ރިޕޯޓް

ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް، ހިފަހައްޓާލެވިދާނެތަ؟

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރު--

މި ސަރުކާރުން ފަހުރުވެރިކަމާ އެކު ދައްކާ ކޮވިޑް-19 އިގެ ދުވަސްވަރު ދިވެހިން ކާޑާއި ތެލަށް ނުޖެހި ބޭހުގެ ތާށިކަމެއް ނާރުވައި، ސަރުކާރާއެކު އެންމެ ކައިރިން އަދި އެންމެ ގަދައަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އެސްޓީއޯ ހިންގަން ހުންނެވި އަދި 2018 ގައި އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލުމުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ހުސެއިން އަމްރު އެވެ.

އޭނާ އެސްޓީއޯ އިން ވަކިކޮށް ސަރުކާރު ބޭރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖުބޫރުވީ ސަރުކާރުން ބުނާ ގޮތަށް "ހިންގުން ހަރުދަނާ ކުރަން" ނޫން ކަން އެންމެންނަށް ވެސް އެނގެ އެވެ.

އަސްލު މައްސަލައަކީ ސަރުކާރުގެ އެހާ ބާރުގަދަ ކުންފުންޏެއްގެ އެހާ ނުފޫޒުގަދަ މަގާމެއްގައި ހުންނަވައިގެން އަމްރު ސަރުކާރާ ދެކޮޅު ހަރަކާތެއްގެ ވެސް ކުރީގައި ހުންނެވުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް ދެވަނަ ދައުރަކަށް އިންތިހާބު ނުވެ ފެއިލް ކޮށްލެވޭނެ ހުރިހާ ގޮތެއް ހޯދަމުން އަންނަ "ފިކުރެއްގެ ދިރުން" ފެކްޝަން ހިންގާލަން އަމްރު މަސައްކަތް ކުރެއްވުމެވެ. އެންމެ ފަހުން ޖުމްހޫރީ ޕާޓީއާ އެކު ނަޝީދު ފެކްޝަނުން ގުޅިގެން މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަސައްކަތުގެ މަޝްވަރާ އަށް އަމްރު ވެސް މ. ކުނޫޒަށް ވަޑައިގެންނެވުމެވެ.

ސަރުކާރުގެ ބާރުގަދަ ކުންފުންޏެއްގެ ވެރިއަކު ސަރުކާރު ކޯލިޝަންގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީއާ އެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނުކުންނެވުމަކީ ސަރުކާރަށް އެންމެ ތަދުވާ ތަނުގައި "ވިހެލުން" ކަހަލަ ކަމެކެވެ. ރައީސް އެކަން އެއްގޮތަކަށް ވެސް ޓޮލަރޭޓް ނުކުރައްވައި ނިންމެވީ ވަގުތުން އަމްރު ބޭރު ކުރުމަށެވެ.

އެހެން ނަމަވެސް ރައީސްގެ އެ ނިންމުމާ އެކު ވެސް ޖޭޕީން ފިކުރެއްގެ ދިރުން ފެކްޝަނާ އެކު އަދިވެސް މަޝްވަރާތައް ކުރެ އެވެ. އެހެންވެ މިހާރު ދެކެވޭ އެއް ވާހަކައަކީ އެ އަމުރު ތަންފީޒު ކުރަންޖެހޭ ކިތައް މީހުން ސަރުކާރު ތެރޭގައި އެބަތިބި ހެއްޔޭ އެވެ؟

އެމްޑީޕީގެ 40 ޕަސެންޓް ވެސް ބެހިފައި!

ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީބައިގައި ސަރުކާރު ބައި އަޅާނެ ގޮތުގެ ހިސާބެއް ލިޔުއްވައި ފަސް އަހަރު އެކަން ތަންފީޒު ކުރަން އެއްބަސްވެވަޑައިގެންނެވެ. އޭގައި އޮތް ގޮތުން ނަމަ މި ވަގުތު ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތައް ހިމެނޭ ގޮތަށް 25 ޕަސެންޓް މަގާމުތަކުގައި ތިއްބެވީ ޖުމްހޫރީ ޕާޓީގެ މެންބަރުންނެވެ. އަދި 20 ޕަސެންޓުގެ ހިއްސާ އެމްއާރްއެމް އަށް އަދި 15 ޕަސެންޓު އޮތީ އަދާލަތު ޕާޓީއަށް ދީފަ އެވެ.

މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން އަށް ވަޒީރު ކަމުގެ ލިޔުންކޮޅު އަރުވަނީ -- ފައިލް ފޮޓޯ

މީގެ ތެރެއިން އެމްޑީޕީ އަށް ހާއްސަ ކޮށްފައި އޮތީ ސަރުކާރުގެ 40 ޕަސެންޓް މަގާމުތަކެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އެ 40 ޕަސެންޓުގެ ތެރެއިން ވެސް އެއް ބައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނަށް އެބަ ވަދެގެންދެ އެވެ.

"ސިޔާސީ ވަޒީފާތަކުގައި ނުވަތަ ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ އެ ވަޒީފާތަކުގެ ނިސްބަތުން 15-20 ޕަސެންޓް މީސްކޮޅެއް ފިޔަވައި ރައީސް ސޯލިހަށް ތެދުވެރި ސަޕޯޓެއް ކުރާނެ އެހެން މީހަކު ރަށު ތެރެއިން ހަމަހިލާ ނުފެނޭ،" އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މީގެ ދެ ދުވަސްކުރިން ވައްޑޭ ކުރެއްވި ޓުވީޓެއް

އެކަމުގެ ތަފްސީލަށް ވަޑައިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 1400 ސިޔާސީ ވަޒީފާ އުފައްދަވާފައިވާ އިރު އެމަނިކުފާނުގެ ދިފާއުގައި ސޯޝަލް މީޑިއާ ތެރޭގައި ބަހެއް ބުނަނީ ދެތިން މީހުންނެވެ.

އެގޮތަށް ވަޒީފާ ދިން މީހުންގެ ތެރެއިން މި ވަގުތަށް ވަކި އެއްޗެއް ވިދާޅު ނުވެ "ސައިލެންޓު" ކޮށް ނަޝީދަށް ތާއީދު ކުރާ އެތައް ބަޔަކު ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމްރު ވަކި ކުރި ގޮތަށް ރައީސަށް ތާއީދު ނުކުރާ ނުވަތަ އެމަނިކުފާނަށް ކެމްޕެއިން ނުކޮށްދޭ އެންމެން ވަކި ކުރަން ވެއްޖިއްއާ ވާ ގެއްލުން ބޮޑު ވާނެ،" ވައްޑޭ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު-- ފައިލް ފޮޓޯ: މިހާރު

ވެރިކަމުގެ އެންމެ ފަހު ދުވަސްތަކަށް އައިއިރު ސަރުކާރުގެ 40 ޕަސެންޓު އޮތް އެމްޑީޕީގެ އެތެރެ އޮތީ ދެބައިވެފަ އެވެ. ސިޔާސީ މަގާމުތަކުގައި ތިބި އެކްޓިވިސްޓުންނާއި ބައެއް އިސް މަގާމުތަކުގައި ވެސް ސަރުކާރާ ދެކޮޅު މީހުން އެބަތިއްބެވެ.

ވައްޑޭ ވިދާޅުވި ގޮތުގައި އިންތިހާބާ މިހާ ކައިރިވެފައި ވަނިކޮށް ސަރުކާރު "ނުހިންގޭތީ" ކަމަށް ބުނެ މީހުން ވަކި ކުރަން ފަށައިފި ނަމަ އެ މީހުންގެ ރުޅިގަނޑު ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް އަންނާނެ އެވެ.

"އެހެން ސައިލެންޓުކޮށް ތިބި ބޭފުޅުން ވަޒީފާގައި ތިއްބާ މަގުމަތިކޮށްލައި ކަނޑާލައި ރުޅި އަރުވާލައިފިއްޔާ ކޮންމެ މީހެއްގެ ސަބަބުން ރައީސް ސޯލިހަށް ޑެމޭޖު ވާނެ. އިންތިހާބެއްގެ ވަގުތު ކުޑަތަންވާއިރު ގިނަ ބަޔަކު ރުޅިއެރުވުމަކީ އެއީ ކުރަންވާނެ ކަމެއް ނޫން،" ވައްޑޭ ވިދާޅުވި އެވެ.

އެމްޑީޕީގެ 40 ޕަސެންޓުން އެއް ބަޔާއި ސަރުކާރު ތެރެއިން ޖޭޕީގެ 25 ޕަސެންޓު ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ ނަމަ އެ އެންމެން ވަކި ކުރުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އޭގެ ސަބަބުން އެމްޑީއޭ އަދި އަދާލަތު އެކަނި ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެމަނިކުފާނަށް އޮތީ އަދިވެސް ޖުމްހޫރީ ޕާޓީ އާ ވާހަކަ ދައްކަން މަޖުބޫރުވެފަ އެވެ.

"ރައީސް ނަޝީދާ ގާސިމް އާ ވެސް ނުލައި ކާމިޔާބު ވާނޭ ވިދާޅުވަނީ. އެކަމަކު އަދިވެސް ގާސިމްގެ ފަހަތުން ދުވޭ، ނަޝީދު ނޫން އެހެން ވާހަކައެއް އެ ބޭފުޅުންނަކަށް ނުދެއްކޭ،" އޭނާ ވިދާޅުވި އެވެ.

މުޅި ސަރުކާރުގެ ތެރޭ "ފަނިފަކުސަ"!

ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ތެރޭގައި އޮތީ ސަރުކާރާ ދެކޮޅު ރޫހެކެވެ. އެ ޕާޓީން ވަނީ ރައީސް އާއެކު ކޯލިޝަނެއް ނުހަދައި ރިޔާސީ އިންތިހާބަށް ވަކިން ވާދަ ކުރަން ނިންމައިފަ އެވެ.

އެހެން ނަމަވެސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އަދިވެސް ގެންދަވަނީ ގާސިމް އަރިހަށް މަންދޫބުން ފޮނުއްވައިގެން އެމަނިކުފާނުގެ ވިސްނުން ބަދަލު ކުރެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި ގާސިމް އެމަނިކުފާނުގެ ފަހަތަށް އެރުމަކީ ދެން ވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އަދި ދެވަނަ ދައުރަކަށް އިންތިހާބު ވާން ވެސް ފަސޭހަ ގޮތެވެ.

އެހެން ނަމަވެސް ގާސިމްގެ ނިންމުން މިހާރު އޮތް ގޮތަށް އޮވެއްޖެ ނަމަ ދެން ސަރުކާރުގެ ތެރޭގައި ޖުމްހޫރީ ޕާޓީ ސްލޮޓުތަކަށް ހަދާނީ ކިހިނެއްތޯ މިއީ ރައީސް ވެސް ގާސިމް އަރިހުގައި ދަންނަވާފައި އޮތް ސުވާލެކެވެ.

"ގަބޫލު ކުރަންވާނެ ހިޔާލު ތަފާތުވާ ބައެއް، ޑިޒިޝަންތަކެއް ނަގާއިރު ތިބޭ ކަމަށް ވާނަމަ އެކަމެއް އެގޮތަކަށް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ ކޮންމެ ޕާޓީއަކުން ކެންޑިޑޭޓަކު ނެރޭ ކަމަށްވަންޏާ އޭގެ މާނައަކީ ކެމްޕެއިން ކުރިޔަށް ދާއިރު ހިޔާލު ތަފާތުވުންތައް އޮންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޯލިޝަންގެ ތެރެއިން ސަރުކާރުގެ ސްލޮޓެއްގައި ހުންނެވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކޯލިޝަން އެއްބަސްވުން ފަސް އަހަރުގެ މުއްދަތަކަށް ހަދާފައި އޮތުމުން މި އަހަރު ނޮވެމްބަރު 17 އާ ހަމައަށް ޕާޓީތަކުގެ އެއްވެސް މީހަކު ވަކި ކޮށްގެން ނުވާނެ އެވެ.

ކޯލިޝަން އެއްބަސްވުމަށް އިހްތިރާމް ކުރާނެ ކަމަށް އެމަނިކުފާނު ވައުދުވެފައިވާ އިރު އެ ސްލޮޓުތަކުގައި ތިބި މީހުން ވެސް ފަހު ގަޑީ އެއްބާރުލުން ނުދޭނެ ކަމަށް ދެކުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ދެކެ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އެތައް ކަމެއް ހިފަހައްޓާލައި ހުއްޓުވަން ޕާޓީތަކުގެ ސްލޮޓުތަކުގައި ތިބި މީހުންނަށް ފުރުސަތު އޮތް. އެކަމަކު އެކަން އެގޮތަކަށް ނޫން ކުރީ. މިއަދު ކުއްލިއަކަށް ސްލޮޓުތަކުގައި ތިބި މީހުން ސަރުކާރާ ދެކޮޅު ވާނެ ކަމަށް ބަލާފައި ވަކި ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ސަރުކާރަށް ވެސް މާ ގިނަ އޮޕްޝަންތަކެއް ނެތެވެ. މިސާލަކަށް މި ވަގުތު ސަރުކާރު އޮތް ގޮތުން އެންމެ ބާރުގަދަ މިނިސްޓްރީތައް އޮތީ ޖުމްހޫރީ ޕާޓީ އަތުގަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރާއި ޓޫރިޒަަމް މިނިސްޓަރު އަދި ފިޝަރީޒް މިނިސްޓަރަކީ ވެސް އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ.

ސަރުކާރުގެ ތެރޭގައި ތިބެގެން ފަނިފަކުސާ އަޅުވައިގެން މަޝްރޫއުތަކަށް ހުރަސް އަޅައި ސަރުކާރު ސްލޯ ކުރަން ފުރުސަތު ދީގެން ދެނެއް ނުތިބޭނަން. މަގާމުގައި ހުންނަން ބޭނުންވާނަމަ ޖެހޭނީ ކޯލިޝަނާ ވެސް ގުޅެން. އެ ނޫނީ ވަކި ނުކުރެވޭނެ އެއް ގޮތެއް ވެސް ނެތް -- މެންބަރެއް

ޖޭޕީން ވަކިން ވާދަ ކުރަން ނިންމައިފި ނަމަ ދެން ރައީސްގެ ވެރިކަމުގެ އެންމެ މުހިންމު ވަގުތުކޮޅު މަޝްރޫއުތައް އަވަސް ކުރުމާއި އާ ރޭވުންތައް ރާވައި ބޮޑެތި ކަންކަން ނިންމާނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. ކެބިނެޓުގައި ދެއްވާ ލަފާތަކަށް އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރާ މިނިސްޓަރު އަމަލު ކުރައްވާނެ ހެއްޔެވެ؟ ރައީސްގެ ފަރާތުން ވެސް އުފައްދަނީ އެ ސުވާލެވެ.

"ސަރުކާރުގެ ތެރޭގައި ތިބެގެން ފަނިފަކުސާ އަޅުވައިގެން މަޝްރޫއުތަކަށް ހުރަސް އަޅައި ސަރުކާރު ސްލޯ ކުރަން ފުރުސަތު ދީގެން ދެނެއް ނުތިބޭނަން. މަގާމުގައި ހުންނަން ބޭނުންވާނަމަ ޖެހޭނީ ކޯލިޝަނާ ވެސް ގުޅެން. އެ ނޫނީ ވަކި ނުކުރެވޭނެ އެއް ގޮތެއް ވެސް ނެތް،" ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރަކު މިހާރަށް ވިދާޅުވި އެވެ.

ރައީސަށް އޮތީ ކޮން ގޮތެއް؟

ހަގީގަތަކީ މިއީ މީގެ ކުރިން އަދި ދިމާނުވާ ހާލަތެކެވެ. މިހާތަނަކަށް އެއްވެސް ކޯލިޝަނެއް މިހާ ދުވަހު ހިފަހައްޓާ ނުލައި އޮތުމުން ރިޔާސީ އިންތިހާބާ ހަމައަށް އައިއިރު މިއޮތީ މުޅިން އާ ހާލަތެއް ކުރިމަތިވެފަ އެވެ. މިއީ، ރާއްޖޭގެ ތާރީހުގައި ވެސް މިކަހަލަ ކަމެއް ދިމާވި ފުރަތަމަ ފަހަރެވެ. ކޯލިޝަނެއްގެ ތެރޭގައި ތިބެ، އަދި ސަރުކާރުގެ ތެރޭގައި ގުޅިގެން އެކި ކެނޑިޑޭޓުންނާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނުކުންނާނީ ކިހިނެއް ހެއްޔެވެ؟

މިހާރު އޮތް އެއްބަސްވުން ބުނާ ގޮތުން ފަސް އަހަރުގެ ދައުރު ނިމެންދެން އެ އެއްބަސްވުން ދެމި އޮންނާނެ އެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން ވިދާޅުވާ ގޮތުން ނަމަ އެ އެއްބަސްވުމަށް ގާނޫނީ ބާރެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެއީ ކޮންމެހެން އަމަލު ކުރުން ލާޒިމް އެއްޗެއް ނޫނެވެ.

އަނެއްބައި މެންބަރުން ވިދާޅު ވަނީ ޖުމްހޫރީ ޕާޓީ ނުވަތަ އެމްއާރްއެމް އިން ސަރުކާރުގައި ތިބެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމާ ދުވަހު އޭގެ ޒާތުގައި ކޯލިޝަން ރޫޅުނީ އެވެ. އެހެންވެ އެ އެއްބަސްވުމަށް އިތުރަށް އަމަލު ކުރާކަށް ނުޖެހެ އެވެ.

އެހެން ނަމަވެސް މީގެ އަނެއްކޮޅަށް ބަލާއިރު ވެރިކަމުގެ ފަހު ދުވަސްކޮޅު ގިނަ އަދަދެއްގެ ބަޔަކު ސަރުކާރުން ކަނޑާލުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ ސިޔާސީ ގޮތުން ވެސް ރައީސަށް ވެސް ގެއްލުން ވާނެ ކެމެކެވެ. އަނެއްކޮޅުން، އެހާ ކުޑަ ދުވަސްކޮޅަކަށް އެ މަގާމުތަކަށް މީހުން ހަމަޖައްސައި، ވުޒާރާތަކާއި ކުންފުނިތައް ހިންގުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ މަގާމުތަކަށް މީހުން ހޯދުމަކީ ވެސް ގޮންޖެހުމަކަށް ވާނެ އެވެ.

ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި މިހާރު މި އޮތް ހާލަތުން ކޯލިޝަނާ އެކު ވެސް، އަދި ކޯލިޝަނާ ނުލައި ވެސް ސަރުކާރު ހިންގޭކަށް ނެތެވެ. މަގާމުގައި ތިބެ ސަރުކާރާ ދެކޮޅަށް ނުކުތުމުން މީގެ ކުރިން ރައީސް އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހުންނެވުމުގެ ސަބަބުން މިއަދު އޮތީ ހަތަރު އަނގޮޅިއަކަށް ފެތިފަ އެވެ.

ދެން އޮތް ގޮތަކީ އަދިވެސް މަޝްވަރާ ކޮށްގެން އެއްގަލަކަށް އެރުވޭތޯ މަސައްކަތް ކުރުމެވެ. އެއްބުރުން ކާމިޔާބު ކުރެވޭނޭ ވިދާޅުވުމަށް ފަހު އަދިވެސް އެ މަޝްވަރާތައް ކުރައްވަނީ އެހެންވެ އެވެ.

65 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 8%
icon angry icon angry 54%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޡާހިރު

02 June 2023

މިސަރުކާރިން މ.ޑ.ޕ ގެސަޕޯޓަރުއްނައް ދިނީދޯކާ.

The name is already taken The name is available. Register?

ކުޑަކަތީބު

30 March 2023

ކޯލިޝަން ބައިވެ، ޕާޓީ ބައިވުމަކީ ވެރިކަމުގައި ހުރި މީހާގެ ނާޤާބިލުކަން! ކާރީގެތިބި ކުޅަދުރުތައް ފޮނިބޮއިލާއިގެން އެތިބީ އަތްޖަހާލަ ޖަހާލާ!

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހަ

29 March 2023

އެ އުޅޭ ގާސިމްބެ ހައްދައިގެންވެސް މި ވެރިކަން ވައްޓާލެވޭތޯ އެ އުޅެނީ. މި ޤައުމުގެ ވެރިކަން ގާސިިމް އިބްރާހީމަށް ދުވަހަކުވެސް ނުލިބޭނެ އިރާދުކުރެއްވީޔާ. ރަނގަޅީ ކާކުކަން މޮޅަށް ދެނެވޮޑިގެން ވާނީ ﷲ. ޔަގީނުންވެސް ގާސިމަކީ ރަނގަޅު މީހެއް ނޫން. އެހެންނަމަ ޓެކުހަށް މަކަރެއް ނުހަދާނެ. ހިހޫތަނުން ކާކަށް ނޫޅޭނެ.

The name is already taken The name is available. Register?

ގަހަރުލާދާ

29 March 2023

އަހުން ހީކުރީ ސަރުކާރެއްގެ ކޯލިޝަނެއްގައި ބައިވެރިވެގެން މިނިސްޓަރުކަމާ ސްޓޭޓް މިނިސްޓަރުކަމާ އެމްޑީކަން ކުރަން ނުކުންނަ މީހަކު ވެއްޖެއާ ހުންނާނީ ޙާލަތުއްޒަރޫރާއާއި ކޮންފްލިކްޓް އޮފް އިންޓަރެސްޓް ފަދަ ބަސްތަކުގެ ލުޣަވީ މާނައާއި މަފްހޫމްތައް އެނގިފައެވެ. ކޮންފްލިކްޓް އޮފް އިންޓަރެސްޓް އުފެދިއްޖެކަން ތިޔަބުނާ މިނިސްޓަރުންނަށް ނޭނގެނީ ބާވައެވެ؟ އެހިނދުން ކަންކުރަން އޮންނަ ގޮތަކީ ކޮބާކަން ޕީއެޗްޑީ ނަގާފަ ތިބި މިނިސްޓަރުނަށް ނޭނގުމަކީ ލަދުވެތިކަމެކެވެ

The name is already taken The name is available. Register?

ޤަމަރުގިރު

29 March 2023

މިދައްލަކނީ ކޮންވާހަކައެއްތަ. ކޯލިޝަނުން އެމްޑީޕީއަށް ލިބިފައިއޮތް ބައިން އަމްރުއަށް ދިންވަޒީފާ ވަކިކޮށްފައި އެ މަޤާމް ކޮށީގެ ސައިދަށް ދިނީމާ އެދެވުނީ އެމްޑީޕީ މީހަކަށް ކަމުގައި ނުވަނީތަ. އެސައީދަކީ އަދުރޭ ޕާޓީ މީހަކަށް މިލިއުންތެރިޔާ އަށއ ހީކުރެވެނީތަ.

The name is already taken The name is available. Register?

އިޙްސާސް..

29 March 2023

މިނިސްޓަރުން ރައީސުލް ޖުމްހޫރިއްޔާއަށް ނުކިޔަމަންތެރިވާނަމަ ކޯލިޝަން އެއްބަސްވުމާ ހަމަ ހިލާފުވީ ދެން ވަކި ކުރަން ޖެހޭނީ..

The name is already taken The name is available. Register?

ވަހީދުބޭބެ

29 March 2023

2 ވަނަ ދައުރަކަށް ވިސްނާ ހިސާބުން ގޯސްވާނެ.

The name is already taken The name is available. Register?

ނިލިސް

29 March 2023

ރައީސް ވެރިކަމަށް ކުރިމަތިލައިފަ އަދި މިނިސްޓަރަކުވެސް ވެރިކަމަށް ކުރިމަތިލާ ކެމްޕެއިންކުރާ އިރު މަސްލަހަތު ފުށުއަރާނެ. ރީތި ގޮތަކީ ސަރުކާރާ ދުރުވެ، ވަކިން މަސައްކަތްކުރުން.

The name is already taken The name is available. Register?

ދ‫ުރުދުމީ

29 March 2023

‫ސަރުކާރުގެ ބައެއް އޮފީސްތަކުގަ ތިބިވެރިން ސަރުކާރާއި ދޭތެރޭ މީހުން ނަފުރަތު އުފައްދާ ރުޅިއެރުވުމުގެ މަސައްކަތް ދުރާލާއި ރޭވިގެން ވަރަށް ރޭވުންތެރިކަމާއި އެކު މިހާރުވަނީ ފަށާފަ ރަމަޟާން މަހަކީ ހުރިހާ ގޮތަކުންވެސް އެއްމެ ޚަރަދުބޮޑު މަހަށްވާއިރު މިމަހުގައި މުޥައްޒަފުންނަށް ދަތިކޮށް ރުޅިއެރުވުމުގެ ބޭނުމުގައި މުޥައްޒަފުންގެ އިތުރުގަޑިމިވަނީ ކަނޑާފައި އެއީ އެމުޥައްޒަފުންނާއި ޢާއިލާއަށްދެވޭ ކިހާބޮޑު އަނިޔާއެއް ޕަބްލިކް ވަރކްސް އަކީ އޭގެ އެއްމެ އިސްދައުރެއް އަދާކުރާ އެއްތަން

The name is already taken The name is available. Register?

ކޮންޑިމޮކްރަސީ

29 March 2023

ރައީސްގެ ނިންމުން ރަނގަޅު. ރައީސް އައްޔަންކޮށްފައި ތިބޭ ބަޔަކު ރައީސަށް ވަފާތެރި ނުވާނަމަ ހަމަ ވަކިކުރަން ޖެހޭނެ. ދެން އޮތީ ޑިމޮކްރަސީގެ ބައްޕައާއި ވައްޑެމެން ކަހަލަ ނަމުން ޑިމޮކްރަސީ މީހުންގެ ވާހަކަ. ވޯޓަކުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުނީމާ ފާޑުފާޑުގެ ބަހަނާ ދައްކައިގެން، ޕާޓީ ކެންޑިޑޭޓަށް ދެކޮޅަށް މަސައްކަތް ކުރަނީ ހަމަ ހުދުމުހުތާރުކަމުން. އަމިއްލަ އެދުން ބޮޑުކަމުން. ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތީމަަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454