އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާ ކުންފުންޏަކާ ހަވާލު ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރަނީ-- ފޮޓޯ: އެމްއެފްއެމްސީ
30 މާޗް 2023 - 14:43
އައްޑޫ ހަންކެޑެ، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ.
އެމްއެފްއެމްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް. އެ ޕްރޮޖެކްޓަށް 2.2 ބިލިއަން ހޭދަވާނެ-- ފޮޓޯ: އެމްއެފްއެމްސީ
އައްޑޫ ހިތަދޫ ހަންކެޑެ ސަރަހައްދުގައި 1،000 ކޮޓަރީގެ އިންޓަގްރޭޓެޑް ޕްރޮޖެކްޓެއް ފަށާނެ ކަމަށް ސަރުކާރުން އޮތީ އިއުލާނުކޮށްފަ އެވެ. އެތަން ތަރައްގީ ކުރަނީ ތަފާތު ޑިޒައިންތަކަށެވެ.
ހަންކެޑެއާ އެކު އެ ސަރަހައްދުގައި 6،000 އެނދު އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މީގެ ކުރިން ވެސް ހަންކެޑެގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ހަވާލުކުރި އެވެ. ސަރުކާރުން 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރި ޕްރޮޖެކްޓް ކުރިއަށް ނުގެންދާތާ 13 އަހަރުވީ ފަހުން ވަނީ އެއްބަސްވުން ބާތިލު ކުރި އެވެ. އެ ޕްރޮޖެކްޓް ނިންމަން އޭރު ކަނޑައެޅީ 18 މަސް ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާވެށި
31 March 2023
ކުރެހުން ބަލާލަން ރީއްޗަސް، ކުޑަ ބިންކޮޅުގައި މާ އިމާރާތްތައް ގިނަކަމަށް ފެންނަނީ. ފެހިކަން ގަދަކޮށް ޑިޒައިންކޮށްބަލަ، މާ ރީތިވެފަ ހިތްހަމަޖެހޭނެ. ގްރީން އޭރިޔާތައް ގިނަކުރޭ.
އޮނަރަބްލް އަފީފު ދީދީ
31 March 2023
ޢައްޑޫ ތަރައްޤީކުރުމަށާއި މިތަނުގައި އިޤްތިސޯދީ ހަރަކާތް ހިންގާން ސަރުކާރުން ބޭނުންވިނަމަ ކ.އަތޮޅު މާލެވެސް ހިމެނޭގޮތުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ފަސޭހައިން ތަރައްޤީގެ މަޝްރޫޢު ހިންގާ ކާމިޔާބުކަމާއިއެކު އޭގެ ނަފާވެރިކަން ލިބި ދައުލަތުން ކުރި އިންވެސްޓްމަންޓް އަބުރާ ލިބޭނެ ތަނަކީވެސް ހަމަ މިސިޓީ. # އައްޑުއަކީ މިފަދަ ކަމަކަށް ބޭނުންވާނެ ބިމާއި އިންސާނީ ވަސީލަތުގެ އިތުރުން ތައުލީމީ ޖީލެއްއޮތް ތަރައްޤީއަށް ބޭނުންވެފައިވާ މުޖުތަމައުއެއް.
ނަންދީ
30 March 2023
އިންޑިއާ ބާއީ ތިކަމާ ގުޅިގެން ކިހިނެތްބާ ހަދާނީ. ދެން ނުވެސް ނިދޭނެ އެމީހުންނަށް ރަގަޅަކަށް.
ސިޑު
30 March 2023
ވޯޓު ކާރިވެއްޖެ މޮޔައިން ހައްލުވަން ފަށައިފި
ނުވާނެއޭ
30 March 2023
އައްޑޫ ގައި ޓޫރިޒަމް ލާމު އަތޮޅުގައި ޓޫރިޒަމް ނުހިނގާނެއޭ އެއީ ވާނޭ ކަމެއް ނޫނޭ ދެން ށަވިއަނި އަތޮޅު އަދި ހދ. އަތޮޅު އަދި ހއ. އަތޮޅުގައި ވެސް އެކަން ނުހިނގާނެއޭ އެއީ ވާނޭ ކަމެއް ނޫނޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ
ހައްގުބަސް.
30 March 2023
ރާއްޖޭގެ އެތެރޭގެ ކަންކަމާ ބެހެނީ އިންޑިޔާއިން. ޗައިނާ އުޅެނީ ރާއްޖެ ތައްގީ ކޮއްދޭން އަމިލްލަ ފައިމައްޗަ ތެދުކުރަން.
ޢެމެރިކާ
30 March 2023
އިންޑިޔާގެ ބޭނުމަކީ ރާއްޖެ ފުނޑާލުން
އިންޑިޔާ
30 March 2023
ޗައިނާޔާ ހަވާލު ކޮށްފިއްޔާ ތިކަންވާނެ!
ބޮޑުމީހާ
30 March 2023
އެންމެ ފަހުން ގޮތް ހުސްވީމާ ޗައިނާއަށް މިދިނީ. ޗައިނާއަށް ދިނަސް ދެން 6 މަހަކުން ތިތަން ނެތް ނިމޭކަށް. އިބޫގެ ވެރިކަން ދެން މިނިމުނީ. ބާކީ 6 މަސް
އަނގައެކަނި
30 March 2023
ކަލޭ އައްޔަންކުރި މީހެއްދޯ އެއީ!
ރާއްޖެ
30 March 2023
އިންޑިއާ އަށް ޕްރޮޖެކްޓްތައް ދީގެން ކުރިއަށް ނުކަނޑާކަން މި އެނގުނީ ވެރިކަން ނިމެން 5 މަހަށް ވީމަ.