ރޮޒައިނާ އާއި އިންތި: އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ މައްސަލަ ވަނީ ޕޮލިހަށް ހުށަހަޅާފައި.
21 އެޕްރީލް 2023 - 14:13
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅުވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އޭނާގެ މައްޗަށް ދޮގު ތުހުމަތު ކުރައްވައި ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ފުލުސް އޮފީހަށް އިންތި ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ނަޝީދަށް ދައުލަތުން ސެކިއުރިޓީ ދިނުމާ ދެކޮޅަށް ރޮޒައިނާ އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާހަކަ ދައްކަވަނީ ނުބައި ނިޔަތަކާ އެކުގައި ކަަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން އެމަނިކުފާނަށް އިތުރު ހަމަލާއެއްގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ތެރެއިން ނަޝީދު އުފައްދަވައި ވަކިން ހިންގަވާ ފިކުރެއްގެ ދިރުން ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ އިންތިގެ ތުހުމަތު ކުށްވެރިކުރައްވައި ރޮޒައިނާ ވިދާޅުވީ އޭނާ އަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އިންތި އުފައްދަވާފައިވާ ކަމަށެވެ. ނަޝީދަށް ގެއްލުމެއް ދޭން އުޅޭ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އިންތި ކުރެއްވުމަކީ އެކަމާ ކަންބޮޑުވެގެން ނަޝީދަށް ތާއީދު ކުރާ ބަޔަކު އޭނާ އަށް ހަމަލާއެއް ދީފާނެ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ހަމައެކަނި ރ ނަޝީދަށް ޓާގެޓްކޮށް،ސިކިޔުރިޓީ ދަށްކުރުމަށް ބާރުއަޅައި ފަހަކަށް އައިސް ތަކުރާރުކޮށް މަޖިލީހުގެ 2މެމްބަރަކު އެކި ފޯރަމްތަކުގަ ވާހަކަފުޅުދައްކަވަމުން ގެންދަވާތީ،އެއީ އިތުރު ހަމަލާއެއް ދިނުމަށް ދުރާލާ ރާވަމުންދާ ރޭވުމެއްކަމަށް ޝައްކުވާތީ @PoliceMv އަށް ހުށަހަޅައިފިން. pic.twitter.com/NGsxaRepL9
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) April 20, 2023
މީގެ ކުރިން އަނދުން ހުސައިންގެ މައްޗަށް ނަޝީދު ތުހުމަތު ކުރެއްވުމުން، އޭނާގެ ފުރާނަޔަށް ނުރައްކާވި ހާލަތްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ އެއްވެސް ހެއްކަކާ ނުލައި ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ ބޮލުގައި ރައީސް ނަޝީދު މަރާލަން އުޅުމުގެ ތުހުމަތު، މާފަންނު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިމްތިޔާޒު ފަހުމީ އެޅުވި މައްސަލަ ދިވެހިންގެ ފުލުހުންގެ ހިދުމަތުން ވީ އެންމެ އަވަހަކަށް ބަލައި ދިނުމެވެ. އަދި މިކަމުގައި ޖިނާއީ ކުށެއްވާނަމަ އެކަމަށް ދައުވާކޮށް ދިނުމަށް އެދެމެވެ." ރޮޒައިނާގެ ސިޓީގައި ވިދާޅުވި އެވެ.
އަޅުގަނޑުގެ ފުރާނަޔަށް ނުރައްކާވާފަދަ ދޮގު ތުހުމަތުތަކެއް @Imthiyazfahmy ކުރައްވާފައިވާތީ އެމައްސަލަ ބަލާދިނުމަށް އެދި @PoliceMv އަށް ހުށަހަޅައިފީމެވެ. ސިޔާސީވުމަކީ އަނެކާއަށް އަނިޔާދޭން އުޅުމެއްނޫނެވެ. އިންތިގެ މި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. pic.twitter.com/M5NEjZeb2u
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 20, 2023
ސިޔާސީ ގޮތުން ނަޝީދާ އެއްބަސް ނުވެވޭ ގިނަކަންކަން މިދުވަސްކޮޅު ހުރެ ފާޑު ކިޔުމަކީ، އެމަނިކުފާނަށް ޖިސްމާނީ އަނިޔާއެއް ލިބުމަށް ބޭނުންވުން ނޫން ކަމަށް ނަޝީދަށް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންމުންދާ ރޮޒައިނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭ ކަމަކަށް ވެސް އަދި ދިނުން ހުއްޓާލާކަށް ވެސް އަދި ދޭގޮތަށް ބަދަލު ގެންނަވާކަށް ވެސް އަޅުގަނޑު ވަކާލާތުކޮށްފައެއް ނުވާނެ އެވެ." ރޮޒައިނާގެ ސިޓީގައި ލިޔުއްވާފައި ވެ އެވެ.
ރޮޒައިނަ ވިދާޅުވީ ދޮގު ތުހުމަތުތަކަކާ އެކު އޭނާގެ މައްސަލަ އިންތި ފުލުހަށް ހުށަހެޅުއްވީ ސިޔާސީ ގޮތުން އޭނާ އާ ބަހުސްކޮށްގެން ވެސް ބަލި ނުކުރެވި އަދި ސިޔާސީ ގޮތުން އަބުރު ކަތިލަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
24 April 2023
ތިޔަ ހުރިހާ ސިޔާސީމީހުން ފަޅުރަށަކަށްލައިފާ މިޤައުމު ރައްޔިތުން ހިންގަންވީ
އައްދިއްޔޯތް!
22 April 2023
މިއޮތީވާކަމެއްދޯ!
ފިކުރޭ
22 April 2023
''ނަޝީދަށް ގެއްލުމެއް ދޭން އުޅޭ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އިންތި ކުރެއްވުމަކީ އެކަމާ ކަންބޮޑުވެގެން ނަޝީދަށް ތާއީދު ކުރާ ބަޔަކު އޭނާ އަށް ހަމަލާއެއް ދީފާނެ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.'' މިއީ ވަރަށް ބޮޑު ތެދެކެވެ.
ހަކަތ
22 April 2023
އެމްޑީޕީ ފަނިއަޅާ ހަލާކުވަމުންދަނީ މިފަދަ މީހުން މިޕާޓީ އާއި ގުޅުމުން
އެތެރޭގެ ޑިމޮކްރަސީ
22 April 2023
އެމް.ޑީ.ޕީ ގެ ގޭތެރޭގައި ސިޔާސަކުދިން އެއްކުއްޖަކު އަނެއް ކުއްޖަކާ ތޮޅެ ހަނގާ ކޮށް ބޮޑާ ހޭކިއަކަސް އެކަމުގެ ތެރެއަށް ފުލުހުން ވައްދާ ފުލުހުންގެ ވަގުތު ބޭކާރުކުރާނެ ކަމެއްނެތް. ޕާރޓީ ގެ އެތެރޭގެ ޑިމޮކްރަސީ މާ ބޮޑަށް ވަރުގަދަވީމަ އެކަކު އަނެކަކު ރޮލާކައި ނޮޅާ ހެދުން އެއީ ޕާރޓީ އިތުރަށް ހަރުދަނާވެ ޕާރޓީގެ ކުރިމަގު އުޖާލާ ވާނެ ކަންކަން. އެކުދިން އެކުދިންގެ ޙާލަށް ދޫކޮށްލާ
ކޮބަ
22 April 2023
ތޮށަލި ތަކުރާ ޖެހުނު ވިގަނި.
ސައިމާ
22 April 2023
ތެންކްޔޫ އިން** ފޮދަ ބިރިޔާނީ
އެކަލޯ
21 April 2023
އަބުރަކީ އެމީހަކުގެ އަމިއްލަ އަގައިން ބުނެވޭ ބަހަކުން / ބަސްތަކަކުން ގެއްލޭ އެއްޗެއްކަންވެސް ޙަނދާންބައްޓާތި، ކަމަނާއަށް އަޅުގަނޑު ކުރި އިހްތިރާމް ގެއްލުނީ މީހަކު ހުށަހެޅިމައްސަލައަކުން ނޫން، ކަމަނާއަށް ވިދާޅުވެވިފައިވާ ބަސްތަކަކުން.
ފީރޯޒު
21 April 2023
ރޮޒޭ ގަދަ' އެންމެ ތަންފުކެށްވެސް ނަސީދުއަށް ދޫނުކުރާތި. ރައީސް ސޯލިހު އާއި ރުޅި ހަދައިލައިގެން ނަސީދަށް ހަމަ އެކަނި ކުރެވޭނެ ކަމަކީ ބޮޑާ ހޭކުން.
ައަހުމަދ
21 April 2023
ނަޝީދަށް ސެކިއުރިޓީ ދޭން ޖެހޭތަ؟
ރުޅިއަށްވުރެ ބުއްދި އިސްކުރޭ
22 April 2023
އެއްވެސް ސުވާލެއްނެތް. ދޭންޖެހޭނެ. މަޖްލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސެއް، މަޖްލީހު މެންބަރެއް، އެބޭފުޅާގެ ފުރާނަ ދުއްވާލަން ބަޔަކު އަބަދުވެސް މަސައްކަތް ކުރާ ކަން ސަލާމަތީ ބާރުތަކަށް އެނގޭ. އޭނާ ކޮންމެ ގޮތަކަށް އުޅުނަސް، އޭނާ އާ މެދު ބަޔަކު ހިތްހަމަ ނުޖެހުނަސް، ޤަނޫނީ ގޮތުން ދައުލަތުން އަދާ ކުރަންޖެހޭ ދައުރާއި ޒިންމާ އަދާކުރަންޖެހޭނެ. އެބޭފުޅާ އަމިއްލައަށް، ތިމަންނާ ސެކިއުރިޓީ ބޭނުމެއްނޫނޭ ބުންޏަސް ސެކިއުރިޓީ ދޭން ޖެހޭނެ
ވަރެއް އޮންނާނެ
22 April 2023
29 މިލިޔަން މާގިނަ. ހަމަނުޖެހުން އުފައްދާ ގެއްލުންދޭ މީހަކަށް ބޮޑު ޚަރަދެއް.