ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
12 އޮކްޓޯބަރ 2025 - 13:37
ދެނަމާދު ދޭތެރޭ ވަގުތުގައި [މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު] ގުރުއާން ކިޔެވުމަކީ ރާއްޖޭގައި ކުރިން އޮތް ވަރަށް ރަނގަޅު އާދައެއް ކަމަށާއި އެ އާދަ އަލުން އިޔާދަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގުރުއާއާން ކިޔެވުމުގެ މި އަހަރުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމުދޭން، އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަޣުރިބު ނަމާދަށް ފަހު، އިޝާނަމާދާ ދެމެދު ގުރުއާން ކިޔެވުމުގައި ކުދިންނާއި މައިންބަފައިން މަޝްއޫލުވެ އުޅުނު އުޅުން މިހާރު ގާތްގަނޑަކަށް ނެތިގެން ގޮސްފައިވާ ކަމަށެވެ. އެކަން ނެތިގެން ދިޔައީ މީހުން ބިޒީ ވުމާއި އެކިއެކި ސަބަބުތަކާ ހެދި ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަގުތަކީ ވަރަށް ކުޑަ އެއްޗެއް. އެންމެން ވެސް ވަރަށް ބިޒީ. އެކި ކަންމުގައި، އާމްދަނީ ހޯދަން، ކުދިންނަށް ކިޔަވައިދޭން، ނޫނިއްޔާ ކުޅިވަރު ކުޅުމުގައި. ދެން ކިޔާނެ ކަމެއް ނެތް އެކި ކަންކަމުގައި ވަރަށް ބިޒީ. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަންކަމުގައި ވަގުތު އޮންނަން ޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން ވަނައެއް ހޯދި ދަރިވަރަކާ ރައީސް މުއިއްޒު އިނާމު ހަވާލު ކުރައްވަނީ.----ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ އެންމެ އިސްކަންދޭން ޖެހޭނީ އިސްލާމްދީނުގައި ކުރަން އަންގަވާފައިވާ އަޅުކަންތައް ކުރުމާއި ގުރުއާން ކިޔެވުން ފަދަ ކަންކަމަށް ކަމަށެވެ. އެ ކަންކަަމަށް ފަރުވާކުޑަކޮށް ފަހަތަށް ދޫކޮށްލައިފި ނަމަ މުޖުތަމައުގައި އުފާފާގަތިކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އަަޅުގަނޑުމެން އިސްކަމެއް ދޭން ޖެހޭ ކުރީގައި މިހެން ހުރި ރީތި އާދަތައް އަނބުރާ ގެންނަން. މަޣުރިބު ނަމާދުކޮށްގެން، އިޝާނަމާދާ ދޭތެރޭގައި ތަރުތީބު ކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަ ޖެހޭ ކިޔަވަން،" ރައީސް ވިދާޅުވި އެވެ.
އެއީ އެހެން ނަމަވެސް އެ ގަޑީގައި އެކަނި ކިޔަވަން ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރީތިކޮށް ގުރުއާން ކިޔަވަން ކުދިން ހޭނުމަށްޓަކައި ހުރިޙާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ސްކޫލްތަކުގެ ވެރިންނަަށާއި ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. ނަމާދުތަކަށް ސަމާލުވެ، ކިރިޔާ ވެސް ދެން އޮތް ނަމަ ޖަމާއަތަކަށް ނަމާދަށް ދާން ވެސް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
13 October 2025
ވަރަށް ރަނގަޅު. ޝުކުރިއްޔާ ރައީސް. މިވަގުތުގައި ކިޔަވަނީ ޔާސީން ސޫރަތާ ތަބާރަ ސޫރަތް ހުކުރު ވިލޭރޭ ކަހަފް ސޫރަތް. ދެރަކަމަކީ މިހާރުގެ މަޝްހޫރު ބޮޑު ޝޭޚަކުގެ ވީޑިއޯއެއްގައި ޔާސީން ސޫތަތަކީ އެއްވެސް މަންފާއެއް އޭގައި ނުވާކަމަށް ބުނެ އެސޫރަތަށް ފާޑު ވިދާޅުވާ ޥީޑިއޯއެއް ޢާންމުކޮށްފައި ވާކަން.
އަފްލާތޫން
12 October 2025
ކުރީގެ އާދައެއް ފަތިސްނަމާދުގަ ގުނޫތު ކިޔުމަކީ، މެންދަމު މުނާޖާތު ކިޔުމަކީ، ކީރިތިރަސޫލާގެ އީދުމީލާދު ފާހަގަކުރުމަކީ، މާލޫދު ކިޔުމަކީ އަދިކޮބާ 1953 ވަންދެން ދިވެހިންނަށް މެދުޒިޔާރަތަށްވަދެ ފާތިހާވެސް ކިޔެވޭ. މިހުރީ ރީތިއާދައެއް ހުއްޓުވާލީ މި 75 އަހަރު ވެރިކަންކުރި ސެކިއުލަރިސްޓު އަދި ފަންޑަމެންޓަލިސްޓް ވެރިން
ށސ11
12 October 2025
ގެނަމާދު ދޭތެރޭ ކުޅިވަރުކުޅެތަންތަނާ، ކެފޭ ރެސްޓޯރެންޓުތަކާ، ފިހާރަތަކާ، ޕާކުތަކާ ޖިމްފަދަތަންތަން ބަންދުކުރަންޖެހޭ.
ގޮނުއަނގަ
13 October 2025
ނޫންނޫން. ވިޔަފާރި ތަކަކީ އޭރުވެސް އެބައެއްގެ އިޚްތިޔާރުގައި ހުޅުވައި ބަންދުކޮށް ހެދި ތަންތަން. ވިޔަފާރި ވެރިންނަކީ ފިހާރަ ތަކުގެ ސޭޓުން ކަމަށްވާތީ އެމީހުން އަމިއްލައަށް އިޚްތިޔާރު ކުރާކަމެއް. އެއީ. ވިޔަފާރީގެ މައިގަނޑު އެއްޗަކީ މަސް ކަމަށް ވާތީ މަސް ވިއްކަން އަންނަ ކޮންމެ ވަގުތަކީ ވިޔަފާރީގެ ވަގުތު
އަބްލޫޒީ
13 October 2025
ތަންތަން ބަންދު ނުކުރިޔަސް ކަލޭ ދެނަމާދު ދޭތެރޭ ގުރުއާން ކިޔަވަބަލަ.
ރާވެރިބެ
12 October 2025
ހަމަ ގައިމުވެސް މިގޭގެ އެންމެން އަދި މިއާއިލާގެ މީހުން އަބަދުވެސް ދެނަމާދު ދޭތެރޭ ގުރުއާން ކިޔަވާ.
ބޫންބޫން
12 October 2025
މަޖުބޫރުކޮށް ތަޅައި އަނިޔާކޮށް ބިރުދައްކައި އަދަބުދީގެން ދޯ މިކަން ކުރަންވީ،. ގިނަ "ބޫމަރ" ބެލެނެވެރިން ކަންތައް ކުރާގޮތް މިއީ.
ކޮސްޖެންޒީ
13 October 2025
ކަލެއަށް ބޫމަރ ޖެންއަކީ ކޯއްޗެއްކަން ނޭނގުނަސް ކޮމެންޓުކުރާތީ. މުއިއްޒުއަކީ ޖެން އެކްސް މީހެއް... ދެން ތިމާގެ މައިންބަފައިން އެހެން ހެދީމަ އެހެން މީހުންގެ މައިންބަފައިން ވެސް އެހެން ކަންތައް ކުރާ ކަމަށް ގަބޫލުކުރުމަކީ ވިސްނުމުގެ ކޮށިކަން.
ޒައީންަ
12 October 2025
އޮފީސް ތަކުގައި މަސައްކަތް ކުރާ މީހުނަސް ޤުރުއާއާން ކިޔަވަން ވަގުތު ޤާނޫނީ ގޮތުން ހޯދައި ދިނުން އެދެން، ކާލަން 30 މިނެޓް ދޭ ގޮތަށް 30 މިނެޓް ޤުރުއާން ކިޔަވަން ދޭން ރަގަޅު
ސަހަރޯއި
12 October 2025
އޮފީހުގަ 8 ގަޑިއިރު އުޅުނަސް އަނެއް 16 ގަޑިއިރު މަދެއްނުވާނެ.
1223
12 October 2025
ގައުމު ހަލާކު ކޮއްލަން ތިއުޅެނީ
ހުތރެ
12 October 2025
މުޅިންވެސް ދެ ނަމާދު ދޭތެރެ..
ހހހހހ
12 October 2025
ރަނގަޅު.. އެކަމަކު ދިވެހިން އާންމު ގޮތެއްގައި އެހެން ކިޔަނީ ކޮން ދެނަމާދަކަށްކަން އެނގޭނެ ކޮންމެ ދިވެއްސަކަށްވެސް
ރަމަ
12 October 2025
މީހަމަ ޖޯކަރެއް ދެއްކޭ ވާހަކައެއް ނުދެއްކޭ ވާހަކައެއް ކުރާނެކަމެއް ނުކުރާނެކަމެއް ނޭގިގެން ތިއުޅުއްވަނީ ކިހިނެއްވެގެންތޯ؟ ބަލަ އަބަދުވެސް ވަގުތުވި ވަރަކުން އަހަރެމެންދަނީ ޤްރުއާން ކިޔަވަމުން ތިމާމީހާމީ މާދީންވެރިމީހަކަށް ހެދިގެން ހެޔޮލަފާ މީހެއްކަން ދައްކަން ތިއުޅެނީ ރައްޔިތުން މިވެރިކަމާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަން އެގުމުން.
ރަނގަޅު
12 October 2025
ނެތިގޮސްފައިވާ ރިވެތިއާދައެއް. ދަރިން ޝައިތޯނުންގެ ކިބައިން ރައްކާތެރިކުރަންޖެހޭ ވަގުތެއް.
މަބުނީ
12 October 2025
މައިންބަފައިންނަށް ހީވެފައޮންނަނީ ދެނަމާދުދޭތެރެއަކީ ދުވެކަސްރަތުކޮށް ދަރިންތައްވެސް ހުރިހާ ކުޅިވަރު ގްރައުންޑްތައް ފުރެންދެން ބޯޅަދީފަ ކުޅެންދީފައި ބައިތިއްބަންޖެހޭ ވަގުތޭ.