ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި މާދަމާ އޮތީ ކޮތަޅުގެ އަގާ ބެހޭ ބަހުސް!

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރުމަށް މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ވިޔަފާރިތަކުން ކަސްޓަމަރަށް ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ. އެކަމަށް އާންމުންގެ ފާޑުކިޔުން ވެސް ވަނީ ބޮޑުވެފަ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު މި ސަރުކާރު ހޫނުފެނަށް ވެއްޓި ދިފާއު ވާން ޖެހިފައި އޮތީ އެ މައްސަލައިގަ އެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

ސަބަބަކީ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ނުހިމެނުމެވެ.

މިހާރު ފީ ނެގުން އިސްތިސްނާވާ ކަންކަން:

- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު

- ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

- ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ އެހެނިހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ "ބިންލައިނާ"

އެ މާއްދާ އަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭނެ ކަމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ މަހުގެ 29 ގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ބިލާ ބެހޭ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު، ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަންގާރަ ދުވަހު އަމަލު ކުރަން ފެށުމުން އޭގައި ހުރި މައްސަލަތައް އާންމުންނާ ހަމައަށް ތިލަވެ، ކުރިމަތިވި ފާޑުކިޔުންތަކާ އެކު، މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެ ގާނޫނުގެ އިސްލާހުގެ ބިލް އެޖެންޑާ ކުރީ އެވެ.

ބައެއް މެންބަރުން ވަނީ މި ހަފުތާގެ ތެރޭގައި މަޖިލިސް ޗުއްޓީ އަށް ދާއިރު، މުޅި ގައުމުގެ ކަންބޮޑުވުން އޮތް އެ ބިލް ފާސް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދައިފަ އެވެ.

"ކުނި މެނޭޖްކުރުމުގެ ގާނޫނު 18 ޑިސެމްބަރު 2022 ގަ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއިރު ވެސް އޭގެ 4 މަސް ފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގައި،" އެ މައްސަލާގައި ކުރެއްވި ޓުވީޓެއްގައި ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އުޝާމް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވެ އެވެ.

އެ މައްސަލާގައި އެންވަޔަމެންޓް މިނިސްޓްރީން ބުނީ ކުނި މެނޭޖް ކުރުމުގެ ބިލު މަޖިލީހުން ފުރަތަމަ ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށާއި ނަމަވެސް އެއީ މުހިންމު ބިލަކަށް ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ ކަމަށެވެ. މިހާރު ހުށަހަޅާފައިވާ ބިލް ފާސް ކުރުމުން ކަންްބޮޑުވުންތައް ހައްލުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

46 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާޖަޕަކްސާ

24 April 2023

މަގުތައް ސާފްތާހިރު ކުރަން ކޮންއިރަކުންތަ ބިލެއްފާސްކުރާނީ. ޢެމްޕީންގެ ހިއްވަރެއްނެތީތަ؟ ހަޑިކުރާމީހުނަށް ފިއަވަޅުނާޅާ މިކަމެއްނުވާނެ. ވެރިން މަޑުމޮޅިވެގެން ގައުމުވާނީ ހަލާކު.

The name is already taken The name is available. Register?

ހަސްނާ

24 April 2023

ހަސްން ކުރުސީ ނޫން ނަމަ ބޮޑުވަޒީރު ކަމަށް ފެންބޮވާ ގަނެފައިވާ ވިލާތު އެޖެންޓު ތިޔަ ބަހުސް ވިޔަކަ ނުދޭނެ! އޭނާގެ އެޖެންޑާ ތިޔަ މަޖިލީހުގައި ކުރިޔަށް ދާނީ! އިބޫ ޖެހޭ ތަންކޮޅެއް ޒިންމާދާރު ކަން ދައްކަން ނަޝީދު އާއި ޖެހުނީމަ! ނޫނީ ނަޝީދުގެ ވިހަ ކަމާއި ފިތުނަވެރިކަމުން ގައުމު ހަލާކުވަނީ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

24 April 2023

ކޮތަޅު ޤާނޫނަށްވުރެން ކުރިން ވުޖޫދު ކުރާންޖެހެނީ ރާއްޖޭގައި ހުރި ބޮޓަލިންގ ޕްލާންޓް ތަކުން އުފައްދާ ޕްލާސްޓިކް ނުވަތަ Plastic Shrink Warp ރަބަރާއި އަދި އެމީހުން އުފައްދާ ޕްލާސްޓިކް ފުޅި ރިސައިކަލް ކުރާނެ ގޮތެއް. # މިކަން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ބޮޓަލިންގ ޕްލާންޓް ހުންނަ ކޮންމެ ފަރާތަކުން އަމިއްލަ ރިސައިކަލް މެޝިން ބަހައްޓައި އެތަނުން ރިސައިކަލް ކުރާގޮތް އިގޭނެ ރިޕޯޓެއް ކޮންމެ 3 މަހުން ތިމާވެއްޓާއި ބެހޭ ވުޒާރާއަށް ހުށަހަޅަން ލާޒިމް ކުރުން.

The name is already taken The name is available. Register?

ދިއްދޫމީހާ

24 April 2023

ފެނަކައިގާ އެކަނި، ކުދި/މެދު ވިޔަފާރިތަކުގެ 1 ބިލިއަން ރުފިޔާ ތާށިވެފައި.. ‏ސަރުކާރުގެ އެކި އޮފީސްތަކުން ނުދައްކާހުރި ބިލްތަކަށް، ފިނޭންސް މިނިސްޓްރީގައި 8 އެއްކަ ބިލިޔަން ރުފިޔާ ހިފެހެއްޓިފައި. ‏ވިޔަފާރިތަކުގެ މުއައްޒަފުންނަށް މުސާރަނުދެވިފައި. ފެނަކައިން ވަޒީފާތައް ވިހަނީ ދެން ކޮތަޅަކުން ލާ ނޭވއިންވެސް 4ރުފިޔާ ނަގަންވީ..

The name is already taken The name is available. Register?

ޢާމިނާ

24 April 2023

ވެމްކޯ އަށް 3 ކޮތަޅު ގަ ކުނި ވަކިކުރަން އަންގާފަ ކޮތަޅުގެ އަގު ބޮޑުކުރީމާ ވަރަށް މޮޅުވާނެތާ ފައިސާ ހޯދަން ވަރަށް ރަނގަޅު ގޮތެއް އެންވައިރު މިނިސްޓަރަށް ވަރަށް ވެދުން

The name is already taken The name is available. Register?

ވޯލްޑް އޯޑާ

24 April 2023

މި ބޮޑު ޖޯކެއް ދެން. ތިމާވެށި އަސްލު ތަގައްޔަރު ކުރާ ވިހަ ގޭސް ދޫކުރާ ފެކްޓުރީ ތަކާ ގައުމުތަކުން އެކަންކަން ދަނީ އިތުރަށް ކުރަމުން. ދެން ކޮތަޅެއް މަދުކޮށްގެން ކަމެއްވޭ؟ މިހަމަ އާއްމުން ކޮންޓުރޯލް ކުރަން ހިންގާ އަނެއް ޕްރޮޕެގެންޑާ

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން މަނިކު

24 April 2023

ބަޖެޓް އިބޫ ބޭނުން ގޮތަކަށް ތަޅާބުރުއްސާފަ ބިލިއަނުން ބިލިއަނުން އިންޑިއާ އިންނާއި ތަންތަނުން ދަރަނި ނަގާފަ، ދަރަނި ފޫބައްދަން އިބޫ ރައްޔިތުން ފެލުން ޤަބޫލެއް ނުކުރެވޭ!

The name is already taken The name is available. Register?

ކުޅަނދު މަދީއޭ

24 April 2023

ކަލޭމެން އެންމެން ކޮތަޅު ލައިގެން ރިހަ ކައްކަބަލަ. ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން ތިމާވެއްޓޭ ދަށްގޮހެރޭ ކިޔާހަ ރައްޔިތުން ފެލަނީ. އަސްލު މިކުރި ކަމަކީ ގުރައިދޫ ބައި އިލެކްޝަނަށް ތެޅި ރުފިޔާ ރިކަވާ ކުރަނީ. ދިވެހިން ގަމާރީ ގަމާރު ކަމަކަށް ނޫން. އަނެއްކާ މާދަމާވެސް އެވެރިން ދާ އިރަށް ބައި ލާރިއަށް، ރަށުގައި ބަދަރު ހަދައިގެން ވޯޓު ލާނެ. ސިއްހީ މަރުކަޒު ނަން ހޮސްޕިޓަލު ބޯޑަށް ބަދަލުކޮށްލިއަސް ވޯޓު ދޭނެ. އެހާވެސް ގަމާރުވީމަ ދެން ވާނެ ހައެތި މީ!

The name is already taken The name is available. Register?

އިސްތިއުފާ

23 April 2023

ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ

The name is already taken The name is available. Register?

ޖުލައި2021

23 April 2023

ތި ޗާޖު ނުނަގާ ޕުލާސްޓިކު ކޮތަޅު އެތެރެކުރުން އެއްކޮށް މަނާކޮށްބަލަ. ހަމައެކަނި ކުނިއުކާލުމާ ރޯމަސްފަދަ ތަކެތި އެކަނި ބޭނުންކުރަން އެފަަދަ ޚިދުމަތްދޭ ފަރާތްތަކަށް އެކަނި ނޫނީ އެތެރެ ނުކުރެވޭ ގޮތަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454