ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު: އޭނާގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި. -- ފައިލް ފޮޓޯ: ފަޔާޒު މުސާ | މިހާރު
08 އެޕްރީލް 2023 - 14:07
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ.
އެނގިފައިވާ ގޮތުގައި ދައުވާ އަނބުރާ ގެންދަން ނިންމީ މިހާރު މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާކޮށް ބެލިއިރު މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީ އެވެ.
މިކަމާ ބެހޭ ގޮތުން ޕީޖީ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން ބަލާއިރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، މައްސަލަ މީގެ ކުރިން ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުން އަލުން މި ޝަރީއަތް ހިންގަނީ މައްސަލަ ބޭރުކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ކަނޑައަޅައި އަލުން ބަލަން އަމުރު ކުރުމުންނެވެ.
މަހްލޫފް އެސްއީޒެޑް ބިލަށް ވޯޓު ދިނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވަ އެވެ. އެހެންވެ ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ވޯޓު ދީފައި ވާތީ އެ ފައިސާ އަކީ ވަކި ގޮތަކަށް ވޯޓު ދިނުމަށް ދިން ފައިސާއެއްކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެނުމަކީ ދައުވާ ސާބިތު ނުވާނެ މައިގަނޑު ސަބަބުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ފައިސާ ނެގިކަމާއި، އެ ފައިސާއިން އަމިއްލަ ބޭނުންތައް ކުރިކަން ސާބިތުކޮށްދެވުނަސް، އެފައިސާ އަކީ ވަކި ގޮތަކަށް ވޯޓުދިނުމާގުޅޭ ފައިސާއެއްކަން ސާބިތުކުރެވުމާ މެދު ކުރިންވެސް އޮތީ ސުވާލު އުފެދިފަ އެވެ.
ލިބުނު ފައިސާ އަކީ މަހްލޫފްގެ އަމިއްލަ ފައިސާއެއް ކަމަށާއި އެ ބޭނުންކުރި ގޮތާއި ރިޝްވަތުގެ އަމަލަކާ ނުގުޅުވޭނެ ކަމަށް ދިފާއުން ކުރިން ވެސް ބުނެފައިވެ އެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ދައުވާކުރުން ލަސްވެގެން ކަމަށް ބުނެ ސަަސްޕެންޝަން އުވާލީ އެވެ. މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމް ކުރުމުން ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ފެށި ނަމަވެސް މި މައްސަލާގައި ވަރަށް ގިނަ އަޑުއެހުންތައް ވަނީ ދައުލަތުން އެދިގެންނާއި އެކި ސަބަބުތަކާ ހެދި ކެންސަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިކުރެއްގެ ދިރުން
09 April 2023
ހަމަ ރަގަޅު ނިންމުމެއް ޑޮލަރ ގަތުމަކުން އަދަބު ލިބޭ ނަމަ ހުރިހާ މީހުންނަށް ވެސް ހަމަ އަދަބު ދޭންވީ
ތުއްތޮންބެ
09 April 2023
ތިވެސްހަމަ އެބުނާ ޒީރޯޓޮލެރެންސްގެ ބައެއްދެއްތޯ؟
ބަކުރުބެ2
09 April 2023
މަހްލޫފުގެ އަބުރު ކަތިލި ޕީޖީ ޝަމީމް އާއި ޕީޖީ ޓީމު ސިޔާސީވެގެންގޮސް، މަހްލޫފް މައްޗަށް ދައުވާކުރީ. ހަމަ ސިޔާސީވެގެން ސަރުކާރުންބޭނުންވީމަ ދައުވާ އަބުރާގެންދަނީ. ލިބިފައިވާ ހެކިތަކަށް ބަލާއިރު ކޮރަޕްޝަންގެ ދައުވާ ސާބިތުވާނެ. އެމްއެމްޕީއާރުސީ ގެ ކަޅުދަބަހުގަ ޕީޖީ ޝަމީމުވެސް ރައީސް އިބޫވެސް ހުރީ ޖެހިފަ. މަހްލޫފުބުނީނޫންތޯ ލައްކަވާހަކަ ދައްކަން ހުރިކަމަށް. އެކަމާ ސަރުކާރު ބިރުގަތީ.
މިސްޓަރ ޓިނޭ
09 April 2023
ޒީރޯ ޓޮލަރެންސް ެެ އަށްވެސް ކެއްކުުރަން ނޭނގޭ
ބަބޫ
09 April 2023
ސަރުކާރު ފެއިލް. ސަލާމަތީ ބާރުތަށް ފެއިލް. ޖުޑީޝަރީ ފެއިލް.
ޣދދޖކ
09 April 2023
އެއްކަަލަ ވަގު ޑޮލަރު ފަޒަޔަށް ބުރުއްސި ގޮލާ
ސދސދދސދ
09 April 2023
މުޅިގައުމުގައި އަންނިގެ ވެރިކަން ވެއްޓުމުން ހުޅުޖެހީ. .... ކޮންބައެއްކަން އަދިވެސް ނޭނގޭ މުޅިގައުމުގެ ޚަޒާނާ ދަވާލީ. ވެރިކަމަށް އަންނަންވެގެން ބުނި ލިސްޓް އެބައޮތޭ. އެކަމުކު އެއިން ފެނުނީ އެއްމެ މީހެއް. އެވެސް ބޭނުންގޮތަކަށް ބެންޗް ބަދަލުކޮށްގެން.
އަޖައިބުއަންތަރީސް
09 April 2023
އަޖައިބުން އަޖައިބު. އެއީ އޭނާގެ ފައިސާއަށްވީގޮތެއް ނޭންގުނު. އަދީބު އެކިގޮތްގޮތަށް ބެހި ފައިސާއަކީ، ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ތެރެއިން ވަގަށްނަޣާފައިވާ ފައިސާ ކަމަށް ސާބިތުވެ އޭނާ އަށް ޙުކުން އައިސްފައިވާއިރު، އެއީ އަދީބު ދިނަސް، ރައްޔިތުންގެ ފައިސާއެވެ. ވަގަށް ހޯދާ އެއްޗެއްގަ ހިފުމާ އޭގެ ބޭނުން ކުރުންވެސް ހުއްދަނުވާނެ. ދެން ވޯޓާ ގުޅުވޭކަށް ނެތޭ ނުބުނެ، އެ ފައިސާ ދިންމީހާ ކުރެން އަހާބަލަ ކީއްވެތޯ ފައިސާ ދިނީ. ރޮލާކަނީހަމަ
ހަލީމާ
09 April 2023
ރީތިކޮށް ދިވެހި ބަހުން މިދަންނަވަނީ ، ރީޒޯ ޓޮލެރެންސަކަށް ވޯޓް ދެވޭކަށް ނެތް.. ވައްކަމުގަ ހިމެނޭ އެއްވެސް ޕާޓީއަކަށް ވޯޓު ދެވޭކަށް ނެތް .. ވަރަށް ސަލާމް ރައްޔިތުން ގުނބޯ ހެއްދެވީތީ
ނެތް ވޯޓު ދެވޭކަށް
09 April 2023
ސެލެކްޓިވް ޖަސްޓިސް ސިސްޓަމް.. ވެެެރިންނަށް މޮޅު ގޮތް ، ނިކަމެތިންނަށް ދެރަ ގޮތް.. ވެެރިން ޖަލުގަ ވެސް ވީއައިޕީ އޭސީ ކޮޓަރި ކޮޅުގަ، ނިކަމެތިން ހޫނު ގޮޅީގަ ، އެކަމަކު ހުރިހާ އެންމެންނަކީ ވެސް އެއް ގާނޫނު އަސާސީއަކަށް ތަބާވާ ދިވެހި ރައްޔިތުން.. މިވަނީ ކިހިނެއްބާ؟ މިއީ އެބުނާ މޮޅު ޑޮމޮކްރަސީގަ ކަން އޮންނަ ގޮތްބާ؟؟؟