17 މާޗް 2023 - 09:07
މި ސީޒަނުގައި ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ނަޕޯލީ އަށް ވެދާނެ ކަމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި އެކަމާ ފަހުރުވެރިނުވާ ކަމަށް ނަޕޯލީގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުނެފި އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑެއްގައި އޮތް ނަޕޯލީ އަކީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސިޓީ ވާދަކުރަން ޖެހިދާނެ ޓީމެކެވެ. ކުއާޓާ ގުރުނެގުން މިއަދު އޮންނާނެ އެވެ.
އާރްބީ ލީޕްޒިގް 7-0 އިން ބަލިކޮށް ކުއާޓާ އަށް ދަތުރުކުރި މެޗަށް ފަހު އިޓަލީ ނޫސްވެރިން ގާތު ގާޑިއޯލާ ބުނީ ކުޅުމުގެ ސްޓައިލަށް ބަލާއިރު ނަޕޯލީ އޮތީ، އިނގިރޭސި ލީގު ޑޮމިނޭޓްކުރަމުން އަންނަ އާސެނަލްއާ ވަރަށް ކައިރީގައި ކަމަށެވެ.
"ވެދާނެ ނަޕޯލީ އަކީ މި ސީޒަނުގައި ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް،" ގާޑިއޯލާ ބުންޏެވެ.
އެއިންޓްރެކްޓް ފްރެންކްފަޓް 2-0 އިން ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދުމަށް ފަހު ސްޕަލެއްޓީ ބުނީ ގާޑިއޯލާ ދެއްކި ވާހަކައިން އޭނާ ފަހުރުވެރިނުވާ ކަމަށާއި އެ ވާހަކަތަކުން އޭނާ އަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
"އިދިކޮޅު ޓީމަށް ޕްރެޝަރު ދޭން، ކޯޗުން ކުޅޭ މި ގޭމް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ،" ސްޕަލެއްޓީ ބުންޏެވެ. "އޭނާގެ ބޭނުމަކީ އަހަރެމެން ކުރިއަށް ލުން. އޭރުން އަހަރެމެން ފަސޭހައިން ވެއްޓޭނެތާ."
ސިޓީން ޓްރާންސްފާގައި ހޭދަކުރި 900 މިލިއަން ޔޫރޯ އަށް އިޝާރާތްކޮށް ސްޕަލެއްޓީ ބުނީ ނަޕޯލީން ހޭދަކުރީ އެންމެ 9 މިލިއަން ޔޫރޯ ކަމަށާއި އެހެންވެ އެ ޓީމު ކުރީގައި އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްޕާރީ
17 March 2023
ގާސިމަށް ޖެހިގެން އުޅެނީ މިކަހަލަ ކަމެއް. ޕެޕް ނަޝީދު ބުނީ ގާސިމަކީ މި ސީޒަނުގަ އެންމެ ތަފާތު ކުޅުމެއް މަޖިލީހުގަ ކުޅުނު މީހާއޭ. ބޭހައްވުރެ ތަދުއެއްޗަކަށް ވެފައޭ ވަނީ. ދެން ނެތް އުފަލުގެ ކޮޅެއް. މިހާރު އެހުރީ އެންމެ އުހުގަ. ދެން ފައިނަލުގަ ކުޅޭދުވަހު މިސްނޭނީ.
ކެކިކެކި
17 March 2023
އިސްޕާރީ ސިޔާސީ ވިސްނުމުން އެއްކިބާވެ ކުޅިވަރު ކޮމެންޓެއްވެސް ނުކުރެވޭ ދޯ!
ރަދީފްއޮފިޝަލް
17 March 2023
ޗެމްޕިއަންސް ލީގްގަ އިޓަލީގެ ކޯޗުންގެ ނުފޫޒުގަދަ ފަހަރެއް.ފަހު 8 ގެ. 4 ޓީމުގެ ކޯޗުން އެއީ އިޓަލީ މީހުން.
ބައިކް
18 March 2023
އެ މީހުންނަކީ ދުނނިޔޭގަ ޓެކްޓިކަލީ އެންމެ ތަފާތު ފުޓުބޯލައެއް ކުޅޭ މީހުން.. އަދި ކުރީގަ މާ ގަދަ ވާނެ.. ކޯޗުންގެ ތަފާތު ފެންނަނީ އެހެެންވެ
ރަދީފްއޮފިޝަލްް
18 March 2023
@ބައިކް އަހަރެން މީ ޓެކްޓިކްސް އިޓާލިއާ މީހުންނަށް ދަސްކޮށްދިން އިޓާލިއާނޯ! ބޭފުޅާ ނުޖެހޭނެ އަހަނަށް އިތުރަށް ކިޔައިދޭކަށް! ވ.ސާލާމް
ރަދީފްއޮފިޝަލް
19 March 2023
ސަމާލު: ވަގު އެކައުންޓްތައް ހަދައިގެން ރިޕްލައި ކުރީމަ އެނގިގެންދަނީ އެކަންކުރީ ފިނޑިއެއްކަން.ވ.ވެދުން
އަނެއްޓީމު
17 March 2023
ތީ މިގައުމައް އިދިކޮޅު ޓީމުތައް ގޮވައިގެން އަންނަ ޓީމުތަކުގެ ކޯޗުންވެސް އާންމުކޮއް ކުރާކަމެއް. އަދި އަހަރެމެން ކޮންމެ ފަހަރަކުހެން އެމަޅީގަވެސް ޖެހެން. އިދިކޮޅު ޓީމުގެ ކޯޗު މެޗުގެކުރިން ބުނާނެ ރާއްޖޭގެ ކުޅުންތެރިން ވަރައް ހަލުތްވޭ ހުނަރުން ފުރިފައޭތިބީ މިވެނި އެވެނި ކުޅުންތެރިއަކު ހިފަހެއްޓޭނެ ގޮތެއް ހަމަ ނޭނގެއޭ. އެހިސާބުން އެނިމުނީ ބަލާނެކަމެއްވެސްނެތް އަހަރެމެން އެންމެންނައްވެސް ދެން ވާނެގޮތް އެނގޭނެ.
އަހަރެމެންޓީމު
17 March 2023
ދެން އަހަރެމެން ޓީމު ކޯޗުވެސް އަރާ އިދިކޮޅު ކޯޗުދެއްކިވާހަކަތައް ތަކުރާރުކޮއް އޭނާގެ ކޯޗުކަމުގަ ކުޅުންތެރިންހޯދި ކުރިއެރުންތަކޭ މިކަހަލަ ވާހަކަތަކެއްދައްކާނީ މެޗުނިމުނީމަ ބުނާނެ ތަޖުރިބާ މެޗެކޭ.