ހިތަދޫން ބޮޑު މަގުން ބަޔަކު ދުއްވަނީ. ފޮޓޯ: ސިޓީ އޮފް އައްޑޫ
26 މާޗް 2023 - 11:48
އައްޑޫގައި ޑެންގީ ހުން ފެތުރޭ ވަރު ގިނަވެ، އެ ހުމުން ރައްކާތެރިވާން ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެ އެވެ.
އެ ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ޝާފީ މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ މި މަހު އައްޑޫން ރިޕޯޓުކުރި، ޑެންގީ ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.
މި މަހުގެ މިހާތަނަށް 33 މީހަކަށް ޑެންގީ ޖެހިފައި ވާއިރު އެންމެ ގިނައީ އައްޑޫގައި އާބާދީ އެންމެ ބޮޑު ހިތަދޫގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
- ހިތަދޫ 27
- މަރަދޫ 4
- މަރަދޫ ފޭދޫ 1
- ހުޅުމީދޫ 1
ޑެންގީ ހުމުން ރައްކާތެރި ވުމަށް ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި އާލާވާ ފަދަ ތަކެތި ނައްތާލުމާއެކު، ގެ އާއި ގޯތިތެރޭގައި މަދިރިން ރައްކާތެރި ވުމަށް ލޯޝަން ބޭނުން ކުރުމަށް ހޮސްޕިޓަލުން އެދެ އެވެ.
- އަރާމުކުރުން. - ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން. [ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި] - ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ ޕެރެސެޓެމޯލް ބޭނުންކުރުން. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ޑެންގީ އިތުރުވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯދީ.
27 March 2023
އައްޑޫގައި މަދިރި ގިނަވެގެން އުޅެނީ އައްޑޫގެ މަގުތަށް ހަދަންވެގެން ކޮނެފައިހުރި ކާނުތަކުގައި އޮންނަ ފެންގަނޑުގައި އުފެދޭ މަދިރިތަކުގެ ސަބަބުން. ރައްޔިތުން ނިކުމެ މިތަންތަނަށް ފަސްއަޅާންވީ.
ފޮނިޓައްޕު ހަސަނު
27 March 2023
އައްޑޫގައި ކިއްކުރަން މިރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ޑެންގޫ ހުން ފެތުރުމުގެ އަސްލަކީ ދައުލަތުގެ މުވައްސަސާތަކުގެ ދޯހަޅިކަން، މަދިރި ކޮންޓްރޯލް ކުރަން އެއްވެސް ވަރެއްގެ މަސައްކަތެއް ނުކުރޭ. މި ފުރަމާލޭގެ ބައެއްކަމުގައިވާ ހުޅުމާލޭގައި ވެސް އެއްވެސް ވަރަކަށް މަދިރި ކޯންޓްރޯލް ނުކުރޭ. ނިކަން ގަސިމު ނުވަތަ ރައިސް ސޯލިހު މެނިފެސްޓޯގައި ހިމަނާލަ ދީބަލަ ވެރިކަން ލިބޭތާ 3މަސްތެރޭ މީހުން ދިރިއުޅޭ ހުރިހައި ރަށަކުން މަދިރި ކޮންޓްރޯލް ކުރާނެ ކަމަށް.
އޮނަރަބްލް އަފީފު ދީދީ
27 March 2023
އައްޑޫގައި ޑެންގީހުން ފެތުރެންދިމާވި އެންމެ ބޮޑުސަބަބަކީ އައްޑޫގެ މަގުތައްްހެދުމުގެ ނަމުގައި ހަވާލުކޮށްފައިވާ އިންޑިޔާގެކުންފުނިން މުޅި އައްޑޫސިޓީގެ މަގުކޮނެ ކާނު ހަދަންވެގެން ކޮނުނު ބޮޑެތި ވަޅުގަނޑުތައް އެހެން ހުރެ ފެނަށް މަދިރި ބިސްއަޅައި އުފެދުމު ގިނަ އަދަދެއްގެ މަދިރި ތަކުގެ ސަބަބުންކަން އައްޑޫގެ ސިއްޙީކަންކަން ބަލާ އިދާރާތަކުންނާއި ކައުންސިލް އަދި އިކްއިޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން ނުބުނީ "އަމްރު އަށް ވީގޮތް ވެދާނެ ކަމުގެ ބިރު" އޮތުމުންތޯ؟
ރެކިފުތާގެ އައިސާދީ
26 March 2023
މިއީ ވާރު ނެގުން އިތުރުވީ ފަހުންވެސް ޕެސްޓް ކޮންޓްރޯލް ކުރުމާ ޢާއްމު ޞިއްޙަތަށް ކަރަދު ނުކުރާތީ މިރަސަށް ވަގޮތް