ހޯގާޑް ފުވައްމުަލު ސައިޓުގެ އިމާރާތެއްގައި ރޯވެފައި: މިހާރު ވަނީ އަލިފާން ނިއްވާލާފައި.
18 އެޕްރީލް 2023 - 14:22
ފުވައްމުލަކު ބަނދަރު މަސައްކަތް ކުރާ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ކުންފުނީގެ ސައިޓުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.
އަލިފާން ރޯވީ އެ ކުންފުނީގެ ބައްދަލުވުންތައް ބޭއްވުމަށާއި ބައެއް ތަކެތި ބެހެއްޓުމަށް ބޭނުންކުރާ އިމާރާތެއްގަ އެވެ. އެއީ ފުވައްމުލަކު، މާލެގަން އަވަށުގައި ހުންނަ ސައިޓެކެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށެވެ. މިހާރު އަލިފާން ނިއްވާލާފައިވާއިރު، މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެތަނުން އަދިވެސް ދުން އަރަމުންދާތީ އެތަން މޮނިޓާ ކުރަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.
ފުވައްމުލަކު ކައުންސިލް މެމްބަރު މުހައްމަދު ނާޖިހު "މިހާރު" އަށް ވިދާޅުވީ ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއްކަން އަދި ނޭނގޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި އެއްކޮށް ވަނީ ރޯވެފަ އެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ބަޔަކު އުޅެ އެވެ.
ޑެންމާކްގެ ހޯގާޑް ކުންފުނިން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ބަނދަރާއި ރިވެޓްމެންޓްގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތް ކުރެ އެވެ.
ފުވައްމުލަކުގައި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދޫ
18 April 2023
ސުތުހީގަ އެއޮތީ ރަނގަޅަކަށް ނޫން. އެމްޓީ ހޯގާޑުން ފުވައްމުލަކު ބަނދަރުގެ މަސައްކަތެއް ނޫން ކުރަނީކީ. އެކުންފުނިން ކުރަނީ ފުވައްމުލަކު އިރުއުތުރު ފަރާތުގަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް...