ބޭންކް އޮފް މޯލްޑިވްސްގެ އެމެކްސް ކާޑު. އެ ކާޑުތަކުން ކުރާ މުއާމަލާތްތަކުން ކޮންމެ ހަފްތާއަކު 10 ކަސްޓަމަރަކަށް ޕްރޮމޯޝަން ލިބޭނެ-- ފޮޓޯ: ބީއެމްއެލް
26 މާޗް 2023 - 11:46
ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.
އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ އެވެ. ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ އެވެ.
މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.
ބީއެމްއެލްގައި 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުން ހިމެނެ އެވެ. އެ ބޭންކަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮންޒީ
30 March 2023
ތި 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުން ގެ ތެރެއިން އެމެކްސް ކާރޑު ބމލ އިން ދިނީ ކިތައް މީހުން އަށް ތޯ ބަލާބަލަ. ދުނިޔޭގެ ޗިޕު މަދޭ މު*ޖޭ ކިޔާފަ ވަކި ބަޔަކަށް ތި ލާރިން ވައްކަން ކުރަން އުޅޭބައެއް.