އަލިމަނިކު: އޭނާ ދޫކޮށްލި ގޮތް ސަރުކާރުން ސާފުކޮށް ނުދޭތީ އެ މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ވަނީ ގެނެސްފައި.
25 އެޕްރީލް 2023 - 22:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައިގެން، ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރާ އަބްދުﷲ އަލިމަނިކު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދޫކޮށްލި ސަބަބު ސަރުކާރުން ހާމަ ނުކުރާތީ އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މެއި، 2021 ގައި ނަޝީދަށް ދިން ހަމަލާއަށް ފަހު ހިންގި އޮޕަރޭޝަންގައި އަލިމަނިކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ޓެރަރިޒަމްގެ އެހެން ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަދަބު ލުއިކޮށްދީ އަލިމަނިކު ދޫކޮށްލީ 2019 ވަނަ އަހަރު އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުއްވި ސިޓީގައިވަނީ އަލިމަނިކު ދޫކޮށްލީ 2019 ވަނަ އަހަރު ކަމަށް ވިޔަސް، އެކަމާބެހޭ ރިޕޯޓް ކަރެކްޝަންސްއިން ހަދާފައިވަނީ ސެޕްޓެމްބަރު، 2021 ގައި ކަމަށެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ދެ ފަހަރަށް ރައީސް އޮފީހުގައި އެދުމުން ވެސް ޖަވާބެއް ދީފައިނުވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެހެންވެ، އެކަމުގައި ރައީސް އޮފީހުގެ ބަހެއް ލިބޭނެ ގޮތް ހަމަޖައްސަައިދޭން އެ ސިޓީގައި އެދިފައިވެ އެވެ.
އަލިމަނިކުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދާއިރު، އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެދެދެ
26 April 2023
ސަރުކާރު އަޑީގަ އޮތީމަ ދޫކޮށްލީ..ދެން ލަލަލަލަލަލަލަަލަލ
އިސްމާލި
26 April 2023
މިކަހަލަ ކަންކަމާހެދި ދޯ އެ ގޮވަނީ ބޮމުގެ ފަހަތުގައި ސަރުކާރުގެ އަތެއް ވެޔޭ. ދެން ރޮޒޭ މެން ނަޝީދުގެ ސެކިއުރިޓީ ދަށްކުރަން މި ގޮވަނީ ކޮން ކަމަކާ ބާ. އަނެއްކޮޅުން އެކަމުގައި އުޅުނު މީހަކު އެހުރީ ހަމަ ސަރުކާރުން ދޫކޮށްލާފައި. މިއީ އަދި އާއިލާމީހަކަށް ކޮށްލާ ވަރު. އާދައިގެ ނިކަމެއްޗަކަށް ހުންނާނެ އަގަލެއް ކުލުނެއް ގެ މިންވަރު ދެން ވިސްނާލާ.
ހާމިދު ޝާހިދު
25 April 2023
ހުރިހާ ކުއްވެރިން ދޫކޮށްލަން ވީނުންތޯ! އޭރުން ސަރުކާރުން ކުރާ ހަރަދުވެސްކުޑަވާނެ. ރައީސް ޔާމީންވެސް ދޫކޮށްލާ! އައު ފެށުމަކުން ފެށުމަށް ހުރިހާ ކުއްވެރިންނަށް ނަސޭހަތް ލާދީފައި ދޫކޮށްލާ!
މީނާކުށީ
25 April 2023
އަޒްލީޒާ މަރާލިމީހާވެސް ދޫކޮށްލީ. ދެން ކީއްވެ މިމީހާ ވަކިދޫނުކުރާންވީ.
ޢަރުތަ
25 April 2023
އަޒްލީޒާ އެއް ނޫން އަޒްލީނާ، ހުކުން ތަންފީޒުކޮށްނިމުނީމަ މިނިވަންވީ، ޒުހައިރު ދުނިޔޭގަވެސް މިހާރު ނެތްކަންނޭގެ.
ބޫޓް
28 April 2023
ޔާމީން ވެސް ދޫކޮށްލާ
ޙިނި
25 April 2023
މުޅިގައުމުގަ އެންމެ 2 ޖަލު ހަދައިދެން، އޯވަކުރައުޑް ކޮއްގެން. ތީގެން ތާކައް އާދައިގެ ކުށެއްގައި މީހަކުވެެއްދިޔައް، ހުކުން ތަންފިޒުކޮއް ނިމޭއިރު މިހުންނަނީ މީހާ އެޔައްވުރެ ނުބައި ކުއްކުރާ މީހަކައް ބަދަލުކޮއްލާފަ. މީޑިޔާތަކުން ތި ޖަލުތަޖައް ވަދެބަލާބަލަ މިގަންނަސަކަރާތެއް. މުޅިގައުމުގަ 2 ޖަލު ހަދައިދެން، ނާސިރު ދައުރައްވުރެ މިިހާރު ހުރި ޖަލުތައް މަދު، އެކަމު ކުއްވެރިންގިނަ
ޢަރުތަ
25 April 2023
ނާސިރު ދައުރަށްވުރެ މިތާ އުޅޭ މީހުންވެސް މިހާރު ގިނަނޫންތޯ، އޭރު ބިދޭންސީން ވެސް އުޅެނީ ދޮޅަހަކަށް މީހުން، މިހާރު އެވެސް އެބައޮތް ދޮޅުލައްކައަށްވުރެ މަތީގަ.