މަދޫރީ (ކ) އާއި ޓިކް ކުކް ވަދާ ޕަވް ކަނީ
18 އެޕްރީލް 2023 - 11:24
އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް އިންޑިއާއަށް ކުރައްވަމުން ގެންދާ ދަތުރުގައި ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް އިންޑިއާގެ މީރު ކެއުމަކުން ކުކަށް މަރުހަބާ ކިޔައިފި އެވެ.
މަދޫރީއާ އެކު ކާން އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކުރަމުން ކުކް ބުނީ، އިންޑިއާގެ ކެއުމެއް ކަމަށްވާ "ވަދާ ޕަވް" އޭނާ އަށް ތައާރަފްކޮށްދިން ކަމަށްޓަކައި މަދޫރީއަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ކުކް ބުނީ އެ ކެެއުން ވަރަށް މީރު ކަމަށެވެ.
Thanks @madhuridixit for introducing me to my very first Vada Pav — it was delicious! https://t.co/Th40jqAEGa
— Tim Cook (@tim_cook) April 17, 2023
މަދޫރީގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ކުކަށް މަރުހަބާ ކިޔަން ވަދާ ޕަވް އަށް ވުރެ ރަނގަޅު އެއްޗެއް ނުފެނުނު ކަމަށެވެ.
ކުކް މިވަގުތު އިންޑިއާ އަށް ވަޑައިގެން އުޅުއްވަނީ އެޕަލް އިން ފުރަތަމަ ފަހަރަށް އެ ގައުމުގައި ރީޓެއިލް ފިހާރައެއް ހުޅުވުމަށެވެ. ވަރަށް އަވަހަށް މުމްބާއީ އާއި ދިއްލީގައި އެޕަލް ފިހާރަ ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިލްމީ
20 April 2023
ޓިމްކުކް ގާތުބުނޭ އިންޑިއާ ނިންމާފަ ރާއްޖޭގަ އެޕަލްގެ ރީޓެއިލް ފިހާރަ ހުޅުވަން އަންނާށޭ ހއ ހޯރަފުށީ އެއްފިހާރަ ސ ހިތދޫ އެއްފިހާރަ
ގެދާނޯމޮސް
19 April 2023
ދީނީ އިންޑިޔާގެ ކޮންދީނެއްކަމެއް ނޭންގުނެވެެ.
އެޕަލްއޭ
18 April 2023
މަދޫރީއަށް ބަދަލުގައި އެޕަލްއެއް ދިންނަމަ ދެން.
ރަދީފު ބިން ރަފައިދާ
18 April 2023
މަދޫރީއަކީ ނެށުމުގެ ރާނީއޭ ބުނެއުޅޭ. ޓިމާއެކޮށް ނަށާލިނަމަ ކިހާ އޭނާ އުފާވީސް. ތިކެއުން އޭނާއަށް ލިބުނީސް ބައްޗުހޮޓަލަށް ދިޔަސް.