ޖޭއެސްސީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
26 އެޕްރީލް 2023 - 17:06
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި މިހާރުވެސް 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށްދާ ގޮތުން، އިދިކޮޅު ޕީޕީއެމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ މިއަދު ބައްދަލުކޮށްފި އެވެ.
އެ ބައްދަލުވުމަށްފަހު ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީނަށް "ދެމުންދާ އަނިޔާތަކުގައި" ޖޭއެސްސީގެ ނުފޫޒު އޮތީ ކިހާ ވަރަކަށްތޯ އަދި އެ ކޮމިޝަން މެދުވެރިކޮށް ޝަރީއަތަށް ނުފޫޒު ފޯރުވާތޯ ސުވާލު އުފައްދާފައިވާ ކަމަށެވެ. އެކަމަކު ހިތްހަމަޖެހޭ ޖަވާބެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޔާމީނަށް ގާނޫނުން ލިބިދީފައިވާ ހައްގެއް ބޭނުންކޮށްފައި ވަނިކޮށް، އެއަށް ބެލުމެއް ނެތި އެ މަނިކުފާނުގެ މައްސަލަތައް އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުން ވެސް ސުވާލު ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ، އެއިން އެއްވެސް ސުވާލަކަށް ޖޭއެސްސީން އެކަށީގެންވާ ގޮތުގައި ޖަވާބެއް ނުދޭ ކަމަށެވެ.
Raees Yaameenge shariyathaa beheygothun PPM/PNCge isbeyfulhun, commissionge memberunnaa bahdhalu kurahvaa ebeyfulhunge kanboduvunthah hissaakurevvi pic.twitter.com/Nzs2QozVGr
— Judicial Service Commission (@MaldivesJSC) April 26, 2023
"ކޮންމެ ކަމެއް ވެސް ބައްލަވާނެ ކަމަށް، ތި ކަމަށް ޖަވާބެއް ނުދެވި އޮތިއްޔާ ޖަވާބެއް ދެއްވާނެ ކަމަށް [ޖަވާބު ދިން]، އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރުގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމުގެ އެކި ހެކިތައް ދައްކާފައިވާނެ ކަމަށް ވިދާޅުވެ، އޭގެ ފުރަތަމަ މިސާލެއްގެ ގޮތުން ނެންގެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލަ އެވެ.
ދަށު ކޯޓުގައި ޔާމީންގެ ފުރަތަމަ މައްސަލައިގެ ހުކުމާ ކައިރިވެފައި ވަނިކޮށް އޭނާގެ ސުލޫކީ މައްސަލައެއްގައި، ސަސްޕެންޑުކުރި އެވެ. އެއާ އެކު އިސްތިއުފާ ދެއްވައި ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވީ މައްސަލަ ސާބިތުވާ ކަމަށް ހުކުމް ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް އޭނާ ކައިރީގައި ބައެއް މިނިސްޓަރުން ވިދާޅުވި ކަމަށެވެ.
"މި ހުރިހާ ކަންތައްތަކެއް ހުރީމަ އެކަމާ ގުޅިގެން އަޅުގަނޑުމެން މައްސަލަތަކެއް ހުށަހެޅިން ކަމާބެހޭ ފަރާތްތަކަށް. އެކަން ތަހުގީގުކޮށްދިނުމަށް ވެސް އަޅުގަނޑުމެން ވާނީ ދަންނަވާފައި. މިއިން، އެއްވެސް ކަމަށް ބަލާލުމެއް ނެތި ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިޔައީ." އޭނާ ވިދާޅުވި އެވެ.
ޕީޕީއެމާއެކު ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް ހިސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޖޭއެސްސީ
ހައިލަމް ސަސްޕެންޑުކުރުމަށްފަހު އެ މައްސަލަ ހަވާލުކުރެއްވީ، ކްރިމިނަލް ކޯޓު ހިންގުމާ އޭރު ހަވާލުވެވަޑައިގެން ހުންނެވި އަލީ ރަޝީދު ހިމެނޭހެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ. އިސް ފަނޑިޔާރަކީ އަލީ ރަޝީދެވެ. ނަމަވެސް، އެ މައްސަލަ ނިންމި ފަހުން އޭނާ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކުރުމަކީ ވެސް ޝަރީއަތަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ޖޭއެސްސީގައި ބުނެފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ ފަހުން، ޔާމީންގެ ޝަރީއަތަކާ ގުޅިގެން ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކްވިއިރު، އެއީ ކިހިނެއް ލީކްވި އެއްޗެއްތޯ ބެލުމަށް އެދިފައިވާ ކަމަށާއި އަދި ފޮރިންސިކް ތަހުގީގެއް ކުރަން މެލޭޝިޔާއަށް ފޮނުވުމަށްފަހު ފަހުންވި ގޮތެއް ނޭނގުނު ކަމަށް ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް އޯޑިއޯތައް ސައްހަ ނޫން ކަމަށް ތަހުގީގަށް ފަހު ވަނީ ބުނެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝަކީލްގެ ދެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އޭނާ އައްޔަންކުރެއްވީ ހައި ކޯޓަށް ކަމަށެވެ. އޭރު ވެސް ސިޓީއަށް ޖަވާބެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރުން ކުރުކޮށް ޖަވާބެއް ދެއްވީ. ޖަދަލު ކުރާ އުސޫލުން ވާހަކަދެއްކުމަކީ ޖޭއެސްސީގައި އިންނަވާ ބޭފުޅުން ވާހަކަދައްކަވާ ގޮތެއް ނޫން... އެކަށީގެންވާ ޖަވާބެއް ނުލިބުނު... އެކަމަކު، ބައްދަލުވުމުން އެނގުނީ ޔާމީންގެ ޝަރީއަތަށް ޖޭއެސްސީ މެދުވެރިކޮށް ނުފޫޒު ފޯރުވާތީ އެކަށީގެންވާ ޖަވާބެއް ނުލިބުނީ ކަމަށް." އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ބައްދަލުވުން ބޭއްވިކަން ފިޔަވައި ޖޭއެސްސީން ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
27 April 2023
ޖޭ އެސް ސީން ހެސްކިޔާފަ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ. ޙުކުމް ޖަހައިދޭ ގޮތުން މަތީ ކޯޓްތަކަށް ދެވޭ. އެމީހުން ބުނާގޮތް ހަދާ ބަޔަކު މިހާރު ލަނީވެސް
ބަޑިތަކުރު
27 April 2023
ތިޔަ ޕާޓީން އެހެން މީހަކު ނުނެރުމަކީ ކުށްވެރިންނަށް ކޮށްފައިހުރި ހުކުމްތައް ބާޠިލްކުރަންޖެހޭ ސަބަބެއްނޫން. އަދިވެސް ސާބިތުވާންޖެހޭ އެތައްކަމެއް ސާބިތުނުވެހުރީ. އިތުރު ކަންކަން ސާބިތުވެގެންވެސް ތިޔަ މީހަކު ދެން މިރާއްޖޭގެ ސިޔާސީ މަސްރަހުން ނުފެނުން އުންމީދަކީ. މަކަރުވެރިންނާއި ޚިޔާނާތްތެރިންގެ ކިބައިން މިގައުމު ސަލާމަތްކުރައްވާށި. އާމީން.
ޢަދުއްރަހީމާ
27 April 2023
ޕޕއެމް. އުފާވާ ޖަވާބެއްދިނީ ހަމައެކަނި އީ.ސީގެ ފުވާދު އުތަ.
ސާދާސީދާ
27 April 2023
ރައީސް ޔާމީން މިނިވަން ވުމުގެ ޗާންސެއް ވެސް އޮންނާނީ ޝަރީޢަތްތަށް އަވަސްވެގެން. އެކަމާ އަދުރޭ ދެކޮޅު؟
އިބްރާހިމްބެ
27 April 2023
އަދުރޭ ވެސް ބޭނުންވަނީ ޓިކެޓް. ރައީސް ޔާމީނޭ ކިޔަނީ ޓިކެޓަށްޓަކާ!
ރަފީގު
27 April 2023
އަދުރޭމެން ބޭނުންވަނީ ޖޭޕީއާ ގުޅިގެން ޕީޕީއެމުން މީހަކު ނެރުނަ ނުދޭން
ބެގްބޮރޯސްޓީލް
27 April 2023
ކީއްވެހޭ ރައީސް މުއިއްޒު ޕީޕީއެމުންދާ ބައްދަލުވުންތަކަށް މިހާރު ނުގެންދަނީ...
ރަންނަ
26 April 2023
ބަލަ ޔާމީނަށް އެކަންޏެއްނޫނޭ އަނިޔާވެރިއެވަނީ. ޖަލުގަ ދެންތިބި ވަގުންގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ފާހަގަ ކޮށްލާނަމަ ތީ އިހްލާސްތެރި ވާހަކަ ކަމަށް ކޮންމެސް ވަރަކަށް ގަބޫލު ކުރެވިދާނެ.
ޕޕމޕޕމ
26 April 2023
އެއޮއް ރީތި މިނިވަން ދިވެހިރާއްޖެ އަށް ދާން މިރޭއްސުރެ ދަތުރު ފައްޓަވަން ހިނގަވާށޭ އަނެއް ދިވެހިރާއްޖޭގެ ކެހިވެރި ވަބާގައި އަނެއް ފަސްއަހަރު ވޭތު ނުވަނީސް ހަރާބާ
އިވާން ޖަމީލް
26 April 2023
ޝަރުއީ ނިޒާމް ގަޑުބަޑު ކޮށްލައިފި ފަސް އަހަރުގާ ޢަދުލަށް ހުކުމް ވެވޭނޭ ފަދައެއް ނުވާ ގޮތެއްގާ ވެރިކަމުގެ ބާރު ދައްކާ ސަރުކާރަކާއި ދެކޮޅަށް އިހަވަންދޫއިން މި ނިކުތީ ވެރިކަން ބަދަލު ކުރާނަން ﷲ ރުއްސެވިއްޔާ މިފަހަރު އިބޫގެ ނަންފުޅު ޤައުމުގެ ރައީސްގެ ގޮތުގާ އިހަވަންދުއިން ހޮވާނަނަން ގުރައިދޫ ދާއިރާގެ އިންތިޚާބުގައި ވެސް ވޯޓުން ނަތީޖާ ދައްކައިފަ އޮންނާނީ #އިބޫ 2023 #އޯގާތެރި ސަރުކާރު #ނަލަ ޖަޒީރާ ދިވެހިރާއްޖެ
ޖަޒީރާާ
27 April 2023
ކޮމެންޓް ދަކުގެ ލައިކް ތަކަށް ބަލައިލުމުން ވެސް ފެންނަނީ އިބޫ 2023 އެއްބުރުން ކާމިޔާބު ކުރާ މަންޒަރު
ބޯރަންބެ
26 April 2023
ވަގު އިނީ ޖަލު ގޮޅީގަ. ދެން ކޮން ޖަވާބެއްހޭ.