28 މާޗް 2023 - 12:20
އެމެރިކާގެ އިރު ދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ޓެނެސީގެ ވެރިރަށް ނޭޝްވިލްގައި ހުރި ކްރިސްޓިއަން ދީން ކިޔަވައިދޭ ޕްރައިމަރީ ސްކޫލެއްގެ ތެރެއަށް، ހަތިޔާރު އަޅައިގެން ހުރި މީހަކު އިއްޔެ ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި، އެ ސްކޫލްގެ ތިން ދަރިވަރަކާއި ތިން މުވައްޒަފަކު މަރާލައިފި އެވެ.
އިއްޔެ ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށް ދަނިކޮށް، ހަތިޔާރު އަޅައިގެން ހުރެ އެ ސްކޫލްގެ ތެރެއަށް ވަދެ ހަމަލާ ދިނީ، ކުރިން އެ ސްކޫލްގައި ކިޔެވި، މިހާރު އުމުރުން 28 އަހަރުގެ، އައުޑްރޭ ހޭލް ހިޔާ އަންހެނެކެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެ ސްކޫލްގެ ތެރެއަށް ވަދެ، ބަދަލުކުރި ހަމަލާތަކުގައި، ހޭލް ވަނީ މަރާލައިފަ އެވެ.
ޕްރީ ސްކޫލް މަރުހަލާ އިން ފެށިގެން ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭ އެ ސްކޫލް ތެރޭގައި ދިން މި ހަމަލާގައި މަރުވި ތިން ކުދިންނަކީ އުމުރުން އެންމެ ނުވަ އަހަރުގެ ދެ ކުއްޖަކާއި އަށް އަހަރުގެ ކުއްޖެކެވެ. އަދި މަރުވި ތިން މީހުންގެ ތެރެއިން އެކަކީ ސްކޫލްގެ ހެޑްމިސްޓްރެސް، ކެތެރީން ކޫންޗް، 60 އެވެ. މަރުވި އަނެއް ދެ މީހުންނަކީ އުމުރުން 61 އަހަރުގެ މަސައްކަތު ފިރިހެނަކާއި ބަދަލު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ، 61 އަހަރުގެ އަންހެނެކެވެ.
BREAKING: *Sensitive Content*
— Collin Rugg (@CollinRugg) March 28, 2023
Security footage released showing transgender Nashville shooter Audrey Hale driving & shooting her way into the school building.pic.twitter.com/HiivhcXd2r
ނޭޝްވިލްގެ ފުލުހުން ބުނި ގޮތުގައި ހޭލް އެ ސްކޫލްގެ ތެރެއަށް ވަނީ އޮޓަމެޓިކް ދެ ރައިފަލާއި ފިސްތޯލައެއް ހިފައިގެންނެވެ. އޭގެ އިތުރުން އޭނާގެ އަތުގައި ސްކޫލްގެ ޗާޓެއް ވެސް އޮތުމުން، މިއީ ދުރާލައި ރާވައިގެން އޭނާ ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މި ހަމަލާ ދިނުމުގެ މަގްސަދަކީ ކޮބައިކަން ނޭނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އާންމުކުރި ސީސީޓީވީ މަންޒަރުން ފެންނަ ގޮތުގައި ހޭލް އެ ސްކޫލްގެ ތެރެއަށް ވަދެގެން ދަނީ ކަޅު ކުލައިގެ ވޭންއެއްގަ އެވެ. ވޭން ޕާކް ކުރުމަށް ފަހު ސްކޫލްގެ އިމާރާތަށް އޭނާ ވަނީ، ވަލުފަރާތު ދޮރަށް ބަޑި ޖަހައި ބިއްލޫރިތައް ތަޅާލައިގެންނެވެ.
ގާތްގަނޑަކަށް 200 ދަރިވަރުން ކިޔަވަމުން އައި އެ ސްކޫލްގެ ތެރެއަށް، ހަތިޔާރާ އެކު ހޭލް ވަދެ، ކުދިންނަށާއި މީހުންނަށް ހަމަލާ ދިނީ، އެ ސްކޫލްގެ ލޮބީއެއްގެ ގޮތުގައި އޮންނަ ހުސް ޖާގައެއްގަ އެވެ. އޭރު ވަރަށް މަދު ދަރިވަރަކު ނޫނީ ހުރިހާ ދަރިވަރުން ވެސް ތިބީ ކްލާސްތަކުގައި ކަމަށް ވިޔަސް، ހޭލް އެއްވެސް ކްލާހަކަށް ނުވަދެ އެވެ.
ބަޑި ޖެހުމުގެ ހާދިސާ ހިނގުމާއެކު ފުލުހުން އެ ސްކޫލަށް ވަނުމުން، ހޭލް ފުލުހުންނަށް ވެސް ހަމަލާ ދިނެވެ. ދެ ފަރާތުގެ މެދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރުމަށް ފަހު، ފުލުހުންގެ ހަމަލާއެއްގައި ހޭލް މަރުވީ އެވެ. އެއަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން ސްކޫލްގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން އެ ތަނުން ނެރެ، ކައިރީގައި ހުރި ފައްޅިއަކަށް ގެންދިޔަ އެވެ. އަދި އެ ސްކޫލްގައި ވަށައިގެންވާ ޖަންގަލި ސަރަހައްދާއި، ކައިރީގައި ހުރި އެހެން އިމާރާތްތައް ބަލައި، އެ ހަމަލާގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ނުވަތަ ނެތްތޯ ބެލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސްމަތު
29 March 2023
ބަޔެއްގެ ހައްގަ އަރައިގަނެފަ ތިމާ އަކަށް ވަކި ހިތްހަމަ ޖެހިގެން ނޫޅެވޭނެ ކަމުގެ ހެކި މި ފެންނަނީ...
އެމެރިކާނޯސް
29 March 2023
މުސްލިމު ހުރިހާ ބިމަކަށް އަރާ ފިތުނަ އުފައްދާފަ ހަމަޖެހިގެން ތިބެވިދާނެކަމަށް އުންމީދު ނުކުރައްވާ
ގަބުރިސްތާނު
28 March 2023
ހަބަރުތަކައް އަރާވާހަކަ ތާ އިވޭނީ! އެމެރިކާގައި މުސަޅެއް މަރުވިޔަސް ހަބަރުގަ ގޮވާ ލާނެ، އެކަމު އިއްޔެވެސް 300 މީހުން މަރުވި ބޮމެއްގެ ވާހަކަ ނުލިޔާނެ، ސަބަބަކީ އެއީ އިސްތާނު ގައުމެއްގަ ވީމަ!
ރަދީފްއޮފިޝަލް
28 March 2023
އެމެރިކާގަ “ބަޑި ގެންގުޅުމުގެ ގާނޫނު” އަށް ބޮޑެތި ބަދަލު ގެންނަން ޖެހޭކަން މި ހާދިސާއިން ހާމަވޭ.
ކީއްވެބާ ނެތީ
28 March 2023
މިއީ ޖިންސް ބަދަލުކޮށްގެން.އުޅޭ މީހެއް. އަސްލު ފިރިހެނެއް. އެކަމަކު އަންހެނަކަށް ވެގެން އުޅެނީ.
ކަލާސް
28 March 2023
އެއީ ބަޑި ޖެހުމެއް. ހައްދުފަނަހަ އެޅިކަމަށްވީހީ މުސްލިމަކު ކުރިނަމަ.
ހައިރާންވޭ
28 March 2023
"ހޭލް" ކުރިކަމަކަށް ވީމަ ތި ނުވާނެ ޓެރަރިސްޓް ހަމަލާއަކަށް. އެކަމަކު "ހަލީލު" ކިޔާ މީހަކު ދިން ހަމަލާއެއް ނަމަ ވާނީ ޓެރަރިސްޓް ހަމަލާއަކަށް. އަދި ހުރިހާ މުސްލިމުންގެ ސިފައަކަށް. މި ޒަމާނުގެ "ޒަމާނީ" މުސްލިމުންނަށް ފަރަންޖީންގެ މުނާފިގުކަން ނޭނގޭތީ ނުވަތަ ނޭނގޭކަމަށް ހެދޭތީ ހައިރާންވޭ!
ވަހީދުބ
28 March 2023
ހަމަލާއާ މެދު އުފާނުކުރަން. އެކަމަކު އެމެރިކާއިންދޭ ހަތިޔާރުން ކުށެއް ނެތް ފަލަސްތީން ރައްޔިތުން މަރަމުންދާއިރު ކަލަކުވާކަމާއި ތިމާމެންގެ ގައުމަށް ވަކި ރައްކަލެއް ނޯންނާނެކަން ގަބޫލު ކުރަން ޖެހޭ
ފަގުޑި
28 March 2023
ވަހީދުބެޔެކޭ އިހުޒަމާނުގެ ޖަންގަލީ ޖާހިލެކޭ ހުރި އެންމެ ތަފާތެއްވެސް ބުނެބަލަ ނިކަން. ބުނާނެ ހެޔޮއެއްޗެއް ނެތިއްޔާ މަޑުން ހުންނަވަން އާދަކުރައްވާ!
ވަހީދުބޭބެ
28 March 2023
ދުނިޔޭގައި ކަންކަން ވެފައި ހުރި ގޮތާއި ވަމުންދާގޮތް ރަނގަޅަށް ނޭނގޭ މީހުންގެ ތެރޭގައި މި ފަގުޑި ނަމުގައި ކޮމެންޓް ކުރާ މީހާ ހިމެނޭނެ. މުސްލިމުން މަރައި ލޭ އޮހޮރުވާ މީހުންނާ ދެކޮޅަށް ކުޑަ ބަހެއް ބުނެލިޔަސް މޭ ކަރައިގަންނަނީ އެހެންވެ.