ރިޕޯޓް / ނައީމާގެ މަރު

ނައީމާގެ ގާތިލް ހޯދަން ހިނގާނީ ތަފާތު މަގަކުން!

ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ މަރާލާފައި އޮއްވައި ފެނުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ފޯރިމަރަނީ.

ގާސިމް ހަސަނަކީ މީހަކާ މައްސަލައެއް އޮތް މީިހެއް ނޫނެވެ. ޓެކްސީކޮށްގެން ލިބޭ އާމްދަނީން ދިރިއުޅުން ހަމަޖައްސަމުން އުޅުނު ގާސިމް އެ ރޭ ވެސް އޭނާގެ އާންމު ދުވަހު ތާވަލްގައި ދަތުރަކަށް ނުކުތުމަށް ފަހު ދެން ފެނުނީ ހުޅުމާލޭގައި މީހުން ނޫޅޭ ހިސާބެއްގައި އޭނާގެ ޓެކްސީ ކައިރީގައި މަރާލާފައި އޮއްވަ އެވެ.

ޑިސެމްބަރު 4، 2019 ގައި، އުމުރުން 59 އަހަރުގެ ގާސިމްގެ ހަށިގަނޑު ފެނުމާ އެކު އެންމެންގެ ވެސް ސުވާލަކަށްވީ އެއީ ކާކު ކޮން ބޭނުމެއްގައި ކުރި ކަމެއްތޯ އެވެ. ހާދިސާ ހިނގި ކަމަށް ބެލެވޭ ހިސާބަކީ މީހުން ނޫޅޭ އަދި ސީސީޓީވީ ކެމެރާއެއް ވެސް ނެތް، ގަސްތަކުން ފޮރުވައި އޮތް ހިސާބަކަށް ވުމާއި އެހެން އެތައް ކަމަކާ ހެދި މައްސަލައިގެ ތަހުގީގަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ.

އެކަމަކު ކުރި ބުރަ މަސައްކަތުން، ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި ހަފްތާއެއް ފަހުން ފުލުހުން ހޯދި އެވެ. ގާތިލް އެ ވަގުތު ލައިގެން ހުރި އަންނައުނާއި އޭނާގެ ފޮރެންސިކް ސާމްޕަލްތައް ވެސް ހޯދައި ހާދިސާއަށް ދެ ހަފްތާއެއް ފަހުން ގާތިލް ދެނެގަނެ ހައްޔަރުކުރި އެވެ. އެއީ މި ގަތުލާ ގުޅިގެން މި ހަފްތާގައި މަރުގެ ހުކުމް އައި އަދުހަމް މުހައްމަދެވެ.

ގާސިމްގެ މަރުގެ ތަހުގީގުގައި، ގާތިލް ނުހޯދި ހޭދަވެގެން ދިޔަ ދުވަސްތަކުގައި އާއިލާއިންނާއި އާންމުން ވެސް އޭރު ފުލުހުންނަށް ފާޑުކިޔެ އެވެ.

"ގާތިލް ނުހޯދި ހޭދަވާ ކޮންމެ ވަގުތަކީ އަންނާނެ ޕްރެޝަރެއް. އެކަމަކު ގާސިމްގެ މަރުގެ ތަހުގީގަކީ ހަގީގަތުގައި ވެސް ރާއްޖޭގެ މާހައުލަށް ބަލާއިރު ކޮމްޕްލެކްސް ތަހުގީގަކަށްވީ. ރާއްޖޭގެ ކޭސްތަކަށް ބަލާއިރު މީހަކު މަރާފައި މި ހުންނަނީ އޭނާ ދަންނަ މީހަކު. އެކަމަކު ގާސިމްގެ ކޭސްގައި ހެކި ހޯދަން އެހާ އުނދަގޫވެފައި އަނެއްކާ އޭނާއަށް ހަމަލާދިން މީހަކު ލަފާކުރަން ވެސް ދަތިވެ އެތައް އޭންގަލްއަކުން ބަލަން ޖެހުނު،" ތަހުގީގުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

ގާސިމް ހަސަންގެ ގާތިލް އަދުހަމް މުހައްމަދު

ގާސިމް ހޮޓަލަކުން ނުކުމެގެން ގޮސް ޓެކްސީއަށް އަރައިގެން ދަނިކޮށް އަދި އެއާޕޯޓުން ގާސިމްގެ ޓެކްސީއަށް މީހަކު އަރާތަނުގެ ފުޓޭޖް ލިބުނެވެ. އޭގެ ފަހުން އެ ޓެކްސީއަށް އެހެން މީހަކު ނާރާކަން ޔަގީންކުރުމަށާއި ކަން ހިނގި ގޮތް ކަށަވަރު ކުރުމަށް 67 ތަަނަކުން 1،270 މިނެޓުގެ ފުޓޭޖް ބަލަން ޖެހުނެވެ.

ގާސިމަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް އަދުހަމް ހައްޔަރުކުރުމާ އެކު ގާސިމްގެ އާއިލާއިން ވެސް ވަނީ އަދުހަމަކީ ދަންނަ މީހެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންވެ، ނުވެސް ދަންނަ މީހަކު ގާސިމް މަރަންޖެހޭ ސަބަބަކީ ކޮބައިތޯ އިތުރު ސުވާލުތަކެއް ކުރިމަތިވި އެވެ.

ކުރިން މައުލޫމާތު ހިއްސާކުރި ފަރާތުން ބުނި ގޮތުގައި ތަހުގީގުގައި ވެސް އެ އުނދަގޫ އޮތެވެ. ގާސިމް މަރާލީ ޒާތީ ނުރުހުމެއްގެ ތެރެއިން ކަމަށް ބެލެވޭ ކަންތައްތަކެއް ތަހުގީގަށް ފެނި ބައެއް ރަށްރަށަށް ގޮސްގެން ވެސް ތަހުގީގަށް މައުލޫމާތު ހޯދި އެވެ.

އަދުހަމް ދެނެގަނެވި އޭނާ ހައްޔަރުކުރެވުނީ މިހެން އެކި ދިމަދިމާލުން ހޯދުންތައް ހޯދަމުން ދަނިކޮށެވެ. އޭގެ ކުރިން އަދުހަމް ޝަރީއަތުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް ސަލާމަތް ނުވެވޭ ވަރަށް ފޮރެންސިކް ހެކިން އޮތީ އޭނާ ބަނދެލައިފަ އެވެ.

ގާތިލަށް މަރުގެ ހުކުމް އިއްވުމާ އެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި އެ މައްސަލައިގެ ލީޑް އިންވެސްޓިގޭޓަރު މޫސާ އިރުފާނަށް ތައުރީފް ކުރައްވަމުން ވިދާޅުވީ ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ މަރާލައިގެން އުޅޭ މައްސަލައިގައި ވެސް ތަހުގީގު ޓީމަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

"ނައީމާ މޫސާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ދެނެގަތުމަށް ވަރަށް ބުރަކޮށް އަންނަނީ މަސައްކަތް ކުރަމުން. އިންވެސްޓިގޭޓަރުންނާއި ފޮރެންސިކް އަދި ރަށުގެ ފުލުހުންގެ ޓީމަށް ފުރިހަމަ އިތުބާރު އެބަ އޮތް،" ގާސިމްގެ ގާތިލަށް ކުށް ސާބިތުވެ އަދަބު ކަނޑައެޅުމަކީ ފުރިހަމަ ތަހުގީގެއްގެ ނަތީޖާކަން ފާހަގަކުރައްވަމުން ޕޮލިސް ކޮމިޝަނަރު ލިޔުއްވާފައިވެ އެވެ.

މިހާރު އަދި މާ އުނދަގޫ މަސައްކަތެއް

ނައީމާގެ މަރުގެ ހާދިސާއަށް ބަލާއިރު ވެސް، ގާސިމްގެ ގާތިލް ހޯދުމުގެ ތަހުގީގެކޭ އެއްގޮތަށް، ހާދިސާ ހިނގި ތަން ފެނުނު މީހަކު ނެތެވެ. އަދި އެއަށްވުރެ ވެސް ބޮޑު ގޮންޖެހުމަކީ ގާސިމްގެ ކޭސްއާ ހިލާފަށް މަނަދޫގެ މަގުތަކުގައި ސީސީޓީވީ ކެމެރާ ނެތުމެވެ.

ފުލުހުންނަށް ދެން ޖެހޭނީ މަރާ ގުޅުވާލެވޭ ފޮރެންސިކް ހެއްކެއް ލިބޭތޯ އަތްފުނާއަޅާށެވެ. އެހެން ކަމަށްވާ ނަމަ ތަހުގީގަށް ހޭދަވާ ވަގުތު ވަރަށް ގިނަވާނެ އެވެ. ފޮރެންސިކް ސާމްޕްލަތައް ޕްރޮސެސްކުރުމަކީ ގިނަ ވަގުތު ނަގާ ކަމެކެވެ. ކުރިއަށް ދެވޭނީ ކޮންމެ ސާމްޕަލެއްގެ ވެސް ނަތީޖާ ލިބުމުންނެވެ.

ނައީމާ މޫސާ: އޭނާ މަރާލި ސަބަބެއް އަދި އެކަމުގައި ޝައްކުވާ މީހަކު ވެސް އަދި ނެތް

ސަބަބަކީ، ނައީމާއަށް އެވަރުގެ އަނިޔާތަކެއް ދީ މަރާލަފާނެ ކަމަށް ބެލެވޭ މީހަކު އަދި ފާހަގަވެފައި ނެތުމާއި މީހަކާ މެދު ތުހުމަތެއް ވެސް ނެތުމާއި ހާދިސާ ހިނގި ވަގުތެއް ވެސް ނޭނގި އެކަން ހިނގިކަމުގެ ހިލަމެއްވި މީހަކު ވެސް ނެތުމުންނެވެ.

"ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށަކަށް ވިޔަސް ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައިހެން މި ރަށުގައި ވެސް ވަރަށް އަވަހަށް މީހުން ރޭގަނޑު ނިދައި މަގުތައް އޮންނަނީ ހިމޭންވެފައި. ކެމެރާއެއް އެއްޗެއް ނެތް އިރު، ރަށުތެރެއިން އާދަޔާ ހިލާފް ކަމެއް ފެންނަން ވެސް މީހަކު ނެތް،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނައީމާގެ މަރަށް ވެސް ހަފްތާއެއް ވީ އެވެ. އެކަމަކު އަދި ތަހުގީގުގައި އަދި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް އެނގިފައެއް ނުވެ އެވެ. ނައީމާ މަރާލާފައި އޮއްވައި ފެނުނުކަން ފިޔަވައި މިހާތަނަށް ފުލުހުން އެކަމާ ބެހޭ ގޮތުން ހާމަކުރި ހަމައެކަނި މައުލޫމާތަކީ، ރަށުގެ ބައެއް މީހުންގެ ފޮރެންސިކް ސާމްޕަލް ނަގަމުން އަންނަކަމެވެ. ބެލެވޭ ގޮތުން ފުލުހުން މުޅި ކޭސް ބިނާކުރަން ޖެހޭނީ ފޮރެންސިކް ހެކިތަކުގެ މައްޗަށެވެ.

އަދިވެސް އުޅެނީ ތަހުގީގުގެ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށް ވާތީ، ފުލުހުން އަދި ތިބީ މި މައްސަލާގައި ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ.

ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށަކަށް ވިޔަސް ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައިހެން މި ރަށުގައި ވެސް ވަރަށް އަވަހަށް މީހުން ރޭގަނޑު ނިދައި މަގުތައް އޮންނަނީ ހިމޭންވެފައި. ކެމެރާއެއް އެއްޗެއް ނެތް އިރު، ރަށުތެރެއިން އާދަޔާ ހިލާފް ކަމެއް ފެންނަން ވެސް މީހަކު ނެތް

ނައީމާގެ ގާތިލް ނުވަތަ ގާތިލުން ހޯދުން ލަސްވެ ކަންބޮޑުވުން އުފެދިފައި ވާއިރު، އޭނާގެ ހަށިގަނޑު ފެނުމުގެ ކުރިން ވެސް ތަހުގީގަށް ހުރަސްއެޅިދާނެ އެތައް ކަމެއް ހިނގާފައިވެ އެވެ. ނައީމާގެ ހަބަރެއް ނުވާތީ އޭނާ ހޯދަން ދިޔަ މީހުން ދެ ދުވަހަކު އެ ގެޔަށް ވަދެ އޭނާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި ގޭތެރޭގައި އުޅެފައިވެ އެވެ.

"މިވަރުގެ ބޮޑު ކަމެއް ވެފައި އޮވެދާނެ ކަމަށް މީހަކަށް ހިތަށް ވެސް ނުގެނެވޭތީ އެހެން އެ ވީ. ހަބަރެއް ނުވެ ދެ ދުވަސް ވީމާ ފުލުހުންނާ އެކު ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަނީމާ މި ފެނުނީ. ހެކި ގެއްލިދާނެ ކަމަށް ބަލައި މީހުން ދުރުކުރީ އޭގެ ފަހުން،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނައީމާގެ ހަށިގަނޑު 25 އަށްވުރެ ގިނަ ތަނަށް ވަޅި ހަރައި އަދި ކަރު ވެސް ބުރިކޮށްލަން މަސައްކަތްކޮށްފައި އޮތުމުން މިއީ ވައްކަންކުރަން ނުވަތަ ފޭރެން ގެޔަށް ވަތް މީހަކު ކުއްލިއަކަށް ދީފައިވާ ހަމަލާއެއް ކަމަށް ގަބޫލުކުރަން ވެސް ދަތިވެ އެވެ.

މަނަދޫގައި މަރާލި މީހާގެ ގެ ފުލުހުންގެ ބެލުމުގެ ދަށުގައި.

"މިކަހަލަ އަނިޔާވެރި ކަންކަން ކުރާ މީހަކަށް ނޫނީ މީހަކަށް އެވަރު ކޮށްލަން ކެރޭނެޔެކޭ ހިއެއް ނުވޭ. އެކަމަކު އެންމެންގެ ވެސް ސުވާލަކީ ރަށުގައި އެވަރުގެ ކާކުހޭ އުޅެނީ. ރަށުގައި އުޅޭ ބިދޭސީންނަށް ތުހުމަތު ކުރަނީ ރަށު މީހުންނަށް ހަގީގަތް ނޭނގޭ ބަޔަކު ތިބީ ބިދޭސީންގެ ތެރޭގައި ކަމަށް ވާތީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އޭނާއަށް ތުހުމަތުކުރެ އެވެ. އެ ތުހުމަތުގައި އޭނާއަށް ހަމަލާ ދިނީ ކަމަށް ބެލި ނަމަވެސް ރަށު މީހުން ބުނަނީ އެހެން ނަމަ ނައީމާއަށް މީހަކު ދިމާކުރާނީ މިއަދަކު ނޫން ކަމަށާއި އެ ތުހުމަތު އެހެން ކުރާތާ އެތައް އަހަރެއް ކަމަށެވެ. އެކަމަކު ނައީމާ މަރާލާފައި އޮތް ގޮތުން އެއީ ޒާތީ ރުޅިވެރިކަމެއްގައި ބަދަލުހިފުމުގެ ހަމަލާއެއް ކަމަށް ވެސް ބެލެވެ އެވެ. އެ ރުޅިވެރިކަން ނައީމާއަށް އެ ކުރާ ތުހުމަތާ ނޫނީ ދެން ގުޅެނީ ކޮން ކަމަކާ ހެއްޔެވެ؟

ކޮންމެ މީހަކީ ވެސް ތުހުމަތު އޮތް މީހެއް ކަމަށް ބަލައިގެން ހުޅުވާލެވިފައިވާ ތަހުގީގެއް މަނަދޫގައި ކުރިއަށް ދާއިރު ގާސިމްގެ މަރުގެ ތަހުގީގު ފަދައިން އަދި އޮތީ ހަމަ ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނުކުމެދާނެ ކަމަށް ބަލަން ތިބުމެވެ. ރާއްޖޭގެ ކުޑަކަމާއި އެކަކު އަނެކަކު ދަތުމާއި ހާދިސާ ހިންގާ ތަނުގެ ގޮތުން ގާތިލް ދެނެގަތުމުގެ ރޭޓް ރާއްޖޭގައި އަވަހެވެ. އެކަމަކު މިފަހަރު ފުލުހުން ހިނގަން ޖެހޭނީ ތަފާތު މަގަކުންނެވެ.

37 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 38%
icon angry icon angry 31%
icon wow icon wow 6%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަންބެޭ

25 April 2023

ވެދާނެ ރށުގައި އުޅުނު ބޭރު މީހަކު ކުރިކަމަކަށް. އެކަންކޮށްފާ އޭނާ ފުރައިގެން ދިޔައީ ކަމަށް.

The name is already taken The name is available. Register?

ަުއުތުރު44

19 April 2023

ކޮބާބާ މޯޓިވްއަކީ އަސްލު؟ މި ގާތިލްގެ މޯޑަސް އޮޕެރާންޑީ އަކީ ވަޅިންދޭ ހަމަލާތާ

The name is already taken The name is available. Register?

ސަލީމު އިދުރީސް

19 April 2023

އެހެންވީމަ ގާސިމް ގެގާތިލު ތިހޯދުނީ ވީޑިއޯބަލައިގެންތާ! އެހެންވީއިރު ތިކޭހުގަ މަބުނާ ގޮތެއް ހަދާބަލަ! ބޮޑު ރަތްހާލެއް ބޮލުގަ ކެލާ އަތަކު އުނގުޅާފަ ވަކި ކޮޓަރިޔަކައް ލައިފަ މަނަދޫ އެންމެއް އެއްކޮއްފަ ބުނޭ ފަހަރަކު މީހެއް ކޮޓަރިޔައް ވަދެ ހާލު ބޮލުގަ އަތްލާށޭ އެމިހަކު އަތްލާއިރައް ހާގޮވައިގަންނަ ގޮތައް ރުގިޔާ ކޮއްފަޔޭ ހާ އެއިނީ ބައިންދާފަ ނިކުތީމަ ފުލުހުން ފަރަކު މީހެއްގެ އަތުގަ ވަސްގަނެ އަދުގަ ވަސްނުވާ މީހުން ތަގުގީކޮއް އަދަބުދީ!

The name is already taken The name is available. Register?

ބައުކަލޯ

19 April 2023

ޓިމީހާގެނުހޮރުއްޕާންފޯރީމަވީގޮތްކަމައްވެސްވއދާނެ

The name is already taken The name is available. Register?

ަދތލމ

19 April 2023

ތި އޮބިގެން ދާނީ ތިދެން ހިޔެއް ނުވޭ ފެންނާނެހެން، ޔާމީން ވެރިކަމުގަ ހުރިނަމަ ހީވާނީ ދެފަޔައް ހިނި އަރައިގެން އުޅޭހެން

The name is already taken The name is available. Register?

ހިކް

18 April 2023

އެ ގޭގެ ނުވަތަ ކޮޓަރީގެ ދޮރު ތަޅުލާފަ ހުރީމަ ނައީމާ މަރާލަން ވަތް މީހާ އެގެއަށް/ކޮޓަރިއަށް ވަނީ އެ ދޮރުންބާ ނޫނީ ގޭގެ އެހެން ދިމާއަކުންބާ؟ ދޮރުގެ އެތެރެއާ ބޭރަށް ހުންނަ ތަޅެއްނަމަ ނައީމާ ހޯދަން އެގެއަށް ފަހުން ވަތް އެންމެންވެސް އަތްލާނީ ދޮރުގެ ތަޅުގެ ބޭރުބައިގަ. އެތެރެ ބައިގަ އެންމެފަހުން އަތްލާފަ ހުންނާނީ ގާތިލް ކަމަށްވީމަ އެ ފިންގަޕްރިންޓްސް ލިބިއްޖެނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ.

The name is already taken The name is available. Register?

ސީނި

19 April 2023

އަންގި އެއް ލައްވައިގެން ކަންނޭގެ ތަޅުގަ ހިފާނީ

The name is already taken The name is available. Register?

އަގާތާ ކްރިސްޓީ

18 April 2023

ބަނޑުގަ ހުރި ކާ އެއްޗެހި ތަހުލީލު ކުރީމަ އެނގޭނެ ގާތްގަނޑަކަށް ލަފާލުރަން މަރުވިތާ ވީ ކިހާ ވަގުތެއްކަން. ބޮޑީގަ ގާތިލުގެ ކޮންމެވެސް އަސަރެއް ހުންނާނެ. އިނގިލީގެ ނިޝާން. އިސްތަށި. އަނެއްކާ ތަޅުގަ ހިފި ބަޔަކު ހިފާނީ ބޭރުން. އެތެރޭގެ ތަޅުގަ އެންމެ ފަހުން ހިފާނީ ގާތިލެއްނު.

The name is already taken The name is available. Register?

ހެކި

18 April 2023

ހަގީގަތަކީ ބަޔަކު ގޮސް ތަޅުގަ ހިފީ ބޭރުން، ތަޅު ހުރީ ތަޅުލާފަ،!! އެކަން އެހެން ވެއްޖެ ނަމަ މާނަ އަކީ ތަޅުގެ އެތެރެ ފަރާތުގެ ފިންގަ ޕުރިންޓް ހުންނަން ޖެހޭނޭ ސަލާމަތުން،، ގާތިލު ދޮރު ތަޅުލަން އެތެރެ ފަރާތުގަ ހުންނާނެ އަތްލައިފަ!!! އެ ފިންގަ ޕުރިންޓް ނެގޭނެ ކަމަށް ބެލެވެނީ..!! ހުރިހާ ދިވެހިންގެ ފިންގަ ޕުރިންޓް ހުންނަން ޖެހޭނެ ދިވެހި ރާއްޖޭގެ އަޱީ ކާޱު ޔުނިޓް ގަ!!! މީ މަށައް ވިސްނޭ ގޮތް

The name is already taken The name is available. Register?

ފޮޅިހާ

18 April 2023

މަރާލި ދުވަހެއް ނުވަތަ ވަގުތެއް ނޭނގޭއިރު ހަށިގަނޑު ޕޯސްޓްމޯޓަމް ނަހަދާ ވަޅުލުން ގޯސް

The name is already taken The name is available. Register?

ސޭޝް

18 April 2023

ފޮރެންސިކް ހެކި ގިނަ ކަމުން ވަޅުލީ އޯ.

The name is already taken The name is available. Register?

ފޮރެންސިކްބެ

18 April 2023

ސިހުރު ހަދާ ކަމަށް އަޑު އަރާފަ އޮތިއްޔާ ހަރުކަށި ފިކުރާ ގުޅިފަ އޮތް މަރެއް ކަމަށް ބެލެވޭ. ކަރުބުރިކުރަން އުޅެފަ އޮތީމަ އަދި މާޝައްކު

The name is already taken The name is available. Register?

ސާމިޔާ

18 April 2023

ހަބަރުތަށް ބުނާގޮތުން މަނަދޫ އަކީ 500 އެއްހާ އިންޑިޔާ ބިދޭސީން އުޅޭ ރަށެށް.އިންޑިޔާ އަކީ ދުވާލަކު އެތަށް ޖަރީމާއެއް ހިންގާ ތަނެއް.އިންޑިޔާ މީހުން ކަމަކައް ނުވާނެބާ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454