ބީއެމްލްގެ ކާޑު މެޝިނެއް ބޭނުން ކުރަނީ. -- ފޮޓޯ: ބީއެމްއެލް
01 ޖުލައި 2025 - 18:07
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ހަމަޖެއްސިޔަސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ކުރިން ވެސް އޮންނަ ގޮތަށް މަހަކު 750 ޑޮލަރު އޭޓީއެމްތަކުން ނެގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ 125 ޑޮލަރު ކަމަށް ބީއެމްއެލްއިން އިއްޔެ ހަމަޖެއްސީ ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ކުރެވޭ ބޭރު ފައިސާގެ މުއާމަލާތުގެ އަދަދު 500 ޑޮލަރަށް ބޮޑުކުރުމާ އެކުގަ އެވެ. އެކަމަކު ބީއެމްއެލް އިން މިއަދު ބުނީ ރާއްޖޭން ބޭރުގައި އުޅޭ ނަމަ ކުރިން ވެސް އޮންނަ ގޮތަށް، ބީއެމްއެލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން މަހަކަށް 750 ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ ކަމަށެވެ.
އިއްޔެ ބީއެމްއެލް އިން އިއުލާނުކުރި ގޮތުގައި ރާއްޖޭން ބޭރުގައި އޭޓީއެމުން މަހަކު ނެގޭ އަދަދު 125 ޑޮލަރަށް ދަށްކޮށް އަދި ކޮންމެ ޓްރާންސެކްޝަނަކަށް 10 ޑޮލަރުގެ ޗާޖެއް ވެސް ނަގާނެ އެވެ.
ބޭރުގައި ދިރިއުޅޭ މީހުންގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓު 1،200 ޑޮލަރަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ބޮޑުކޮށްފަ އެވެ. ބޭންކުން ބުނީ ކާޑު ލިމިޓްތަކަށް ގެނައި ބަދަލުގެ އަސަރެއް ބޭރުގައި އުޅޭ ދަރިވަރުންނަށް ނުކުރާނެ ކަމަށެވެ. ބޭރުގައި އުޅޭ ދަރިވަރުންނަށް އޭޓީއެމުން ވެސް ކުރިއެކޭ އެއްގޮތަށް ފައިސާ ނެގޭނެ ކަމަށް ބުންޏެވެ. ދަރިވަރުންނަށް ވެސް މި ލިމިޓްތައް ހަމަޖައްސައިދެނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުންނެވެ.
ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު 500 ޑޮލަރަށް ބޮޑުކުރުމާ އެކު އާންމުކޮށް ދިވެހިން އޮންލައިން ވިޔަފާރިއަށް ބޭނުންކުރާ ހަ ވެބްސައިޓަކުން ފީއެއް ނަގަން ނިންމައިފަ އެވެ. އެއީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުގައި ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުން ކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް މި މަހުން ފެށިގެން ނަގާނެ އެވެ.
ނޯޓް: އިއްޔެ ގެނައި ބަދަލާ އެކު، ބޭރުގައި އުޅޭ މީހުންގެ ކާޑު ލިމިޓު ވެސް ބަދަލުކުރުމަށް ފަހު މިއަދު އެ ނިންމުން ބަދަލުކުރީ ކަމަށް ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު ލިޔެފައިވަނީ ބޭންކުން އޭރު ދިން މައުލޫމާތުގެ މައްޗަށެވެ. ރަނގަޅު ގޮތަކީ، ބޭރުގައި އުޅޭ މީހުންނާއި ދަރިވަރުންގެ ކާޑު ލިމިޓުތަކަށް ބަދަލެއް އައިސްފައި ނެތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގު
02 July 2025
އަހަރެމެން މުސާރަ އަށް ލިބެނީ 4465 އެލަވަންސާ އެކު 8 ހާސް ރުފިޔާ އޭގެން %7 ޕެންޝަން ފަންޑަށް އަދި ޖީއެސްޓީ %8 މިހާރު އަމިއްލަ ބޭނުމަށް އަގުހެޔޮކޮށް ގަންނަ މުދަލުން %30 ، މިހާރު މުސާރަ އިގެ %45 އެބަޖެ ޓެސް ދައްކަން
ފަނޑިޔާރު
02 July 2025
އެއްމެ ފަހުން ވެސް އެއާރ ޕޯރޓުން 25 ބީއެމްއެލް ކާރޑް ހިފައިގެން މެލޭޝިއާ އަށް ގޮސްފައި އެތަނުން ޑޮލަރު ނަގާގެން މާލެއައީ ޕޮލިސް ގެސް ސަބް އިނިސްޕެކްޓަރ އެކެވެ. އަދި އަންނަމުން ވޭޕްވެސް އެތެރެ ކުރިއެވެ.އޭނާގެ މައްސަލަ މިހާރު ދަނީ ޕޮލިސް އެތެރެއިން ބަލަމުންނެވެ. މި ރާއްޖޭގައި ގަވާއިދެއް އޮތިއްޔާ ޕޮލިސް މީހުން މިގުރާލާނެވެ. ޑޮލަރު ރައްޖޭއިން ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ލުއިކޮށް ދިނީމަވެސް އޭގެ ނާޖާއިޒް ފައިދާ ޕޮލިހުން ނަގަނީއެވެ.
ސަރގް
02 July 2025
ބޭރުގައި އުޅެނީ މާލޭ ގެދޮރުވެރިން އެމީހުން ގެދޮރުގެ ކުލިން ސަރުކާރަށް ޓެކްސް ކިތައްރުފިޔާދޭތަ، މީތިބަލައެއް ނުގަނެވޭ
ކުދިން
02 July 2025
ރާއްޖެއިން ބޭރުގައި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން އެބަ އުޅޭ، އޭގެތެރޭގަވެސް ގިނަ ވާނީ ލޯނެއްގެ ދަށުން ނޫނީ އާދައިގެ މައިންބަފައިން ބުރަ މަސައްކަތްކޮށްގެން އެމީހުންގެ ދަރިންނަށް ތައުލީމުހޯދަން ފޮނުވާފަތިބި ދަރިވަރުން. މާލޭ ގެދޮރުހުރި މުއްސަނދިންނަކަށް ބީއެމްއެލްގެ ތިޔަ 750ޑޮލަރެއް މުހިއްމެއް ނުވާނެ. އެކަމު މި ދަރިވަރުން ވަރަށް މުހިއްމުވާނެ.
ސޯބެ
01 July 2025
ބޭރުގައި ދިރިއުޅޭމީހުން ބޮޑާ ހާކާލާއިރަށް އެ މީހުންނަށް ހުރިހާ މޮޅެއް. ރާއްޖޭގައި ޓެކްސް ދައްކަ ދައްކަތިބޭ މީހުން ނިކަމެތި ހާލެއްގައި
ކަލޫ
01 July 2025
ބޭރުގަ އުޅެނީ މުއްސަނދިންނޭ.
ސަލީމް ސ
01 July 2025
ބޭރުގައި ދިރިއުޅޭ މީހުންނަށް މުއްސަދިންނަށް ހުރިހާ މޮޅެއް.
އިންތިޚާބް
01 July 2025
ކުރުގޮތަކަށް ތިބުނީ މުއްސަދިންނަށް މޮޅުގޮތް ހޯދަދެންށޭ ނިކަމެތިން ޓެމޫއިން ގެންނައެއްޗެހިން އަގުބޮޑުކުރީ...
ދައިގަންނަގުރާ
01 July 2025
އެހެންވީމަ މަ އައްޑުއަށް ބަދަލުވީ މި. އިބްރާހިމު މުޙައްމަދު ޞާލިހު ބުނީ އެއި ރާއްޖެއާ ތަންކޮޅެއް ދުރުގައި އޮންނަ ތަނެކޯ!
އާވައްތަރެއްގެ މިނިވަންކަމެއް ދެއްތޮ؟
01 July 2025
ޑޮލަރު އެކައުންޓްގަ ހުއްޓަސް ނުނެގޭ، ސަޅި.
ރަންނަ
01 July 2025
މާނައީ، މިގައުމަށް ޓެކްސް ނުދައްކާ ވަންނަހާ ހުރިހާ ޑޮލަރެއްވެސް ގައުމުން ބޭރުކުރާ މީހުންނަށް ލިބޭ އިނާޔަތްތައް ގިނައޭ މިތާ ގަނޑެތެޅޭ މީހުންނަށްވުރެން
ތިކަމާނޫޅޭ
01 July 2025
ކިތަންމެ ވަރަކަށް ގޭސްއެނބުރިޔަސް ދެން ތިބޭންކު އަހަރެމެންގެ ފުރަތަމަ ޗޮއިސްއަކަށް ނުވާނެ