ގާސިމް މަރާލިކަމުގެ ދައުވާލިބޭ އަދުހަމް: އެ މައްސަލާގެ ހުކުމް މާދަމާ އިއްވަން ވަނީ ހަމަޖައްސާފައި
18 މާޗް 2023 - 19:56
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ހުޅުމާލޭގައި ޑިސެމްބަރު، 2019 ގައި ޓެކްސީ ދުއްވަމުން ދަނިކޮށް ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ އެވަގުތު ޓެކްސީގައި ދަތުރުކުރި އަދުހަމް މުހައްމަދުގެ މައްޗަށެވެ. އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކޯޓުން އޮތީ ނިންމާލައިފަ އެވެ.
އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު އެވެ.
ގާސިމް މަރާލި ކަމަށް އަދުހަމް ކޯޓުގައި ކުރިން އެއްބަސްވުމަށްފަހު ފަހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި ކުރިން އެއްބަސްވީ ފުލުހުން ބިރުދެއްކުމުން ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެން ނަމަވެސް ފަހުން އޭނާ ބުނެފައިވާ ގޮތުގައި ގާސިމަށް ހަމަލާދެވުނީ ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި އޮޅުމަކުންނެވެ.
އަދުހަމް ކުށަށް އެއްބަސްވެއްޖެނަމަ އޭނާގެ އަދަބު ލުއިކުރެވޭ ގޮތަށް އޭނާއާ އެކު ދައުލަތުން ކުރިން އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. އެހެން ނަމަވެސް ފަހުން އޭނާ ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުލަތުން މިހާރު ބުނަމުން ގެންދަނީ އަދަބަށް ލުޔެއް ނުދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
19 March 2023
ސާބިތު ވާނެ ބާ؟؟ ބަލިވެގެން ކެންސަލް ނުކުރާނެ ބާ؟؟ !
މުހައްމަދު 22
21 March 2023
އައްޑޫ މީހުން ރާއްޖޭގަ ނިސްބަތުން އެންމެ ގިނައީ މާފުށި ޖަލުގަ
ހަސަންދީ
18 March 2023
އިސްލާމްދީނުގައި އޮތީ ތިފަފަ މީހުންނަށް މަރުގެ އަދަބުދޭން ވާރިސުން އެދޭނަމަ މަރަށް މަރުހިފާ....
ފަޅޯ
18 March 2023
މަރާލިކަމައް ބުނެ މިހެންލިޔެފަ އޮތީމަ ހީވަނީ ދައުލަތުން މީހެއްގެ ބޮލުގަ ކަމެއް އަޅުވަނީއޭބުނާހެން މާނަ އޮޅޭގޮތައް ލިޔެފަ އޮތްހެންހީޥަނީ