ދުނިޔޭގެ ކުޅިވަރު / ޗެމްޕިއަންސް ލީގު

ރެއާލް ސެމީ އަށް، ޗެލްސީ އަށް ސީޒަން ނިމިއްޖެ

ރެއާލް މެޑްރިޑުގެ ވިނީޝިއަސް ޖޫނިއާ (ކ) އަތުން ބޯޅަ ހޯދުމަށް ޗެލްސީގެ ރަހީމް ސްޓާލިން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

އިންގްލެންޑުގެ ޗެލްސީ 2-0 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުގެ ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ރޭ ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ދެ ލެގު ވެސް ރެއާލުން 2-0 އިން ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ދެ ލެގުގެ އެގްރިގޭޓުން ކުރި ލިބުނީ 4-0 އިންނެވެ.

ޕްރިމިއާ ލީގުގައި ފޯމުން ކަޓާފައިވާ ޗެލްސީން އަމިއްލަ ދަނޑުގައި ރޭ މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އެ ޓީމަށް ވަނީ ރެއާލް ޕްރެޝަރަށް ވައްޓާލަން، ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

އެކަމަކު މެޗުގެ ކުރީކޮޅު އެންގޯލޯ ކާންޓޭ އަށް އަދި ހާފުގެ ފަހުކޮޅު މާކް ކުކުރެލާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ވެސް ކާންޓޭ އަތުން ފުރުސަތެއް ބޭކާރުވި އެވެ.

އޭގެ ފައިދާ ނަގައި ރޮޑްރީގޯ ވަނީ ދެ ވަނަ ހާފުގައި ދެ ގޯލް ޖަހައި ރެއާލަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ. ފުރަތަމަ ގޯލް 58 ވަނަ މިނެޓުގައި ޖެހީ ވިނީޝިއަސް ޖޫނިއާ ދިން ބޯޅައަކުންނެވެ. އަދި ދެ ވަނަ ގޯލް 80 ވނަ މިނެޓުގައި ވައްދާލީ ފެޑެރިކޯ ވަލްވާޑޭ ދިން ޕާހަކުންނެވެ.

ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ކޮލިފައިވުމުން އުފާވާ ކަމަށާއި އެކަމަކު މި މެޗުގައި އެ ޓީމަށް އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ.

"ފުރަތަމަ ހާފުގައި އަހަރެމެންނަށް ވަރަށް މަސައްކަތުން ސްކޯ 0-0 ގައި ހިފެހެއްޓުނީ. އެކަމަކު ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި،" އަންޗެލޮޓީ ބުންޏެވެ.

ޗެމްޕިއަންސް ލީގުން ކެޓުމާ އެކު ޗެލްސީ އަށް މި ސީޒަން ނިމުނީ އެވެ. ޕްރިމިއާ ލީގުގައި އެ ޓީމު އޮތް ހިސާބަށް ބަލާއިރު އަންނަ ސީޒަނުގެ ޔޫރަޕުގެ މުބާރާތަކަށް ކޮލިފައިވުމަކީ ނާދިރުކަމެކެވެ.

ކްލަބާ އަލަށް ހަވާލުވި އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީ ބޮޑު ހަރަދުތަކެއްކޮށް މޮޅު ކުޅުންތެރިން ގެނައި ނަމަވެސް ޗެލްސީ މި ސީޒަނުގައި ފެންނަނީ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮއްވަ އެވެ. މައްސަލަތަކުގެ ފެށުމަކީ، ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ތޯމަސް ޓުޗެލް ސީޒަނުގެ ވަރަށް ކުރީކޮޅު ނަތީޖާ ދަށްވުމުން ކުއްލި ގޮތަކަށް ވަކިކުރުމުންނެވެ.

ދެން ގެނައީ މާބޮޑު ތަޖުރިބާއެއް ނެތް ގްރަހަމް ޕޮޓާ އެވެ. އޭނާ އަށް ވެސް ބަދަލެއް ނުގެނެވުމުން ވަގުތީ ގޮތުން ޓީމު ހަވާލުކުރީ ފްރޭންކް ލަމްޕާޑްއާ އެއެވެ. އެކަމަކު ކުރިން އެ ޓީމަށް ކުޅެ، ކޯޗުކަން ވެސް ކޮށްދިން ލަމްޕާޑަށް އަދި މޮޅެއް ހޯދައިނުދެވެ އެވެ.

ލަމްޕާޑަށް ޗެލްސީގައި ކުރިން ކޯޗުކޮށްދިން އަންޗެލޮޓީގެ ކޯޗުކަމުގައި ރެއާލުން ޗެމްޕިއަންސް ލީގުގެ އިތުރު ސެމީ ފައިނަލަކަށް ދިޔަ ނަމަވެސް ސްޕެނިޝް ލީގުގައި އޮތީ ރަނގަޅު ފޯމެއްގަ އެއް ނޫނެވެ. ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު އޮތީ ބާސެލޯނާ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454