ބީއެމްއެލް ކާޑުތަކެއް: ކާޑުލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާތީ ބޭންކުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައި
07 ޑިސެމްބަރ 2025 - 16:05
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ނަގާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން ވަނީ ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުން ރާއްޖެ އިން ބޭރުގައި ބޭނުން ކުރެވޭ އަދަދު އިތުރު ކޮށްފަ އެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެ އިން ބޭރުގައި ކާޑު މެޝިނުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1،000 ޑޮލަރު އަދި ޓިކެޓާއި ހޮޓެލް ބުކިންއަށާއި ސިއްހީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3،000 ޑޮލަރާ ހަމަޔަށް ލިމިޓް ކަނޑައަޅާފައިވެ އެވެ.
ނަމަވެސް ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ލިމިޓްތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެ އިން ބޭރުގައި ބޭނުން ކުރުމަށް ދީފައިވެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އޭގެ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށް ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ވަނީ ފާހަގަކުރެވިފަ އެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.
އެގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށާއި މީގެ އިތުރުން ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.
ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގެމަށް ނުދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އެހެންކަމުން މިފަދަ މުއާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުއާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
އަދި އެގޮތަށް ބޭނުންކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުއާމަލާތް ނުކުރެވޭގޮތް ހެދުން ފަދަ ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމަށް ވެސް ބުންޏެވެ.
ބޭންކުން ބުނީ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީ އެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންވެ، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުން ކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް އެ ބޭންކުން ބުންޏެވެ.
ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގެމަށް ނުދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެދުބަސް11
08 December 2025
އެކަކު ކިހިނެއްތޯ 100 ކާޑު ގެންގޮސް ބޭނުން ކުރަނީ. 100 ތިމާގެ މީހުންނާ ރައްޓެއްހިން ހަމަ މީހަކަށް ކާޑު ނުވަތަ ކާޑުގެ މައުލޫމާތު ހިއްސާކުރާނެ ތޯ؟ ބުއްދި ޤަބޫލް ނުކުރާ ކަހަލަ ވާހަކަ މިދައްކަނީ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ކާޑު ލިމިޓް އަނެއްކާވެސް ކުޑަ ކުރަން ވެގެން.
ސުލަތާނާ
08 December 2025
ރާއްޖޭގަ ކުރާ ހުރިހާ ވަގު ވިޔަފާރީއެއްގެ ފަހަތުގަ ޔުނީފޯމް ބޮޑީސްގެ މީހުންގެ 99 ޕަސަންޓް މީހުންނަކީ މިވިޔަފާރިތަކުގެ މޭސްތިރިން އިލީގަގް އަންޑޮކޔިމުެނޓެޑް ބިދޭެނސީކް ކުރާ ވިޔަފާރިތަކަކކީސް ވެސް މިގޮތައް ހިނގާ ކަންކަން ގައުމެއް ނެތް
އުސްމާންް
08 December 2025
ދެން މިހިދުމަތްތަކަށް ބުރޫ އެރީމަ ރައީސް މުއިއްޒު ފަހަތުން ކަލޭމެން ދުވާނީކީނޫން. ރަނގަޅަށް ކަމެއް ކޮށްދިނީމާވެސް އެކަމުގަ ކޮޅުފައިންތިޖަހަނީ
އެމްސް
08 December 2025
އެއްވެސް ސަރުކާރަކަށް ޙައްލުނުވި ކަންކަން: ޑްރަގް، ގޭންގް، ޑޮލަރުގެ ބްލެކް މާކެޓް، ބިދޭސީންގެ މައްސަލަ!
ކަޑަބޮއް ސައީދު
08 December 2025
އަހުރެން ދަންނަ މީހެއް މިކަން ކުރަމުން ދަނީ. އޭނަ ދަނީ ޑުބާއީ އަށް. ގޮސްފާ ކާޑު ބޭނުންކޮށްގެން ޔޫއެސްޓީޑީ ގަނެގެން އެ ވިއްކަނީ އަގުބޮޑު ކޮށް. ވަރަށް މުއްސަނދި ކޮށް އުޅެނީ އޭނާ. މި އީ ނާޖާއިޒު ފައިދާ ނަގާ މީހެއް މިގޮތަށް. މޭޗަންޓް ބްލޮކް ކޮއްލަން ވީއެއްނު މިހެން ހަދަން ޔާމުން. އޭރުން އެކަން ނިމުނީ ވަގުތުން.
އެމްސް
08 December 2025
ޑުބާއީގަ އެއްޗެއް ވިއްކީމަވެސް ޙަސަދަވެރި ވާންވީތޯއެވެ؟
ފިޔަވަޅުއަޅާ
08 December 2025
ނަހަމަގޮތުގައި ބޭނުންކުރާކަމަށް ސާބިތުވާނަމަ ފިޔަވަޅުއެޅީމައި ނިމުނީ
އެމްސް
08 December 2025
ނަހަމަ ގުޅުމެއް ހިންގާނަމަ ކޯޓަށް ދާންވީތާއެވެ! ދިމާވެގެން އުޅެނީ ޑޮލަރުގެ ޑިމާންޑް އާދަޔާއިޚިލާފަށް ބޮޑުވެގެން އުޅޭ މައްސަލައެވެ!
ސަލާމާ
08 December 2025
މީ ވަރަށް ޢާންމުކޮށް ކުރާ ކަމެއް. ބޭރުމީހުންތައްވެސް މިކަން ކުރޭ.
އެމްސް
08 December 2025
ޢާއްމުކޮށް ނުކުރާކަމެއް އޮވޭތޯއެވެ؟ މިއީ ޓްރެފިކް ޤަވާޢިދަށް، ޓްރެފިކް ފުލުސްމީހާއަށްވެސް ނޫޅެވޭ ޤައުމެކެވެ!
ްިއިއްބެ
08 December 2025
ރާއްޖޭން ބޭރުގައި ބޭނުންކުރަން ދޭ ލިމިޓެއްނަމަ، އެ ހުއްދަ އޭނާ އެއަޕޯޓުން ބޯޑިންގ ކުރުމުން ދީފަ، އެނބުރި އަންނަ ހިސާބުން ކަނދާލާފަ ބާއްވަންވީނު؟ އޭރުން ޔަގީނުންވެސް ތިކަމެއް ނުކުރެވޭނެ. އެގްޒިޓް ވުމުގެ ކުރިން ލިމިޓް އެލޯ ނުކުރީމަވީނު؟
އެމްސް
08 December 2025
ރާއްޖެއިން ބޭރަށް ނުފޮނުވުން ކިހިނެއްތޯއެވެ؟
ބަރުބަރީ
08 December 2025
އެމީހެއްގެ ޒާތީ އަދި ނަފްސާނީ ހާލަތާ ދާއިމީ އެޑްރެސް ފޮޓޯއާއި އެކީ ނޫސްތަކުގަ ނުޖަހާހާ ހިންދަކު ގަބޫލު ކުރާނީ ބެންކުން ޗުއްޓީއާއި ދިމައިކޮށް ކޮންމެސް ގޭސްގަނޑެއް އަނބުރަނީ އޭ.
އެމްސް
08 December 2025
ޑޮލަރުގެ ޑިމާންޑް އުފެދޭ 1 ސަބަބަކީ ޗުއްޓީއަށް ބޭރަށް ދާ ދިއުން އެހެން ނޫންތޯއެވެ؟
ހުލާސާ
08 December 2025
މުޅިހަބަރު ކިޔާލިމަވެސް ތީގެއިން ތިބުނާއިންޒާރަކީ ކޮބާކަމެއް ނޭގޭ. ކޮންމެއަކަސް ތިކަމަކީ ވަރަށް ގޯސަކޮށް ހިނގާކަމެއް.. ހުޓުވަންޖެހޭ. ތިފަދަ މީހުން ކުރާ ތިޒާތު ކަންކަމުން ޖުމްލަކޮށް މުޅި ހުރިހައި ރައްއިތުންނަށް އުނދގޫ ޖެހެނީ އާހިރުގަ.
އެމްސް
08 December 2025
ހުރިހާ އެއްޗެއް އިމްޕޯޓްކޮށް، ހުރިހާ ވަޒީފާތައް ބޭރުމީހުނަށް އޮންނަ އޮތުމުންވެސް ޑޮލަރުގެ ޑިމާންޑް އެއް އުފެދޭނެއެވެ!
ގަމާރު މީހާ
08 December 2025
ހުސް ދޮގު ، މި އުޅެނީ އަންހެނުންގެ ކާދުވެސް ނުދީގެން ދެން ކޮން 100 ގަމާރުންބާ ކާޑެ ދެނީ އެބުނާ މީހަކަަށް . އެއްޗެކޭ ކިޔައިގެން ލިމިޓް ކުޑަކުރަން ....
ޑރ ވާންޗޯ
08 December 2025
ތިޔަކަމެއް ކުރާބަޔަކާ ދޭތެރޭފިޔަވަޅުއަޅާ މާލޭގަހުރެގެން ކާޑުބޭރަށް ފޮނުވާމީހުންގެ ބްލޮކްކޮށްލާ. ކޮރަޕްސަނާ ފަސާދަ ހިންގާމީހުން ހުއްޓުވަން އެންމެން ޖަލައްލާކަށްނުޖެހޭ.
އެމްސް
08 December 2025
އެމީހެއްގެ ނަންމަތީ ރަޖިސްޓްރީވެފަ އިން އުޅަނދެއް އެހެންމީހަކު ދުއްވުން މަނާތޯއެވެ؟