ހިޔާ ފްލެޓްގައި މިރޭ ރޯވި ޓަވަރުގައި ސިފައިން ހަރަކާތްތެރިވަނީ
14 އެޕްރީލް 2023 - 20:47
ހުޅުމާލެ 2 ގެ ހިޔާ ފްލެޓްގައި މިރޭ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިރޭ 8: 30 ހާއިރު ރޯވެފައި ވަނީ 7 ވަނަ ޓަވަރުގެ ފުރަތަމަ ފްލޯގައި ހުރި ތަނެއްގައި ކަމަށް ސޯޝަލް މީިޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން އެނގެ އެވެ.
ފްލެޓްތައް ބަލަހައްޓާ އާބަންކޯ އިން ބުނީ ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި މި ހާދިސާ ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިރޭ ވެސް ރޯވެފައި ވަނީ އެހެން އެޕާޓްމަންޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުންނެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ވި ކަމުގެ ރިޕޯޓެއް ނެތެވެ. އަދި ރޯވި ތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުލިބެ އެވެ.
🚨#Breaking Hulhumalé Phase 2 ge H7 flat ge 1 vana fangifilaa gai huri apartment ehga alifaanuge haadhisa eh hin’gaifi #HappeningNow
— #MvCrisis (@MvCrisis) April 14, 2023
Ithuru mauloomaathu: https://t.co/pcENKRRK33 pic.twitter.com/HE6rMlQSbs
މި މަހު ކުރީކޮޅު ކުރިން ވެސް ވަނީ ޓަވަރު 5 ގެ 17 ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވެ ގެއްލުން ވެފައިވެ އެވެ. ރޭގަނޑުގެ ވަގުތެއްގައި އެ ހާދިސާ ވެސް ހިނގީ އެހެން އެޕާޓްމަންޓެއްގެ ބެލްކަނިން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުންނެވެ.
ސިނގިރެޓް ފިލްޓަރުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތައް ކުރިން ވެސް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
15 April 2023
ބަޔަކަށް އަނިޔާއާ ދުއްތުރާ ކުރެވުނީމަ ދިވެހިންނަށް ވަރަށް އުފާވެރި އިހްސާސްތަކެއް ކުރެވެނީ ހެން ވަރަށް ހީވޭ.
މިއީ ހާލަތު
15 April 2023
ބަފާ ދުވާލު ހަތަރުދަމު މަސައްކަތު. ގޭގަ ދަރިން ތަރުބިއްޔަތު ކުރުމަކީ މިޒަމާނާ ނުގުޅޭ ކަޓު ކަމެއްވީމަ އަމާވެސް ކޮންމެވެސް "އޮފީހެއްގެ" ޖޮބުގަ. ދަރިން އުޅޭނެ ގޮތަކަށް އުޅެނީ. މި ދަރިން ބޮޑުވެގެން ކޮން އަދަބެއް އަހުލާގެއް ހުންނާނީ. މިއީ މިއަދުގެ ހަގީގަތް.
ގެއްލުން
15 April 2023
ދިވެހިން މިހާ އަދަބު އަހުލާގާއި ރިވެތި އާދަތަކާ ޒިންމާދާރުކަމާ ދުރުވީ ކޮންއިރަކުބާ؟ ވަރަށް ދެރަވޭ މިކަހަލަ ހަބަރު ކިޔާލީމާ. ކޮފީ ބޮއެފިއްޔާ ތަށި ނޫނީ ދަޅު އޮންނަނީ މަގުމަތީ، ސިގިރޭޓު ބޮއެފިޔާ ފިލްޓަރުވެސް ހޫރާލަނީ. މަގުތައް އެހާ ގޮނޑު، ބަލި އެހާ ގިނަ. ކަންނެތްކަން މާ ބޮޑީ އަތުންފައިން އެއްވެސް މަސަކަތެއް ކުރާކަށް އެކަކުވެސް ބޭނުމެއް ނުވޭ.
ދެރަ
15 April 2023
ފޭސް2ގެ ބީޗްވެސް މުޑުދާރު
ނިއުމަލާ
15 April 2023
ފުލެޓުގައި މީހަކު ނެތި އެބަދޭ 12 ،13 ގަޑި އިރުވެސް މީހަކު ނެތް ތަނެއްގައި މިފަދަ ކަމެއް ދިމާވެއްޖެނަމަ ނުރައްކާ ބޮޑުވާނެ މިތާގެ ކޮރިޑޯތަކުގައި އަލިފާން ނިއްވާ ފުޅިވެސް އެބަޖެހޭ ބަހައްޓާން، ނުވީތާ ކަށް އެލާމެއް މަސައްކަތެއް ނުކުރޭ،
ޕަލީމާ
15 April 2023
ސިނގިރޭޓް އަދި ވޭޕް ކުރާ މީހުންނަކީ ވަރަށް ވިޔާނުދާ ގޮތްކުޑަ މީހުން! ހާއްސަކޮށް މީހުންނަށް އުނދަގޫކުރާ މީހުން!
މޯޑް
15 April 2023
ދިވެހިންނަށް ބޯހިޔާވަހި ކަން ދޭށް ހެދި ތަނެއްނޫންތަ ހިޔާ ޓަވަރު ތަކަކީ? މިހާރު އިންޑިޔާ މީހުންނާއި އެހެން ގައުމްތަކުގެ މީހުން މިތާ ކުށްޔަށް އުޅޭލެއް މަދެށް ނޫން. ލިފްޓްތަކުވެސް މިބައި މީހުންނާއި ހެދި ޖާގަ ނުލިބޭ. އާބަންކޯ އަށް ވަރިހަމަ ކޮށްލާގެން ތި ތިބެނި. ބަޔަކު ފޭލިވާނި ތިވަރަށް. އަލިފާނުގެ ހާދިސާއެއް ހިގީމަ ނޭރޭވާހަކަ ދަށްކާނި ކަންކަން ހައްލުކޮށްފަ ފިޔަވަޅު އަޅާފަ.
ހަރީރާ
15 April 2023
އިންޑިއާ މީހުންނަށް އެ ތަން ކުއްޔަށްދެނީދިވެހިން. ކުއްޔަށް ދީފައި އެމީހުން މާދުރުގައި އުޅެނީ
ސަމްސުއްދީން
15 April 2023
ފްލެޓް ދޭވަރުބައެއްނޫން މީ. %40 ޕޭމަންޓް ނުދައްކާ.
ސަންފާތު
14 April 2023
ތަހުޒީބު ނުވާ ދިވެހިން.