އިސްލާމީ މަރުކަޒުގައި މީހަކު ގުރުއާން ކިޔަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
23 މާޗް 2023 - 14:22
ރޯދަ މަހަކީ ބެލެނިވެރިން މަސައްކަތުގައި އަދި ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރާވަގުތު އާމު މަސްތަކަށްވުރެ މަދު، ދަރިވަރުންނަށް މައިންބަފައިންނާއި އަދި އާއިލާއާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އާއްމު މަސްތަކަށްވުރެ އިތުރުވެގެންދާ މަހެކެވެ.
ރަމަޟާން މަހަކީ ކީރިތި ގުރުއާން ބާވައިލެއްވުނު މަސް ކަމަށްވެފައި އާއިލާތައް އެކުގައި ހޭދަކޮށްލަން މި ލިބޭ ވަގުތުން ބައެއް އަޅުގަނޑުމެންގެ ދަރީން ކީރިތި ގުރުއާނަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި މި އަހަރު ވެސް މިވަނީ ގުރުއާން ޗެލެންޖް ޕްރޮގްރާމެއް އިންތިޒާމް ކޮށްފަ އެވެ. ގުރުއާން ޗެލެންޖް ޕްރޮގްރާމްގެ ކޮންޓެންޓަކީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ މިދިޔަ އަހަރު ވެސް ހިންގި ޕްރޮގްރާމްގެ ކޮންޓެންޓެވެ.
މިދިޔަ އަހަރު އަލިމަގު ގުރުއާން ޗެލެންޖް ޕްރޮގްރާމްގައި 500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. އާއްމުކޮށް ހުޅުވާލެވިފައިވާ މި ޕްރޮގްރާމް ފަރުމާ ކޮށްފައި ވަނީ ތައުލީމީ ކޮންމެ ފެންވަރެއްގެ ކުއްޖަކަށް ވެސް ބައިވެރި ވެވޭގޮތަށް ތަފާތު 16 ގިންތިއަކަށް ބަހާލެވިގެންނެވެ.
ބައިވެރިން ގުރްއާނުގެ ކުރުސޫރަތްތަކާއި، ނަމާދާ ގުޅޭ އާޔަތްތަކާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާ ގުޅޭ އާޔަތްތަކާއި، ކެތްތެރިކަމާ ގުޅޭ އާޔަތްތަކާއި އަދި ގުރުއާނުގައިވާ ބައެއް ދުއާތަކުގެ މާނަ ދަސްކުރުމާއި، މާނަ ލިއުމާއި އަދި މީގެ އިތުރުން ތަޖްވީދުގެ ބައެއް ބައިތަކާއި، ގުރުއާނުގެ މައުލޫމާތާއި ސުވާލުތަކާއި ސޫރަތުގެ ނަންތަކަށް ބަލައިގެން ސޫރަތްތައް ތަރުތީބު ކުރުމާއި ސޫރަތްތަކުގެ ނަމާއި ފުރަތަމަ އާޔަތް ގުޅުވުން ވެސް މި ޕްރޮގްރާމުގައި ހިމެނެ އެވެ.
މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ތައުލީމީ މުގައްރަރުގެ އިސްލާމް މާއްދާގެ ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ ހަދީސްތައް ވެސް ހިމަނާފައި ވާނެ އެވެ. މި ހުރިހާ ބައިތަކަކުން ދަސްކުރަން ކޮންމެ އުމުރުފުރައަކަށް ވެސް ތަފާތު މިންވަރެއް ވާނީ ކަނޑައަޅައިފަ އެވެ.
މި އަހަރު ވެސް މި ޕްރޮގްރާމް ހިންގާނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް ބައިވެރިވެވޭ ގޮތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
ޗެލެންޖާއި ގުޅޭ ފޭސްބުކް ޕޯސްޓް.
އަލިމަގު މޯބައިލް އެޕްލިކޭޝަންގައި ގުރުއާން ޗެލެންޖްގެ އިތުރުން ދަރިވަރުންނަށް މަންފާކުރާނޭ ތަފާތު ބައެއް އެހެނިހެން މައުލޫމާތުތައް ވެސް ހިމެނޭނެ އެވެ.
ބިނާކުރަނިވި ގޮތެއްގައި ކީރިތި ގުރުއާނަށް އަހުލުވެރި ކުރުވުމުގެ މަގުސަދުގައި އަލިމަގު ގުރުއާން ޗެލެންޖް 2023ގެ ނަމުގައި އަމިއްލަ ފަރާތަކުން ހިންގާ ވަރަށް ތަފާތު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މުބާރާތައް ދަސްކުރަންޖެހޭ ބައިތައް ޑައުންލޯޑްކޮށްގެން ދަސްކުރުމާއި އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ސުވާލުތައް ފަރިތަކުރުން މިހާރު ވެސް ކުރިއަށް ގެންދެވޭނެ އެވެ.
މި ޕްރޮގްރާމުގެ އެންމެފަހުގެ އެސެސްމެންޓް އޮންނާނީ ރޯދަމަހުގެ ފަހު ހަފްތާގައެވެ. މި ޕްރޮގްރާމްގައި ލިޔުމުން ފުރިހަމަ ކުރަންޖެހޭ ބަޔަކާއި، ދަސްކުރަންޖެހޭ ބަޔަކާއި، އޮންލައިން އެސެސްމެންޓެއް ހިމެނެ އެވެ.
ތަފާތު 16 ގިންތިއަކަށް ބަހާލެވިފައިވާ މި ޕްރޮގްރާމަށް ކުރީ އަހަރެކޭ އެއްގޮތަށް 118،500ރ.ގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ.
މި ޕްރޮގްރާމްގެ ކޮންމެ ގިންތިއަކުން އެންމެ މަތިން ޕޮއިންޓް ހޯދާ ތިން ކުއްޖަކަށް ފައިސާގެ އިނާމް އީދު ދުވަހުގެ ކުރިން ހަވާލުކުރެވޭނެ އެވެ.
ފެށޭ ގިންތި ނުވަތަ އުމުރު ފުރާއަކީ ނާސަރީ ކުދިން ކަމުގައި ވީ ނަމަވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ލިޔަންކިޔަން ދަންނަ ކުދީންނަށެވެ. އެންމެ ހަގު އުމުރުފުރާ އިނާމް ހާސިލް ކުރާ ކޮންމެ ބައިވެރިއަކަށް 1،000.00ރ ކަނޑައެޅިފައިވާއިރު އެންމެ މަތީ ގިންތި އަށް އިނާމް ހާސިލް ކުރާ ކޮންމެ ބައިވެރިއަކަށް ކަނޑައެޅިފައި ވަނީ 5،000.00ރ އެވެ.
މި ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި، ކީރިތި ގުރުއާނުގެ މަައުލޫތަކުން ކުދިންގެ މައުލޫމާތުގެ ހަޒާނާ މުއްސަނދި ވެގެންދާ އަދި ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ބައިވެރިވެ ޕްރޮގްރާމްގެ މެޓީރިއަލް ޑައުންލޯޑްކޮށް އޮންލައިން ސުވާލުތަކަށް ޖަވާބުދީ ފަރިތަކޮށްލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމަކަށް ވުމުން މި ފުރުސަތުގެ ބޭނުން ވީހާ ވެސް ގިނަ ފަރާތްތަކުން ހިފަން ވާނެ އެވެ.
ގުރުއާން ޗެލެންޖްގައި ކުރީ އަހަރުތަކުގައި ބައިވެރިވި ފަރާތްތަކުން ވެސް މިއަހަރުގެ ޕްރޮގްރާމަށް އަލުން ރަޖިސްޓްރީ ވާންޖެހޭނެ އެވެ.
Quiz - 2023 - Sign In
މި ލިންކުން މުބާރާތަށް ރަޖިސްޓާވެވޭނެ.
ގުރުއާން ޗެލެންޖް 2023ގައި ރަޖިސްޓްރީ އަލިމަގު މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓު މެދުވެރިކޮށެވެ.
ރަޖިސްޓްރީވެ އެކައުންޓް ވެރިފައިވުމުން ދަރިވަރަށް އެ ދަރިވަރެއްގެ އެކައުންޓުން ދަސްކުރަން ކަޑައެޅިފައިވާ ހުރިހާ ބައިތަކެއް ހިމެނޭ ޕީޑީއެފް ފައިލެއް ފެންނަން ހުންނާނެ އެވެ. މި ފައިލް ޑައުންލޯޑް ކޮށްގެން ޕްރިންޓް ކޮށްގެނާއި ކޮމްޕިއުޓަރުންނާއި ޓެބްލެޓް ފަދަ ވަސީލަތެއް ބޭނުން ކޮށްގެން ޗެލެންޖަށް ދަސް ކުރެވޭނެ އެވެ.
މި ޗެލެންޖުގައި ހިމެނޭ ހުރިހާ ބައިތަކެއް ވެސް މިހާރު އޮންލައިން ކޮށް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަރިތަ ކުރެވޭނެ އެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު 9978620 އަށް ވައިބާ ވައިބާކޮށްގެން ހޯދޭނެ އެވެ.
ނޯޓު: މިއީ އަލިމަގު ގުރުއާން ޗެލެންޖުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި ބޭނުން ކޮއްބަލަ.
24 March 2023
އަލިމަގު އާންމުކޮން ކިޔަނީ އިލްމް އުގެނުމުގެ މަސައްކަތައް! އެޑިޔުކޭޝަން އައް. އިންޑޮކްޓްރިނޭޝަން އަކައް ނޫން! އަދި މާނަ ދަސްނުކޮއްނަމަ އަދި ނޭގޭނަމަ، އިންޑޮކްޓްރިނޭޝަން އަކައް ވެސް މިފަހަރަކު ނުވާނެ!
އައިސް
24 March 2023
ތާނަލިޔުމުގައި އޮންނަ އް އާއި ށް ގެ ގަވާއިދު ވެސް ވާނެ ދަސްކޮށްލަން ހުސް އިނގިރޭސިން މޮޅެތި ނަންތައް ލިޔުނަކަސް ނުފުދޭނެ