ޕީޕީއެމުން މާފުށީގައި ރޭ ބޭއްވި، ބައި އިލެކްޝަންގެ ކެމްޕެއިން ޖަލްސާގައި އެ ޕާޓީ އަށް ސޮއިކުރި މީހެއްގެ ފޯމާ، އަބްދުއްރަހީމް ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
05 އެޕްރީލް 2023 - 00:33
މި މަހުގެ 15 އިގައި ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމުން ރޭ ތުހުމަތު ކޮށްފި އެވެ.
ޕީޕީއެމުން މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެކޭ އެއްގޮތަށް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
"މި ސަރުކާރަކީ ނުފޫޒު ފޯރުވުމުގައި ދިވެހ ރާއްޖޭގެ ތާރީހުގައި ލިޔެވިފައި އޮތް ސަރުކާރެއް. މި އިންތިހާބުގައި ވެސް ނުފޫޒުގެ ބޭނުން ދަނީ އިންތިހާ އަށް ކުރަމުން. އެގޮތުން މާފުށިން ގޯތި ދޫކުރުން، ގުޅީ ބިން ހިއްކުން، އެހެން ގޮސް ކުރެވުނު ހުރިހާ ކަމެއް ކުރާނެ،" އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް ބައެއް މައްސަލަތައް އޭސީސީ އަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފުށީގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާއި އިދިކޮޅުގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން --- ފޮޓޯ: ޕީޕީއެމް
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ގުރައިދު އާއި މާފުއްޓާއި ގުޅި އަށް އަމާޒުކޮށް ކުއްލި ގޮތަކަށް އެކިއެކި މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ. އަދި މާފުށިން ގޯތި ދޫކުރުން ފަދަ ކަންކަމަށް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކުރި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ވެސް އެ ދާއިރާ އަށް ބޮޑެތި ވައުދުތައް ވެ، ބައެއް މަޝްރޫއުތައް މި ސަރުކާރުން އިއުލާންކުރި އެވެ. އެތައް ބައެއްގެ ފާޑުކިޔުން އެ ކަންކަމަށް އަމާޒު ވިޔަސް ސަރުކާރުން އަޅައެއް ނުލި އެވެ. އެހެންވެ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީ ނެގީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ތެރެއިން ކަމަށް އަބަދުވެސް ތުހުމަތު ކުރެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީން ވެސް ވާދަކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
05 April 2023
ވެރިކަމުގައި އޮތް އިރު އިދިކޮޅު އެއްވެސް ބަޔަކަށް ޖަލްސާގަނޑެއް ބާއްވަން ވެސް ފުރުޞަތު ނުދީ އެވާހަކަ ޓްވިޓަރގައި ލިޔުނު މީހުން ވެސް 6 މަހަށް ނޫނީ 1 އަހަަރަށް ޖަލަށްލާ އުޅުނު ބަޔަކު ތާހިރު ވާހަކަތޯ ތިޔަ ދައްކަނީ؟
ތޔކހ
05 April 2023
އިބޫ މަރައްތެޅެނީ ނުހޮވިދާނެ ތީވެ
ފިކުރެއްގެދިރުން
05 April 2023
އަދުރޭ ބުއްޏަސް ތެދެއް ދޮގަކަށް ނުވާނެ، މި ސަރުކާރަކަށް ރަށްޔިތުންގެ ތާއީދެއްނެތް ދެން އޮތީ ނުފޫޒުން ވޯޓް ހޯދަން ބިރުދެއްކުމާއި، ޚަޒާނާ އިން އިސްރާފު ކުރުން
ބަޑިތަކުރު
05 April 2023
އިންތިޚާބު ކާމިޔާބުކުރަން މަސައްކަތް ނުކުރާނެ ސަރުކާރެއް އެއްއިރެއްގަވެސް ނެތެވެ. އެއީ ނުފޫޒު ފޯރުވުންބާވައެވެ. އަނެއްކޮޅުން ތިވެރިންގެ މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާގައި ލީޑަރު ސާފުބަހުން ގޮވާލެއްވީ ކޮންމެ މީހަކު ވެސް ނުފޫޒުގެ ތެރެއިން އިތުރު ވޯޓުކޮޅެއް ހޯދުމަށެވެ. އެހެން އެއްވެސް މީހަކު ފާޅުގައި ސާފުބަހުން އެގޮތަށް މިހާތަނަށް ގޮވާލެއްވިކަމެއް އެނގިފައެއް ނުވެއެވެ.
މިސްޓަރ ޓިނޭ
05 April 2023
ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނޭ،
ސަސި.
05 April 2023
އަދުރޭމެން ޒަމާނުގަ އިންތިހާބުތަކާ ދިމާކޮށް އޭސީ ތައް ބޯޓަށް އަރުވަން ރެޑީކޮއްފަ ހުރި ފޮޓޯތަކެއް ފެނުނު ހަނދާނެއް އެބަވޭ
ދފއކހރއދރ
05 April 2023
ވެރިކަމުގައި ތިއްބެވި އިރު އިންތިޚާބުތަކުގަ، މީޑިއާ ކުރިމަތީ މަނިކުފާނުން ވިދާޅުވި، ދައުލަތުގެ ވަޞީލަތްތައް ބޭނުން ކުރާނަމޭ ކެމްޕޭނަށް. އޭރު އެކަން ވ ސަޅި. މިހާރު ކަޑަ ދޯ. އެ އެއްޗަކުން ނުކުންނާނީ އެ އެއްޗެއްގަ ހުރި އެއްޗެއް
ސޭމްއޯލްޑްޓެކްޓިކްސް
05 April 2023
ޝަކުވާ ޝަކުވާ، ޝަކުވާ ކުރުމީ ގޯހޭ، އެހެނޭ މިހެނޭ ކިޔަމުން ހިނގުމީ ގޯހޭ. ހާދަހާ ބަހަނާ ގިނަމީހެކޭ، އަދުރޭ މިދަމާ ހާސަރު ގޯހޭ މައްސަލައާ ސާބިތު ނުހިފޭ ތުހުމަތުގެ ތަޚުތަކަށް އަރާ އިނދެ 10 މީހުންގެ ރެލީގަ އަޑުގައި ނެތް ފަންވަރު ނެރެން ހުތުރުބަހުން އޮއްގާ އުކުން ފިޔަވާ އެހެން ކަމެއް ކޮށްބަލަ. ރައްޔިތުންގެ ސަޕޯރޓް ލިބޭނ ގޮތަކަށް މަސައްކަތް ކޮށްބަލަ. '..' ގެ ތަޞްވީރުގަ ކުލަބޮކި ދިއްލައިގެން މީހުންގެ ސަޕޯރޓް ހޯދަން ދިއުމަކުން މާ "ޗިލް" އެއްނޫނޭ.
އެޗް އެމް
05 April 2023
މިދިޔަފަހަރު އިންތިހާބުގަ ރާއްޖެއާއި އެމެރިކާގަ އިދިކޮޅު ފަރާތްތަކުން އިންތިހާބަށް ނުފޫޒް ފޯރުވި ކަމަށްވަނީ. މިފަހަރު އެފުރުސަތު އޮތީ އިދިކޮޅު ޕީޕީއެމް އަށް.
އެކަލޯ
05 April 2023
ޕީޕީއެމް ސަރުކާރުގައި އެގޮތަށް ކަންކުރުމަކީ މި ސަރުކާރު އެގޮތަށް ކަންކުރަން ދެވުނު ލައިސެންސެއްނޫން. އެސަރުކާރު ގޯސްކަމުން ގެނައި ސަރުކާރު ހަމަ އެގޮތަށް ކަންކުރީމަ ވަރަށް ދެރަ. މިދެބައިމީހުން ނޫން އެހެން ބަޔަކާމެދު ގައުމުގެ ދަރިން ވިސްނަންވެއްޖެ.
ރުގްޔާ
05 April 2023
ތިޔައީ ހަމަ ރަނގަޅު ވާހަކައެކޭ.. މައްސަލައަކީ އެގޮތަށް އޭރު ކަންތައްތައް ކުރި ބައިގަނޑު މިހާރު އެހެން ގޮވާތީއޭ.