ވިޔަފާރި

ޕްލާސްޓިކް ކޮތަޅުގެ އަގު ހަތަރު ގުނަ ބޮޑުވެއްޖެ

މީހަކު ވިޔަފާރިކުރި ތަކެތި ޕްލާސްޓިކް ކޮތަޅަކަށް އަޅައިގެން ގެންދަނީ. މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގޭނެ -- ފައިލް ފޮޓޯ: މިހާރު

ވިޔަފާރި ކުރާއިރު ޕްލާސްޓިކް ކޮތަޅު ދިނުމާއި ވިއްކުމުގައި ކޮންމެ ކޮތަޅަކް'ަށް ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ހަތަރު ގުނައަށް އުފުލިއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ރީޓެއިލް ވިޔަފާރިވެރިއަކު ބުނީ، ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު މިއަދުން ފެށިގެން ހަތަރު ގުނަ ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، ދެން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ނުދެވޭނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަށް 100 ކޮތަޅުގެ ބޮނޑިއެއް މި ހުރިހާ ދުވަހަކު ލިބުނީ 85ރ. އަށް. އެކަމަކު މިހާރު އެއަށް އެބަ ދައްކަން ޖެހޭ 285ރ. އެހެންވީމާ، ކަސްޓަމަރުންގެ އަތުން 2ރ. ގެ ފީއެއް ނަގައިގެން ލިބޭނީ ބޮޑު ގެއްލުމެއް. އެހެންވީމާ، ކޮތަޅުގެ އަގަށް 3ރ. އާއި ކޮތަޅުގެ ފީގެ ގޮތުގައި ނަގަން ލާޒިމުކޮށްފައިވާ 2ރ. އާ އެކު ކަސްޓަމަރުގެ އަތުން ޖުމްލަ 5ރ. ނަގަން ޖެހޭނެ،" އޭނާ ބުންޏެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގަ އެވެ.

މީގެ ކުރިން ރީޓެއިލް ވިޔަފާރިތަކަށް އެންމެ ކުޑަ ސައިޒްގެ ކޮތަޅެއް ލިބެނީ 5ލ. އާއި 10ލ. އާ ދެމެދުގަ އެވެ. އެކަމަކު 2ރ. ގެ ފީއާ އެކު ކޮތަޅެއްގެ އަގު ވަނީ 2.50ރ. އާއި 2.85ރ. އަށް ބޮޑުވެފަ އެވެ. ކުރިން ކުދި ކޮތަޅުގެ 100 ކޮތަޅު 20ރ. އަށް ލިބެ އެވެ. އަދި ބޮޑު ރަތް ކޮތަޅު ބޮނޑިއެއް 60ރ. އާއި 85ރ. އާ ދެމެދުގެ އަގަކަށް ލިބެ އެވެ.

ކުރިން ކޮތަޅު ވިއްކި އަގު

- އެންމެ ކުދި ކޮތަޅު: 100 ޕީސް 16ރ.

- މީޑިއަމް ކޮތަޅު: 100 ޕީސް 20ރ.

- ބޮޑު ކޮތަޅު: 100 ޕީސް 25ރ.

- އެންމެ ބޮޑު ކޮތަޅު: 100 ޕީސް 60ރ.

ކޮތަޅުގެ އަގަށް އައި ބަދަލު

- އެންމެ ކުދި ކޮތަޅު: 100 ޕީސް 220ރ.

- މީޑިއަމް ކޮތަޅު: 100 ޕީސް 228ރ.

- ބޮޑު ކޮތަޅު: 100 ޕީސް 230ރ.

- އެންމެ ބޮޑު ކޮތަޅު: 100 ޕީސް 270ރ.

174 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓާރ. ބަނާނާ

20 April 2023

05 އަހަރު ވެރިކަމެއް ނިމިގެން ދާއިރު ކާއެތިކޮޅު އަޅަން ބޭނުން ކުރާ ރަބަރު ކޮތަޅަށް އެއްވެސް ގޮތެއް ހޯދައި ނުދެވި 16 ރުފިޔާ އަށް ވިއްކަމުން އައި ކޮތަޅު 220 ރުފިޔާއަށް ވިއްކާ ރައްޔިތުން ފެލާއިރު ކަލޭމެން ލަދުކޮބާ!

The name is already taken The name is available. Register?

ލިކާ

20 April 2023

ރިޔާސީ އިންތިހާބައް ކުރިމަތިލާ ފަރާތްތައް އޯލެވެލު ފެންވަރުހުރުން ސަރުތުކުރަން ޖެހޭ

The name is already taken The name is available. Register?

އަހައްމަދޫ

19 April 2023

އިބޫ ހެވިފަ. ޝައުނާ ހެވިފަ. މީރާ ހެވިފަ. ރައްޔަތުން ހަނާވަނީ

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

19 April 2023

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ކަންކަން ފަސޭހަކޮށް ފަހިކުރުން އެނޫން ގޮތްގޮތަށް ސަރުކާރަށް ޖިޒީ ދައްކަންޖެހޭ ނަމަ އެކުރެވެނީ އުނދަގުލާ ދުއްތުރާލެވެ. މިއަހަރު ފެށުނީ ބޮޑުކުރި ޖީއެސްޓީ އާއެކު އަނެއްކާ ވެސް އިތުރު ޖިޒީއެއް ސަރުކާރަށް (ކޮތަޅަކުން 2ރ) ދައްކަން ޖެހުނީއެވެ. ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށަން ޖެހޭނީ އާންމުންނަށް އެހެން ގޮތްތަކެއް ހޯދައިދީފައެވެ.

The name is already taken The name is available. Register?

ނަގުދު

19 April 2023

ތިމާވެށީއޭ ކިޔައިގެން އާއްމު ރައްޔިތުންނަ އުދަގޫ ކުރުންނޫން ގޮތެއްނެތެވެ. ތިމާވެށީ ހިމާޔަތް ކުރާއިރު ބޮޑެތި ފަޅުތަށް ހިއްކަނީއެވެ. އަދި ބަދަރު ހަދާށޭ ކިޔާފައި މުޅިރަށް ވަށާ ކަޑާއިގެން ރިވެޓްވޯލް އޭ ކިޔައިގެން ތޮށި އާ މުރަކަތަށް ހަލާކުރަނީއެވެ. ރަށުގެ ވަކިހިސާބަކުން ބޮޑުހިލަ ޖެހީމާ ވެސް ރަށުގެ ގޮޑުދޮށް ގިރައިގެންދަނީއެވެ. މީ ސަރުކާރުތަކަށް މާބޮޑު ކަމަކަށް ނުވިއެވެ. ރައްޔިތުން އަތުން ފައިސާ ލިބޭނީ ކޮތަޅުން ޓެކްސް ނެގީމާ ނޫންތޯއެވެ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

19 April 2023

މިކާމާ ސަރުކާރުދެކެ ރުޅި އަންނައްޖެހޭ ސަބެއް އޮތްކަމުގަ ނުދެކެން! ކޮތަޅައް އަގުނާގާގޮތް ހަމަޖެއްސީ ޑިމާން ކޮތަޅައް ޑިމާން ކުކުރަން ކަމުގަ ވާނަމަ މަގުސަދު ހާސިލުވެއްޖެ ނޫން! އަޅުގަނޑު ތިކޮތަޅު ބޭން ނުކުރާތާ ކިތެމެ ޒަމާނެއް! ކުޑަމިނުން މަސްގަންނައް ދާއިރުވެސް ދަނީ ބާލުއްޖެއް ހިފައިގެން

The name is already taken The name is available. Register?

ސަލިމާ

19 April 2023

ސުކުރިއްޔާ ސޯލިހް. މީސަޅި އީދު ހަދިޔާއެއް.

The name is already taken The name is available. Register?

އެމީހ

19 April 2023

ކުރަާނެކަމެއް ނެތް. މީގެ ފަހުން ވެމްކޯއަށް ދެވޭނީ ކުނިކޮޅު އެކަނި. ކޮތަޅަކަށް ނުލެވޭނެ.

The name is already taken The name is available. Register?

އިސްމާލި

19 April 2023

ދޮން މީހުން ކައިރިން ކިޔަވައިގެން އައިސް ދޮންމީހުން އުޅޭގޮތަށް އުޅެ ދޮންމީހުންގެ އެކްސެންޓްއިން ވާހަކަދައްކާ ވޯކް ޅަ ކުދިން ރައީސް އޮފީހުގެ ޕޮލިސީ ހަދަން ލީމައި ވާނެ ހައެތި މި ވަނީ. އެމީހުނަކަށް ނޭނގޭނެ ދިވެހިން ޕްލާސްޓިކު ކޮތަޅުން ކުރާ ބޭނުމެއްވެސް. ކޮންމެސް ދޮން އެންޖީއޯ އަކުން ޕްލާސްޓިކް ބޭގް ބޭން އޭ ބުނާއިރަށް އެ ޓްރެންޑް ފޮލޯ ކުރަންވީ. ޕްރެކްޓިކަލީ ކުރާނެ ގޮތެއް ނޭނގެ. ދެން މަޖިލީހުގައި ބާރު އޮތީމަ ގުންފައި ޖަހާފަ ގާނޫނު ހަދަނީ.

The name is already taken The name is available. Register?

ރަބީއުމ

19 April 2023

ކޮތަޅު އަގުބޮޑު ކުރަންޖެހެނީ ކޮން ގާނޫނަކުންތޯ؟ ވިއްކާ ކޮތަޅުން 2ރުފިޔާ ނަގާކަށް ގާނޫނަކުނޯވޭ. ގަންނަ ކޮތަޅުބޮނޑި ގެންދަން އެހެން ކޮތަޅަކަށް ލާނަމަ އެކޮތަޅަށް 2ރުފިޔާ ނަގަންޖެހެނީ. ވިޔަފާރުވެރިން ރައްޔިތުންނަށް އޮޅުވާލާ ކޮތަޅުން ފައިދާ ނަގަން ދިމާކުރަނީދޯ؟ މީރާއިން އެބަޖެހޭމިކަން ރައްޔިތުންނަށް ސާފުކޮށްދޭން.

The name is already taken The name is available. Register?

ރައީސް އިބޫ

19 April 2023

ޤާނޫނާއި ގަވާއިދު ކިޔުމަށްފަހު ކޮމެންޓް ކުރުން އެދެން

The name is already taken The name is available. Register?

ގާނޫނު

20 April 2023

ޢެގާނޫނާައި ގަވާއިދު މިނިސްޓްރީއަކަށް އަދި މީރާ އަކަށް ވެސް އިގޭހެނެށް ހިޔެއްނުވޭ. ވާނުވާ ބޮޑު ޖޯކެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454