ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަމަތީގައި ވެހިކަލް ދުއްވަނީ: ރޭ ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް ވަނީ އަނިޔާވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 އެޕްރީލް 2023 - 10:53
ހުޅުމާލޭގައި ރޭ ދަންވަރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 19 އަހަރުގެ ފިރިހެނަކަށާއި 56 އަހަރު ފިރިހެނަކަށް ކަމަށެވެ. ހާލު ސީރިއަސްވީ އުމުރުން ދޮށީ މީހާގެ އެވެ.
އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފްލެޓް ހަދަމުން އަންނަ އިންޑިއާގެ ކުންފުނި ޖޭއެމްސީ ސައިޓާ ކައިރީގައި، ރޭ ދަންވަރު 1:20 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
03 April 2023
ހުޅުމާލެ 2 ގެ މަގުތައްވެސް އޮންނަނީ ވަރަށް އަނދިރިކޮން! ހީވޭ 'ބިރުވެރި ހޮހަޅަ' އެއްގެ ތެރޭގައި އުޅެވޭ ހެންވެސް! މިރަށުގާ މަގުތައް އަލި ކުރެވޭނެ ގޮތެއް ހަމަ އެއްގޮތެއް ނެތީއޭ ދޯ؟ މި ހާދިސާ ގައި އަނިޔާ ވި 2 ބޭފުޅުންނަށްވެސް އަވަސް ޝިފާ އަކަށް އެދެން!