ފަނޑިޔާރު ހަސަން ސައީދު: އޭނާގެ މައްސަލައެއް ޕީޖީ އޮފީހުން ވަނީ ޖޭއެސްސީއަށް ހުށަހަޅާފައި.
23 އެޕްރީލް 2023 - 10:14
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 21 އަހަރުގެ ހިދުމަތަށް ފަހު ފަނޑިޔާރުކަމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ޖޭއެސްސީން ވަނީ ޝަރުއީ ދާއިރާގައި އޭނާ ހޭދަކުރެއްވި މުއްދަތުގެ އަގު އެ ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ވެސް ކުރިން ހުންނެވި ހަސަންގެ މައްސަލައެއް ވެސް ޖޭއެސްސީން ވަރަށް ފަހުން ބެލި އެވެ. އޭނާ 14 ދުވަހަށް ސަސްޕެންޑްކުރީ ފެމިލީ ކޯޓުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ. ނަމަވެސް ހަސަން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މި މަހުގެ 20 ގައި ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީން މިި އަހަރުގެ ފެބްރުއަރީ މަހު ހަސަނަށް ފިޔަވަޅު އެޅީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެ އިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދޭން މަގުފަހި ކޮށްދިން ކަމަށް ބުނެ އެވެ. އެކަމަކު، އޭނާ ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ނިންމުމުން ހަސަންގެ ރެކޯޑް އޮތީ ސާފުވެފަ އެވެ.
ހަސަންގެ އެހެން ބައެއް މައްސަލަތައް ވެސް ޖޭއެސްސީން މީގެ ކުރިން ބަލާފައި ވެ އެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފެމިލީ ކޯޓުގައި މަސައްކަތް ކުރެއްވި ހަސަން 2016 ގައި ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް އޭރު ބެލި މައްސަލައަކާ ގުޅިގެން ޖޭއެސްސީން އެޅި ފިޔަވަޅެއްގެ ތެރެއިންނެވެ. ކްރިމިނަލް ކޯޓަށް ބަދަލުކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ދުވަސް ވަންދެން އޭނާ ސަސްޕެންޝަނުގައި ބެހެއްޓި އެވެ.
ފަނޑިޔާރަކު ރިޓަޔާ ކުރެއްވިއިރު، ލިބިވަޑައިގަންވަމުން ގެންދެވި މުސާރަ އާއި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް އިނާޔަތެއް ދައުލަތުން ދޭނެ އެވެ. އަދި 18 އަހަރު ދަށުގެ ކުދިން ތިބި ނަމަ އެ ކުދިންނަށާއި އަނބިމީހާ/ ފިރިމީހާ އަށް ހެލްތު އިންޝުއަރެންސް ލިބިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
23 April 2023
ޤައުމަށް އިޚްލާސްތެރި ހިދުމަތް ތަކެއް ކޮށްދިން ނަމޫނާ ދަރިއެއް - މާތްﷲގެ ހެޔޮ ރަހުމަތް ލައްވާ ދެދުނިޔޭގެ ބާއްޖަވެރިކަން ހަސަން އާއި އާއިލާއައް މިންވަރު ކޮށް ދެއްވާށި - އާމިން!
ޒައިކާން
23 April 2023
ހަސަން ސައީދުއަށް މަރުހަބާ. އުފާވެރި ދުވަސްތަކަކަށް އެދެން.
ޏނނނނނ
23 April 2023
ހޫން ކޯޓުތަކުގަ އެބައުޅޭ އޮފީހަށް ނުވަދެ ބަރާބަރަށް މުސާރަނަގައިގެން އޯޓީވެސް ހަދައިގެން އުޅޭމީހުން. މިކަހަލަ ކަންކަމާ ދެކޮޅަށް ތއދުވާ ވެރިންވަނީ ނުބައިނުލަފާ މީހުނަށް. ދަރިން ބަލަންޖެހޭތީއޯ އޮފީހަށް ނާދެވެނީ. އޮފީސްތަކުގަ ބުރަކޮށް މަސައްކަތްކުރާ މީހުންވެސް ދަރިންތިއްބަ ވަޒީފާއަށް ދަނީ. މިފަދަ ހިހޫތަނުން ކާލައިގެން އުޅޭ މުވައްޒަފުން ބޭރުކުރަންވީ
ރިޔާޒު ރަށީދު
24 April 2023
ތިޔާ ކަހަލަ ކޮމެންޓެއް މަ މިތާ ލިޔުނީމާ އެ ނުޖެހި. ތީ ހަގީގަތެއް. ގޯސް ވާނީ ފިޔަވަޅު އަޅާ މީހާ. ވަގު އޯޓީ ހަދާ މީހާއެއް ނޫން.
އަސްލު...
23 April 2023
އަލްހަމްދުލިއްލާހި..
ފިކުރު
23 April 2023
އަޅުގަނޑުއަކީ ހަސަން އާއެކު ސިވިލް ކޯޓުގައި ވަރަށް ގާތުން މަސައްކަތް ކުރި މީހެކީމެވެ.ހަސަންއަކީ އަޚުލާގް ރަގަޅު ހިތްހެޔޮ މީހެކެވެ. ދުނިޔެ ދައްކާ ހަގީގަތަކީ ރަގަޅަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރާ މީހަކު ސަރުކާރުގައި ގިނަދުވަހު ވަޒީފާގައި އުޅެން އުދަގޫކޮށް ކޮންމެވެސް ގޮތަކުން އެމީހަކު ވަޒީފައި އަމިއްލައަށް ވަކިވާން މަޖުބޫރު ކުރުމެވެ.. މިއަދު ހަސަން އެވަކިވީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ކުށެއްނެތްކަމަށް ސާބިތުކޮށް އެކަން ދައްކާފައެވެ.
ބަކުރުބޭ
23 April 2023
ހަސަން ސައީދަކީ ވަރަށް ރަނގަޅު ބޭފުޅެއް. ހުރިހާވެސް މައްސަލައަކީ ބައެއް މީހުންކުރާ ގޯސް ކަންކަމާ ފާޅުގައި ދެކޮޅު ހެއްދެވުން. މިހެން ވުމުގެ ސަބަބުން ބައެއް މީހުން އޭނައާ ދެކޮޅަށް އަބަދުވެސް ކަންކަން ކުރައްވަނީ
ނަސްރު1111
23 April 2023
އިސްތިއުފާ ދިނަސް ޤާނޫނުގެ ބޭރުން ކުރި ކަންތައްތައް ބެލޭނެ. މުވައްޒަފުންނަށް ދިން އަނިޔާވެސް ބެލޭނެ.
ޥހޖގުގު
23 April 2023
ކޮންއަނިޔާއެއްތަ އޭނަ ދިނީ؟
މައި ކާލޯޒް
23 April 2023
ހަރުދަނާ ވެރިއަކު މުއައްޒަފަކާއި މެދު މިހާރު ފިޔަވަޅެއް އަޅައި ފިނަމަ އެމީހާ ވަނީ ގޯސް މީހަކަށް އަދި އެދެވެނީވެސް އަނިޔާއެއް. ތިޔަވަރު މީހުން މަގާމުގައި ނުތިބެ އަމިއްލަ މަސަކަތެއް ކޮށްގެން ގޭގައި ތިބެންވީ ނޫންތަ.