ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ރާއްޖޭގައި އޮޓޯ ރިކްޝޯ ދުއްވުމުގެ ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނޭ --- ފޮޓޯ/މިހާރު
16 މާޗް 2023 - 22:12
އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް އިސްލާހު ގެނަޔަސް، ރާއްޖޭގައި އޮޓޯ ރިކްޝޯ ދުއްވުމުގެ ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް އިސްލާހު ގެނެސް، ތިން ފުރޮޅުލީ އުޅަނދު ދުއްވުމުގެ ހުއްދަ ދެވޭ ގޮތަށް ހާއްސަ ކެޓަގަރީއެއް ވަނީ އިތުރުކޮށްފަ އެވެ. އޮޓޯ ރިކްޝޯއަކީ ވެސް އަވަށްޓެރި ގައުމުތަކުގައި ތިން ފުރޮޅުލީ އުޅަނދެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ތިން ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކެޓަގަރީއެއް އިތުރުކުރީ ރިސޯޓުތަކާއި ބައެއް ރަށްރަށުގައި ބަގީގެ ގޮތުގައި ޕަސިންޖަރުން އުފުލަން ބޭނުންކުރާ އުޅަނދުތަކެއް ހުންނާތީ ކަމަށެވެ. އަދި ކުރިން ގަވާއިދުގައި ބަގީތަކަށް ހާއްސަ ކެޓަގަރީއެއް ނޯންނާތީ ފުށުއެރުންތަކެއް ދިމާވެ އަދި ރިސޯޓްތަކުގައި ބޭނުންކުރާ ބަގީތައް މިހާތަނަށް އޮތީ ރަޖިސްޓްރީ ނުކުރެވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި ތިން ފުރޮޅުލީ އުޅަނދެއްގެ ގޮތުގައި އޮޓޯ ރިކްޝޯ ރަޖިސްޓްރީކޮށެއް ނުދޭނެ އެވެ. އަދި މިހާރު ކޮންމެ އުޅަނދެއް ރަޖިސްޓްރީކޮށް ދޭނީ އޭގެ ފޮޓޯ ބެލުމަށްފަހު ކަމަށް ވެސް އެ އެ މިނިސްޓްރީން ބުންޏެވެ.
އޮޓޯ ރިކްޝޯއަކީ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ޓެކްސީ ކުރުމަށް ބޭނުންކުރާ އުޅަނދުތަކެކެވެ. އެހެން ނަމަވެސް މިހާތަނަށް އެފަދަ އުޅަނދުތައް ރާއްޖޭގައި ދުއްވުމުގެ ހުއްދައެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމަހުއަ
30 March 2023
ތީ ވަރައްމޮޅު ވާހަކައެއް ފުވައްމުލަކަށް ބަލަންޏާ ބައެއްމަގުތައް ވަރައްހަނި އަދިއެހާ ދިގު އެދިގު މަގުތަކުގައި ރިކްޝާ ނުދުއްވާ ދެން އެމަގުތައް އޮންނާނީ ތޮއްޖެހިފައެއްނޫންތޯ އެހެންނޫނީ ސަރުކާރުން އެމަގުތައް ފުޅާކޮށްދެއްވަންވީ ނޫންތޯ
1206
18 March 2023
ތިން ފުރޮޅުލީ އުޅަނދެއްގެ ގޮތުގައި ކުރޮޅި ރަޖިސްޓަރީ ނުކޮށް ދެންޏާ، ދެން ހަތަރު ފުރޮޅުލީ އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ. ޚަބަރު ލިޔާ އިރު ތިޔަ ބުނަން އުޅޭ އެއްޗެއް ދޭހަވާ ގޮތަށް، ސާފު ދިވެހި ބަހުން ލިޔެބަލަ.
ދޮން ހަސަނު
18 March 2023
ހުއްދަނުދޭންވީ ސަބަބެއްނޭގެ. މާލެ ކަހަލަ މަގުތައްހަނި ކާރުބާރު ބޮޑަތަނަކަށް ޖާގައިގެ ގޮތުން ކުޑަ ދުއްވާލަން ފަސޭހަ އެއްޗަކަށް ފުރުސަތު ނުދޭންވީ ސަބަބެއް ބުނެދޭން ޖެހޭނެ. އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ ވަރަށް ރަގަޅު އުޅަދެއް މާލެ ކަހަލަ ތަނަކަށް.
ސައިކަލު
18 March 2023
ވަރަށް ރަގަނޅު ކަމެއް. މިހާރުވެސް މަގުމަތި މިއޮންނަނީ މަގުމަތި ސައިކަލުތަކުން ފުރިފަ. އޮޓޯ ގެންނަން ހުއްދަދީފިއްޔާ ކޮންމެ މީހަކު އަނެއްކާ އޮޓޯއެއް ގެންނާނެ. ދެން މުޅިމަގުމަތި އޮންނާނީ އޮޓޯއިން ފުރިފަ. އަސްލު ސައިކަލުވެސް މަނާކޮއްފަ ޕަބްލިކް ޓްރާންޕޯޓް ވަރުގަދަ ކުރަންވީ.
ކޮރަލް
18 March 2023
އޮޓޯ ރިކްޝޯ ދުއްވުމުގެ ހުއްދަ ނުދޭން ވީ ސަބަބެއް ނެތެވެ. މާލޭގަ ހުއްދަ ދޭނެ ކަމެއް ނެތެވެ. އެކަމު އެހެން އާބާދީ މަދު ކުދި ބޮޑެތި ރަށް ތަކުގަ ހުއްދަ ދޭން ވީ އެވެ. އޭރުން ވ ހަރަދު ކުޑަ ކޮށް އެއްތަނުން އަނެއް ތަނައް ދަތުރު ކުރެވޭނެ އެވެ.
ޢިހްސާސް
17 March 2023
ރަށު ޕިކަޕުގަ އިންނަނީ 3 ފުރޮޅުދޯ؟
ދޮން މަނިކު
17 March 2023
މިނިސްޓަރަށް ހީފުޅުވަނީތޯ ހުރިހާ ދިވެހިންނަކީވެސް ތިޔަފަދަ މުއްސަންދި މީހުންނޭ؟ ހަމައެކަނި ގާނޫނާއި ގަވާއިދު މުއްސަންދިވަނީ. ކުރޮޅި ދުއްވަން ލަދު ގަންނަނީތޯ؟ އާންމުނަށް އަގުހެޔޮ ވަސީލަތްތައް ފޯރުކޮއްދެވެނެ ޖެހޭނެ. ސައިކަލައް އެއްގަޑިޔަކަށް ދާންޖެހޭ ސްކޫލް ކުދިން ގެންދަން ޖެހުނީމަ 2 ބުރު ޖެހުމުގެ ބަދަލުގައި 2 ކުދިން އަރުވައިގެން ދެވެން ޖެހޭނެ. އަވައްޓެރި ގައުމު ތަކުގަވެސް ދެވޭ. ކޮބާތޯ މައްސަލަޔަކީ؟
ފުލޯކުދައިންޓަނޭޝަނަލް
17 March 2023
3 ފުރޮޅުލީ ބަގީ އެއް އަދި ދުނިޔޭގައި ނުއުފައްދާ. މިހާތަނަށް އީޖާދުވެސް ނުކުރާ 3 ފުރޮޅުލީ ބަގީއެއް ކިހިނެއްބާ މި ރާއްޖޭގައި މި ދުއްވަނީ ؟ އަދި ދުނިޔޭގައި ނުއުފައްދާ އެއްޗެއް ރާއްޖޭގެ ޓްރާންސްޕޯރޓް މިނިސްޓްރީއަށް ރަޖިސްޓްރީ ކުރަން ހަމަ އަސްލުވެސް ހުށަހެޅި ބާ ؟ ނޫނީ މީ ހުސް ފުލޯކު ވާހަކަބާ !
ަސދސަދ
17 March 2023
ބަގީގައި ހުންނަނީ 3 ފުރޮޅު ؟ 3 ފުރޮޅުލީ ބަގީއެއް ނުހުއްނާނެ. އެއިގަ މީހުން އުފުލުން ސޭފެއްވެސް ނުވާނެ.
ދިއްދޫމީހާ
17 March 2023
މިހާރު ކޮންމެ އުޅަނދެއް ރަޖިސްޓްރީކޮށް ދޭނީ އޭގެ ފޮޓޯ ބެލުމަށްފަހު ކަމަށް ވެސް އެ އެ މިނިސްޓްރީން ބުންޏެވެ.އެހެން ވީމާ ބީއެމްޑަބްލިޔު ކާރެއްގެ ފޮޓޯ ފޮނުވާލާފަ ރަޖިސްޓްރީ ވީމަ ގެރިގާޑިޔަލެއް ދުވިޔަސް އޯކޭ ވާނެތާދޯ؟