކުގައި ކުރި މަޝްވަރާތަކަށް ފަހު، 2003 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ ދަށުން ކުރި މަސައްކަތުގެ ތެރެއިން، ނިއުކްލިއާ ބޮން އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިއަމް ފައްކާ ކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖްތައް ހުރީ އުފައްދައިފަ އެވެ.
ނަމަވެސް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަމާ އަޅައި ބަލާއިރު، ލީބިޔާގެ ނިއުކްލިއާ މަޝްރޫއު ކުރިއަށް ގޮސްފައި އޮތީ ވަރަށް އާދައިގެ ގޮތަކަށެވެ. އަދި ނިއުކްލިއާ ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރަށް ވެސް އެ މަޝްރޫއު ތަރައްގީއެއް ނުކުރެވެ އެވެ.
ލީބިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ނޭޓޯ އިން އަސްކަރީ އަދި މާލީ އެހީތެރިކަން ދީގެން، އެ ގައުމުގައި އުފެއްދި ހަމަނުޖެހުންތަކުގެ ތެރޭގައި، 2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވެއްޓިގެން ދިއުމާއެކު، މުޅި ލީބިޔާ ބައިބައިވެގެން ދިޔަ އެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް، އެ ގައުމަށް ސިޔާސީ ހަމަނުޖެހުމެއް ނާދެ އެވެ.
ލީބިޔާގެ ހުޅަނގު ސަރަހައްދުގައި އޮންނަ ވެރިރަށް ޓްރިޕޮލީގައި އޮތީ، ހުޅަނގުގެ ގައުމުތަކުން ތާއީދު ކުރާ ވަގުތީ އިންތިގާލީ ސަރުކާރެކެވެ. އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ވެރިކަން ކުރަނީ، ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ޚަފްތަރަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރުގައި އުފައްދާފައި އޮންނަ ސަރުކާރަކުންނެވެ.
ދެ ސަރުކާރުގެ ދެމެދުގައި ވަރުގަދަ ހަނގުރާމަތަކެއް ކުރުމަށް ފަހު، ދެ ފަރާތުގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު، 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ހަނގުރާމަ ހުއްޓާލައިފަ އެވެ. ނަމަވެސް މިހާރުވެސް ދޭތެރެ ދޭތެރެއިން ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުކުޅު.
17 March 2023
ނޭޓޯވެސް މިއީ ބޮޑު ފުރޭތައެއް. ގައުމުތައް ސުންނާފަތިކުރުމުގެ މޭސްތިރިއެއް،
މުޝްތާޤުބެ
17 March 2023
މުސްލިމުން ބަލިކަށިވީމަ ފޭރެވެނީ އެކަތިގަނޑެއް ގޮތުގައި ތިބޭނަމަ ފޭރޭކަށް ކުޅަދާނައެއް ނޫން އޮވޭ ޙަދީޘްގަ މިއުންމަތް ހަތްދިހަ ދެބަޔަކަށް ބެހިގެންދާނެ ވާހަކަ, އުންމަތް އެދި ގޮވަނީ ޒުވާނުންނޭ ކަލޭމެން ގުރުއާނާ ސުންނަތަށް ރުޖޫޢަވުމަށް
އިސްރާއީލު
16 March 2023
ތީ ހަމަ ސީދާ އެމެރިކާ އާއި ޔޫއެން ރާވައިގެން ކުރި ކަމެއް..
ޚަމަނަމާ
16 March 2023
އަޅެ ތިއެބަހުރިކަންނޭނގެ އިޒުރާއިލުގަ
ހަމަހޭވާ
16 March 2023
ލީބިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ނޭޓޯ އިން އަސްކަރީ އަދި މާލީ އެހީތެރިކަން ދީގެން، އެ ގައުމުގައި އުފެއްދި ހަމަނުޖެހުންތަކުގެ ތެރޭގައި، 2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވެއްޓިގެން ދިއުމާއެކު، މުޅި ލީބިޔާ ބައިބައިވެގެން ދިޔަ އެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް، އެ ގައުމަށް ސިޔާސީ ހަމަނުޖެހުމެއް ނާދެ އެވެ. ހުޅަނގުން އިސްލާމީ ގައުމުތަކަށް ގެނެސްދޭ ތަރައްގީއަކީ މީ. މިވަރު ނުދަންނާނީ އެމީހުންގެ އަޅުންނާއި ގައްދާރުން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
16 March 2023
ގައިމު ބަޔަކު ކައިލީމަތާ ނުހުންނާނީ.
ރާއްޖެ
16 March 2023
ތި ހުންނާނީ އެމެރިކާ މީހުން އަތުގަ.
އަން
16 March 2023
ތިއޮތީ އުފެއްދި ސިޔާސީ ހަމަނުޖެހުމުގެ ފައިދާ ނަގަންވީ ބަޔަކު ނަގާފައި.