ޖޭޕީން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
22 މާޗް 2023 - 17:08
ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު ނަޝީދު ފައްޓަވާފައިވާ "ފިކުރެއްގެ ދިރުން" ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ފަރާތުން އޭނާ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގާސިމްއާ ބައްދަލުކުރައްވާނެ ކަމަށެވެ.
ޖޭޕީގެ އޮފީސް، ކުނޫޒުގައި ބައްދަލުވުން އޮންނާނީ 9:30 ގަ އެވެ.
MDP ge faraathun, Partyge Raees, R. @MohamedNasheed ge edhivadaigathumuge matheen Alhugandaa @HusenAmr aa dhemeehun mirey Jumhooree Party aa eku mashvaraa kurumah eba badhdhaluvan.
— Hassan Latheef🎈 (@HassanLatheef) March 22, 2023
މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ގެންދަވަނީ މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި ޕްރައިމަރީއަށް ފަހު، އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތަށް، މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުގެ ގޮތުގައި މިހާރު ވެސް ހިމެނޭ ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރުމަށް ބާރުއަޅައި އެ ފެކްޝަންގެ އެކި ބޭފުޅުން ވާހަކަދައްކާފައިވެ އެވެ. އެކަމާ ގުޅޭގޮތުން ނަޝީދުގެ އަރިސް ބޭފުޅުން މީގެ ކުރިން ވެސް ގާސިމްއާ ބައްދަލުކުރައްވާފައިވެ އެވެ.
ޖޭޕީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނިންމައިފަ އެވެ. އެއާއެކު، ޕްރައިމަރީއަށް ހުޅުވާލައި، މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައިވެ އެވެ. ނަމަވެސް އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމުމުގެ ބާރު އެ ކައުންސިލުން ދީފައިވަނީ ގާސިމަށެވެ.
ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުމެވަޑައިގަންނަވާ ވާހަކަތައް ވެސް މީގެ ކުރިން ފެތުރުނެވެ. އެކަމަކު، ގާސިމް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމާކުރާތީ ނިޒާމް
23 March 2023
އުތުރި އަރަނީ
ހަސަންދީ
23 March 2023
ހަސަންލަތީފުގެ ޓުވީޓުގައި އެމްޑީޕީގެ ފަރާތުން ކަމަށް ބުނުމުގެ ހައިސިއްޔަތެއްނެތް...
ލަބީބު
22 March 2023
އެމްޑީޕީ ގައުމީ މަޖިލީހުން ކޯލިޝަން ހެދުމުގެ ބާރު ރައީސްއަށް ދިނީމާ އެއަށްވެސް ތަބާވާން ނުޖެހޭ މާމަތީގައި ތިބޭ ބައެއްދޯ މިއީ؟
އަލީރާޖާ
22 March 2023
މިއީވެސް އެމްޑީޕީގެ ފަރާތުންނޯ. އެމްޑީޕީ ކިޔާ ކިތައްޕާޓީ އޮވޭތަ؟
ރަދީފު ބިން ރަފައިދާ
22 March 2023
ނަޝީދުގެ ދަލުގާ ގާސިމު ރަނގަޅަށްވެސް ޖެހިއްޖެ. ދެން ދިރޭނީ މަކަރުވެރިކަމާ ޤަދަރުވެރިކަން.
ކޮލަރާޑޯ
22 March 2023
ނަސީދަކީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ދީނަށް ފުރައްސާރަކުރި ވެރިކަމަށް ދަންޖެހޭނެ މީހެއް. ގާސިމަކީ ވެސް ޕެންޑަމިކުގައި މުވައްޒަފުންގެ މުސާރަ 1000 ރުފިޔާއަށް ހެދި ދައު ސައުދާގަރު މަށާ މަގޭ އާއިލާގެ ވޯޓު ހަރާން
ބިޝާރާ
22 March 2023
ތިޔަ ކާޑެއް ނުހގާނެ މާތްﷲގެ އިރާދަފުޅުން ބޮޑުތަނުން މިފަހަރު އިބޫ ބަލިވާނެ، އިބޫއަކީ ލީޑަރެއްނޫން، މިއަދު އިބޫ ކާރީތިބި މަދުބަޔަކު އަންނި އަށް ލާދީނީ ގޮވާނެ، އިއްޔެ އެމީހުންނަށް ލާދީނީ ކަމެއްނެތް، މިއަދު މަގާމައްޓަކައި އައްނި ލާދީނީ ވެސް ވެއްޖެ
ބަބުޅި
22 March 2023
މައުމޫނާ ދިމާލަށް ގޮވި އެއްޗެހި ނަޝީދު ހަދާން އެބަހުރިބާ؟ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުންތަކަށް ޕާޓީގެ ރައީސް ތަބާވާކަށް ނުޖެހޭބާ؟! ކޯލިޝަން ހެދުމުގެ ކަންކަންވަނީ ރިޔާސީ ކެނޑިޑޭޓަށް ދީފަ. ގާސިމަށް ރަގަޅު ލަނޑެއް މިފަހަރު ލިބޭނެ
މޮޑަފްް
22 March 2023
ނަޝީދުއާ ހަސަން ލަތީފް މޮޔަފުޅުނުވޭ. އެމްޑީޕީއެއް ދުވަހަކަވެސް ޖޭޕީގެ ފަހަތަކަށް ނާރާނެ. ވެރިކަން ބޭނުންވިޔަސް ބޮޑުވަރު. ހެއްވާ ކަމަކީ މިހާރު އެމްޑީޕީއަށް 40 އިންސައްތަ ލިބޭތީ ކަންބޮޑުވެގެން ގާސިމް ގާތަށް ގޮސް ފައިބުޑަށް ވެއްޓުނީމަ 60 އިންސައްތަ އޭނަ ދޭނެތަ؟ ކުރާ ކޮސް ކަންތައް. މިސާލަކަށް ގާސިމަށް ވެރިކަން ލިބުނިއްޔޯ. އެމްޑީޕީއަށް 10 އިންސައްތަވެސް އޭނަ ނުދޭނެ. ދެން ނަޝީދަށް ތާއީދުކުރިޔަސް ގާސިމަށް ވޯޓު ނުދޭނެ މީހުން ތީގަ ގިނައީ.
އާވަސް
22 March 2023
މޑޕ ޕްރައިމަރީން ކެޑިޑޭޓެއް ހޮވާފަ ހުއްޓާ ކޮން އުސޫލަކުން މޑޕ އެހެން ބަޔަކާ ގުޅެވެނީ؟ ހާދަ ހަމަ ނުޖެހޭ ކަމެއް މީ. އަންނިއާ އޭނަަގެ އައުވާނުން ޕާޓީގެ އުސޫލުތަށް ފުޑާލިޔަސް ހަމަ އޯކޭ ބާ؟
ލަތީފާ
22 March 2023
ހާދަ ގޮތްކުޑަ އަދި ވިހަގަދަ މީހެކޭ ނަޝީދު މިއީ!!!
ސީދިބޭ
23 March 2023
އަހަރެންނެއް ނޫން! ޙަސަން ލަތީ އެކަމާ ތެޅި ފޮޅެނީ!!