ފެމިލީ ކޯޓް: ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ހަރަދު އެ ކުއްޖާގެ ބައްޕަ ދައުލަތަށް ދޭންޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް ވަނީ އަމުރެއް ނެރެފައި. --- ފޮޓޯ/މިހާރު
06 އެޕްރީލް 2023 - 15:14
ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބެލެހެއްޓުމުގެ ހަރަދު އެ ކުއްޖާގެ ބައްޕަ ދައުލަތަށް ދޭންޖެހޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޓަކުން މިއަދު އަމުރެއް ނެރެފި އެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ މައިންބަފައިންގެ ފަރާތުން ރައްކާތެރިކަން ނުލިބޭތީ އާއި ހަވާލުވާނެ ފަރާތެއް އާއިލާގައި ނެތުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖެއްގެ މައްސަލާގައި ކަމަށެވެ.
ކުއްޖާ ބެލެހެއްޓުމުގެ ހަރަދު ބައްޕަގެ އަތުން ހޯދަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ކޯޓުން ނިންމީ ކުއްޖާ ބެލެހެއްޓުމުގެ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 16،219ރ. ބައްޕަ ދޭންޖެހޭ ގޮތަށެވެ. މިކަމަށް ބައްޕަގެ ފަރާތުން ވެސް އެއްބަސްވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި އެ މިންވަރަށް ދޭންޖެހޭ ގޮތަށް ނިންމީ އެ ކުއްޖާއަކީ ހާއްސަ ފަރުވާ ބޭނުންވާ ކުއްޖަކަށް ވާތީ އެކަމަށް ބޭނުންވާ ފައިސާ އާއި އަންނައުނާއި އަދި ކެއިންބުއިމާއި އެ ކުއްޖާ ބަހައްޓާފައިވާ ތަނުގެ ކަރަންޓާއި ފެނާއި މުވައްޒަފުންނަށް ކުރަންޖެހޭ ހަރަދުތައް ވެސް ހިމަނައިގެން ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖަކު ހުންނައިރު ކުރަންޖެހޭ ހަރަދުތައް މައިންބަފައިންގެ އަތުން ހޯދިދާނެ އެވެ.
ކުދިންގެ އަސާސީ ހަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއަކަށް ވާތީ، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ ގާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުން ނަމަ، ކުއްޖާގެ މައިން ބަފައިން ކުއްޖާގެ ހަރަދު، ބަލަހައްޓާ ފަރާތަކާ ހަވާލުކުރަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމް ކޮށްފައިވާ ކަން ވެސް ކޯޓުން ފާހަގަކޮށްފައިވެ އެވެ.
މައިންބަފައިން ދަރިންނަށް ދޭންޖެހޭ ހަރަދު ދިނުމުގައި އިހުމާލު ވެއްޖެ ނަމަ ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ވެސް މި މާއްދާގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު..
07 April 2023
ދަރިންނަށް ޚަރަދު ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވާ ކިތައް ކުދިންނަށް ގަވާއިދުން ފައިސާ ލިބޭތޯ ބެލޭނެ ނިޒާމެއް ފުރަތަމަ ހަމަޖައްސާންވީނުން. ކިތައް މައިންތޯ އެދައިސާކޮނުލިބިގެން ކޯޓަށް ގުޅާ ވަޒީފާގައި އުޅޭގަޑީގައި ވާނުވާ ބަލަން އެތަނަށް އެތައް ފަހަރަކު ދާންޖެހެނީ.
ހާމިދާ
07 April 2023
ކުއްޖާގެ ބައްޕަ 16219 ރުފިޔާ ދޭން އެއްބަސްވީމަ ތި ހުކުމް ކުރެވުނީ. ތި ޙުކުމް މޮޅުވެގެން ވާހަކަ ދައްކާކަށް ޖާގައެއް ނެތް. ދަރިންނަށް ފައިސާ ދޭން އިންކާރު ކުރާ މީހެއްގެ އަތުން ޚަރަދުގެ ފައިސާ އަތުލެވޭނެ ވަރުގެ ބާރުގަދަ ޙުކުމެއް ކޮށް ބަލަ. މޮޅު ކަމަކަށް ވާނީ އޭރުން.
ހދޖޖދހ
06 April 2023
ކުށްވެރިންނަށް ދައުލަތުން ހަރަދު ކުރަން އޯކޭ.. އެކަމަކު ދައުލަތަށް ނަގަ ކުދިންގެ ހަރަދު ބަލަން މައިންނަށް
ތިކަންއަދިވެސްރަނގަޅުކުރަންވީ
06 April 2023
ކޮންމެ ބަޔަކު ކުުރިޔަސް ރަނގަޅުފެށުމެއް.
1828
06 April 2023
އެވަރުގެ އުޖޫރައެއް އެކުއްޖާގެ ބައްޕައަށް ނުލިބޭކަމަށްވާނަމަ އެ ދައްކާނެ ގޮތެއް ބުނެދީބަލަ.
ސޯޅަ ހާސްތަ؟ ނޫނީ އެއްހާސް ހަސަތޭކަ ތަ؟
06 April 2023
ހިސާބު ޢަދަދުތައް ލިޔާއިރު އެޢަދަދު ބްރެކެޓްކޮށް ތާނައިން ލިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ ވަރަށް ބޮޑެތި އޮޅުން އަރާފާނެ އެވެ.
ފަޤީރު މުއްސަނދިން
06 April 2023
ހެހެހެ. ދައުލަތުން ބަލަހައްޓަންވީމާ ފަނަރަ ވިހި. ދަރިޔަކު ބަލަން މަޔަކަށް 2000.00 މީ މަޖާބައެއްނު. މަިމީހާ ދަރި ބަލަން ހުންނަނީ ކަރަންޓްނުލައި ހިޔާވަހިކަމެއްބެތި ޢުނުއޮރިޔާން ނުދީތަ. ބަލަގަ ވެރިންނޭ ހައްޤު ކަނޑައަޅާފަރާތް ބޮލާލާ ޖަހާ ކޮންމެ ޤާނޫނަކުން ފެންނާނީ ނޭއްގާނިކަން. ދައުލަތުގެ ނޭއްގާނިކަން. 16000.00 މަހަކު ދައްކާނީ ހާދަ ރުހިޔާއެއް މީހަކަށް ލިބިގެނޭ. އެޖެންޑާ 19 ފުރިގެން ބަންޑުންވަނީ
1828
06 April 2023
އެއީ މަޔަކަށް ދޭ 2000ރ އެއް ނޫނޭ.
ކަމަނަ
06 April 2023
އެބުނީނު އެކުއްޖާ ބަލަހައްޓާމީހުންގެ މުސާރައާ ބޭސް ފަރުވާޔާ ހުރިހާ އެއްޗެއް ހިމަނައިގެން ކަމަށް ނުކުޅެދޭ ކުއްޖެއްވީމަ
ބޮޑުމީހާ
06 April 2023
ތިއުސޫލު ހުކުމް ކުރާ މީހުންނަށްވެސް އޮންނަންވީ. ޖަލުގަ ތިބޭ ދުވަހަކު އެމީހުން ލައްވާ ކޮންމެވެސް މަސައްކަތެއް ކުރުވައިގެން ނަމަވެސް ދައުލަތަށް އާމްދަނީ ހޯދަން އެބަޖެހޭ
ފަގީރު ކޮއި
06 April 2023
16000 ރުފިޔާ އަކީ ކުއްޖަކު ބެލުމުގެ ޙަރަދު ކަމަށް ކަނޑައެޅީ ކިހިނެތް؟
ވަހީދުބ
06 April 2023
ޚާއްސަ ހާލަތެއްގައިވާ ކުއްޖަކަށްވާތީ
ޢަރުތަ
07 April 2023
އެއީ ހަމަ ކުއްޖަކު ބެލުމުގެ ޚަރަދެއް ނޫނޭ، ލިޔެފަ އޮތް އެއްޗެއް ފަހުމެއް ނުވޭ އުތަ، ބަލި ކުއްޖެއް ޚާއްސައެހީއަށް ބޭނުންވާ ކުއްޖެއް، ވަރަށް ގިނަ ކަންކަމަށް ހިނގާ ޚަރަދުތައް ހިމަނައިގެން ކަމަށް އެއޮތީ، ކުއްޖާ ބަލާ މީހުންގެ މުސާރަވެސް ހިމަނާފަ އެބައޮތް......ރަނގަޅަށް ކިޔާބަލަ.
ކޮވާ
06 April 2023
ކޮބާ ފެމިނިސްޓުން. ހަމަ ހަމަ ވާން ޖެހެނީ ހަމަ އެކަނި ފެމިނިސްޓުންނަށް ފައިދާވާ ކަންކަމުގަ އެކަނި ދޯ. ހަރަދު ދޭން ޖެހޭ ހިސާބުން ފެމިނިސްޓުން ގެއްލޭ.
ވަކީލު
06 April 2023
ހަބަރުގަ އެއޮތީ ދޯ ބައްޕަ އެއްބަސްވީއޭ އެ ފައިސާ ޚަރަދުގެ ގޮތުގައި. ހުރިހާކަމަކާ ދިވެހިން ބެހެންޖެހޭ