ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން.-- ފޮޓޯ: މަޖިލިސް
19 އެޕްރީލް 2023 - 13:24
ރިސޯޓުތަކުގެ މުހިއްމު ޑިޕާޓްމަންޓުތައް ހިންގަނީ "ކާޓެލް" އެއް ގޮތަށް ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސައިން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި ރިސޯޓު މެނޭޖަރުކަމާއި އެޗްއާރު މެނޭޖަރު އަދި ޗީފް އެކައުންޓެންޓުންގެ މަގާމަށް ދިވެހިން ހަމަޖެއްސުމާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އަލީ ހުސައިން ވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވި އިރު ވެސް ރިސޯޓުތަކުގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީނު ކުރެވޭނީ ކޮން ދުވަހަކުންތޯ ސުވާލު އުފައްދައިފަ އެވެ.
އޭނާ ވިދާޅުވީ، އެކި ދާއިރާތަކަށް މީހުން ތަމްރީނު ކުރަން ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށީ ވެސް މުހިއްމު ކަންތައްތައް ނުކޮށް ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އޯ ލެވެލް ނިންމާ ގޮތަށް ފައުންޑޭޝަން ހެދުމަށް ސަރުކާރުގެ ޔުނިވާސިޓީތަކާއި އަމިއްލަ ކޮލެޖުތަކުން ބާރު އެޅުމެވެ.
އެކަމަކު، އޭ ލެވެލް ނިންމުމަށް ފަހު، މަތީ ތައުލީމު ހާސިލް ކުރަން ސަރުކާރުން ވިސްނައި ދޭންޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އެހެންވެ، ހާލަތު ބަދަލުކުރަން ދައުލަތުން "ހެސްކިޔާފައި" މަސައްކަތް ކޮށްގެން ނޫނީ މި ކަމެއް ކާމިޔާބީއެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ދިމާވި ކަމެއްގެ ތަޖުރިބާގެ އަލީގައި އަލީ ހުސައިން ވިދާޅުވީ، އޭސީސީއޭ އާއި ސީމާ ނިންމުމަށް ފަހު، ދެ ރައްޓެއްސަކު، ވަރަށް ގިނަ ރިސޯޓުތަކުގެ އެކައުންޓެންޓުގެ މަގާމަށް ކުރިމަތިލި ކަމަށާއި އެކަމަކު އެއްވެސް ތަނަކުން ވަޒީފާއެއް ނުލިބުނު ކަމަށެވެ.
"އެކައުންޓިންގެ ދާއިރާ އަށް ބެލިއަސް ވަކި ކާޓަލްއަކުން ހިންގާ ތަނެއް. ހަމަ އެ ގޮތަށް އެޗްއާރުގެ ދާއިރާ އަކީ ވެސް ވަކި ބަޔަކު ހިންގާ ތަނެއް. ވަކި ގައުމަކަށް ނިސްބަތްވާ ބަޔަކު މި ތަންތަން ހިންގަނީ. އަދި ޕާޗޭސް މެނޭޖަރުކަމަށް އަދި އަމުދުން ބަލައިފިއްޔާ މި ހިންގާނީ މުޅިން އެހެން ބަޔަކު،" އަލީ ހުސައިން ވިދާޅުވި އެވެ.
"އެހެންވީމާ، ވަކި ބަޔަކު ކޮންޓްރޯލް ކޮށްގެން، ވަކި ބަޔަކަށް ނޫނީ ވަޒީފާ ނުލިބޭ ތަންތަން މި ހުރީ."
އަލީ ހުސައިން ވިދާޅުވިގޮތުގައި، މަޖިލީހުގެ މެމްބަރެއްގެ ހިއްސާ އޮންނަ ރިސޯޓުގެ ބޭރު ޕާޗޭސް މެނޭޖަރު ވަކިކުރުމަށް ފަހު، އެ ތަން ސީދާ އެ މެމްބަރުގެ ބެއްލެވުމުގެ ދަށުން ހިންގަން ފެށުމުން އަހަރަކު ތިން މިލިއަން ޑޮލަރު ސަލާމަތްވާން ފެށި އެވެ.
އެކަމަކު، އެއީ ކޮން މެމްބަރެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވިދާޅުވީ ޖާބިރު ހުށަހެޅުއްވީ ވަރަށް މުހިއްމު ގަރާރެއް ކަމަށެވެ. އެ ވާހަކަ ތަކުރާރުކޮށް ވެސް ދައްކަންޖެހެނީ ހާލަތު ބަދަލުނުވާތީ ކަމަށާއި ރާއްޖޭގެ މައި އިންޑަސްޓްރީގެ ފޮނި މީރު ކަން ދިވެހިންނަށް ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިސޯޓުތަކުގައި ބިދޭސީންނަށް ތިބެވޭނީ 55 ޕަސެންޓަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާއިން އެންގިއަސް މި ފަހުން ނެރުނު ބޯހިމެނުމުގެ ނަތީޖާއިން ދައްކަނީ އެހެން މަންޒަރެކެވެ.
މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރިސޯޓުތަކުގައި 70 ޕަސެންޓު ބިދޭސީން 30 ޕަސެންޓު ދިވެހިން އުޅޭ ކަމަށް ބޯހިމެނުމުގެ ނަތީޖާ އިން ދައްކާ ކަމަށެވެ.
އެކަމާ ގުޅިގެން އަލީ ހުސެއިން ވިދާޅުވީ އެއީ އެކަން ވާނެ ގޮތް ކަމަށެވެ. ކޮންމެ ސަރުކާރެއްގައި ވިޔަސް ޓޫރިޒަމް މިނިސްޓަރަކު ބ. އަތޮޅަށް ވަޑައިގަންނަވާ ނަމަ ހުންނަވާނީ ސޮނެވާ ފުށީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހުން ދިރިއުޅޭ ރަށެއްގައި ދުވަހަކު ވެސް މަޑެއް ނުކުރައްވާނެ. މިކަން ބަދަލު ނުވާހާ ހިނދަކު އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން މި ކުރަން އުޅޭ ކަންތައްތަކެއް ބަދަލެއް ނުވާނެ، ހަގީގީ އިސްލާހެއް ނުގެނެވޭނެ." އަލީ ހުސައިން ވިދާޅުވި އެވެ.
އެކަމަކު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، އޭނާގެ ތާއީދު އެ ގަރާރަށް ނެތް ކަމަށެވެ. ވިދާޅުވީ އެ މަގާމުތައް ހަމައެކަނި ދިވެހިންނަށް ހަމަޖައްސައިފި ނަމަ ޓޫރިޒަމް އިންޑަސްޓްރީ ފުނޑުފުނޑުވާނެ ކަމަށެވެ.
ޗުއްޓީއަށް ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުންނަކީ އިނގިރޭސިން ވާހަކަ ދައްކަން އެނގޭ ބަޔަކަށް ނުވާތީ، އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާ އަދި ޖަރުމަނު ފަދަ ބަސްތަކުން ވާހަކަ ދައްކާ މީހުން ތިބެން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސް މަގާމުތަކަށް ދިވެހިން ބޭނުންވާ ކަމަށެވެ. އެކަމަކު، ދާއިރާ ހަލާކުވެދާނެތީ މި ގަރާރަށް ތާއީދުނުކުރައްވަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަޙްމަދު ނަސީމް
24 April 2023
ރިސޯޓްތަކުގެ ވަޒީފާ ތައް އެއީ ވަރަށް ބައިވަރު މަައްސަލަތައްއެއީ ،ހައްލުވާން ޖެހޭ ހައްލު ކުރެވިއްޖެ ވަރަށް ގިނަ ދިވެހިން ރަނގަޅު މަގާމް ތަކަށް ގޮސް މުޅި ސިނާއަތަށް ހެޔޮބަދަލު ފެންނާނެ ކަމެއް
އަސްލު...
21 April 2023
ރަޢިސް ސޯލިހުއަކީ އެމަނިކުފާނުގެ ހަޔާތުގައި ވައްކަމުގެ' އަނިޔާވެރިވި ކަމުގެ ރިޝްވަތުގެ' ދައުލަތާއި ގައުމަށް ގެއްލުމެއްދީ އެފަދަ ކަމެއްގައި ބައިވެރިވި ފަރާތެއްކަން ސާބިތުވެފައި ނުވާއިރު އެފަދަ ތުހުމަތު އަޅުވަނީ އަލީ ދެވަނަދައުރަކަށް މަޖިލީހަށް ދެވޭނެ ގޮތަކީ އެއީކަމަށް ދެކިގެން ކަމަށް ވާނަމަ ވަރަށް ދެރަ...50%ވުރެމަތިން ތައައްޔަދު ލިބިގެން ހުންނެވީ ރައީސް، އަލީ ހޮފިފައި ވަނީ ރައްޔަތުންގެ 1% ހަމަނުވާ ވަރުގެ ވޯޓުން ކަން ހަދާންނުގައި ބަހައްޓަވާ.
ވަަރަށް ވާހަކަ
23 April 2023
ކޮންމެ ވާހަކައެއް ބޭފުޅާ ދައްކަނީ ކޯޓުން ހުކުމް ކުރީމަތަ؟ ވައްކަމަ ކޮރަޕްޝަން ހިންގަން ފެށީމާ ފުރުތަމަ ދެކެވޭނީ ވަހަކަ. މިހާރު ސަރުކާރުން ފެލާ ގޮތް ކަމަކުނުދޭ.
ޙަގީގަތޯ
20 April 2023
ވިލާ ޕެރެޑައިސް ރިސޯޓުގަ ގާތްގަޑަކަށް 900 ސުޓާފުން މަސައްކަތް ކުރާއިރު 100 ދިވެހިން ހަމަނުވޭ. މެނޭޖްމެންޓުގަ އިސްކޮށް ތިބީ ދިވެހިން ކަމުނުދާ ވ. ނާގާބިލް ފަރުވާ ކުޑަ ދިވެހިން. މިކަންތައް ބަލަނީ ކާކުބާ!؟ ޕޯޑިއަން ތަކުގަ އަޑުންއަޑުނަގާ މަބޭނުމީ ވެރިކަމޯ.
އަންދަލޫސިޔާ
20 April 2023
އެހެންވެ ދޯ ރިޒޯޓް ބޮޑު މީހާއަށް ސަނާކިއުމުގަ ޢުމުރު ދުއްވާލަނީ؟ ނައިބު ކަން މިފަހަރު އޮފަރ ނުކުރަނީތަ އެހާ ރުޅިގަދަވީ؟
ވަންއޮފްއަސް
20 April 2023
ދިވެހި ރައްޔިތުންގެ ހައްގުތައް ނުލިބެނީ މަވޯޓާ ޝަރީފު ކަހަލަ 'އަންސިވިލައިޒްޑް' މީހުން މަޖިލީހުގަ ތައްޔިތުން ތަމްސީލުކުރަން ހޮވާފަ ތިބީމަ! ތި މަޖިލިސް ތެރެއިން ރިސޯޓު އޯނަރުން ގަބޫލު ނުވާ ބިލެއް ފާސްކުރާކަށް ހަމަލާހިކެއްނޫން! ދިވެހިރާއްޖޭގަ ހުރިއްޔާ ހުރި ރައްތަކެއް 99 އަހަރަށް ނަގާގެން އެތިބީ އަމިއްލަ ތަރިކަ އަކައް ހަދާގެން! މިހާރުވެސް ގިނަ ބޭރު މެނޭޖްމެންޓް ތަންތަން ދިވެހިންނަށް މާ ރަގަޅު، ސާވިސްޗަޖް ވެސް ބޮޑުވީ ބޭރުމެނޭޖްމެންޓް ގެ ސަބަބުން!
އައުރތު ވިލާ
20 April 2023
އެޗްއާރު މެނޭޖަރުންނަށް ޕިލިޕީންސް މީހުން، އިންޑިއާ މީހުން ހިއުމަން ރިސޯސްގަ ބޭރުމީހުން ތިބެގެން ދިވެހިން ހޯދާނެ ގޮތެއް ނޯންނާނެ. ރިސޯޓުން ވަޒީފާތަކަށް ބޭރުން އަންނަ ކޮންމެ މީހަކުއަތުން 4000-6000 ޑޮލާރ ނަގާ. މިއީ ބޮޑު ކޮރައްޕްޟަން ހާއްޔެއް. ރިސޯޓުތަކުގެ ވެރިންނަށްތިބި ދިވެހިން ބޭނުމެއްނުވޭ ދިވެހިންނަށް ވަޒީފާ ދޭކަށް. ދިވެހިންނަށް ކުރިއެރުން ލީބޭކަށް. ކާރީ ރިސޯޓުތަކަށް ރޯދަ ވީއްލުމަކަށް ދިޔައިރު ދިވެއްސަކު ފެނުނު ކަމަކަށް ނުވޭ.
އިކުރާމު
20 April 2023
މަވޯޓާ އަކީ ދިވެހިންނައް އިތުބާރު ނުކުރައްވާބޭފުޅޭއްތޯ.. ވޯޓުހޯދަންވެސް ދެން ވަޑައިގަންނަވާ ބޭރުމީހުން ގާތަށް
ރިސޯޓް ބޯއީ
20 April 2023
ތިމަވޯޓާ ސަރީފަކީ މަޖިލިހުން ބޭރުކުރަންވެފަ ހުރިމީހެއް
ސަލްލާ
20 April 2023
އަލީ އަކީ މިނިވަން ފިކުރުގެ ހިޔާލީ މީހެއް! އެކަމަކު ގާސިމްގެ އަޅެއް! ކަންކަމުގައި މިނިވަންކޮށް ވިސްނުމަކީ ބޭނުންތެރި ކަމެއް! އެހެނަސް އަލީ ވަނީ ގާސިމްގެ “އަމިއްލަ އެދުމުގެ” ޕަޓީގައި ތާށިވެފަ! ކީއްވެ؟
އޮނަރަބްލް އަފީފު ދީދީ
20 April 2023
ދައުލަތާއި ރައްޔަށްޙިއްސާވާ ޕަބްލިކްކުންފުނި ބީއެމްއެލްގެ CEO ކަމުގެމަޤާމަކީވެސް މަވޯޓާއެބުނާފަދަ ބިދޭސީ ޕާސްޕޯޓްގެވެރިއަކަށްނޫނީ ޙައްޤުވެގެންވާ މަޤާމެއްނޫން. # ބެންކަށް 50 އަހަރު ވާންއުޅޭއިރުވެސް އެމަޤާމްފުރާލެވޭނެ ދިވެއްސަކު ތަމްރީނު ކުރެވުނުކަމަކަށްނުވި. މަޖާތަންކޮޅަކީ "ބޭރުންގެންނަ މޮޅު ސީއީއޯގެ ދަށަށް ތިއްބަވާ ޑިޕިއުޓީންގެ ހާލު" ހުރިގޮތް. މިމަޤާމްގައި ސިންގަޕޯރް އަންހެނަކާއި އިޤިރޭސި ފިރިހެނަކު ހުރިއިރު ބެންކް އެންމެބޮޑަށް ލަދުގަންނުވާލީ.