ސަރުކާރުގެ އޮފީސްތަކުގެ ބައެއް މުވައްޒަފުން ވެލާނާގެ ލިފްޓް ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 އެޕްރީލް 2023 - 11:30
ސަރުކާރުގެ އިދާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މާދަމާ އިން ފެށިގެން އެ އެލެވަންސް ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އިއުލާން ކުރައްވަން އެ މަނިކުފާނު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މާދަމާ އިން ފެށިގެން އެ އެލަވަންސް ލިބޭނެ ކަމަށެވެ. ނަމަވެސް، އޭގެ ތަފްސީލް ހާމަކުރާނީ ކަމާބެހޭ އިދާރާތްތަކުން މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގަ އެވެ.
ވީޑިއޯ މެސެޖުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އަލަށް އެލަވަންސް ލިބެން ފަށާ މުވައްޒަފުންނާއެކު، 9،838 މުވައްޒަފުންގެ މުސާރަ އަށް އަންނަ މަހުން ފެށިގެން ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.
އެ ހުރިހާ ބަދަލަކަށް ދައުލަތުގެ ބަޖެޓުން އަހަރަކަށް ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު ސަރުކާރުގެ މުވައްޒަފުންނަށް ވެސް ވަނީ މިނިމަމް ވޭޖް އެލަވަންސްގެ ނަމުގައި އެލަވަންސް އެއް ތައާރަފްކޮށްފަ އެވެ. ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރަން އޭގެ ކުރިން ސްޕެޝަލް ޑިއުޓީ އެލަވަންސެއް ދޭން ފެށި އެވެ.
ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް އެލަވަންސް ބޮޑުވި އެވެ. އެހެންވެ، ކައުންސިލްތަކުން ވެސް ވަނީ އެ މުވައްޒަފުންނަށް 35 ޕަސެންޓްގެ އެލަވަންސް ދިނުމަށް ގޮވާލައި ގަރާރުތަކެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
02 May 2023
ތިޔަ އެލަވަންސްއަކީ ފައިސާޖަހާގެން ދެވޭނެއެޗެކެވެ. މުސާރަބޮޑުކުރުނަށްވުރެ ތިހާއިޤްތިސާދު ރަނގަޅިއްޔާ 15.42 ރ އަށް ޑޮލަރ ވިއްކަބަލަ މުސާރަބޮޑުކޮށްފައި ޑޮލަރ 25ރ ވީމާ ކޮންތާކުތޯމިޖެެހުނީ އިންފްލޭޝަން 40%އަށް އަރުވާލީމާ ކިހިއްނެތޯވާނީ ތިޔަދެކޭ ހުވަފެން ތެދެއްނުވާނެެ ކޮތަޅުން ޖީއެސްޓީ ކޮޅުވެސް ދެންނުލިބޭނެ. މަގޭއަތުން ސަރުކާރުހިންގަން ކޮތަޅު 2ރ ހަރާން
ޙައްޤު
30 April 2023
ސިއްޙީދާއިރާގެ މުވައްޒަފުން ސިއްޙީ ކަންކަމުގައި ރައްޔިތުންނަށް ފަރުވާކުރަނީ. ޓީޗަރުން ކުދިން ބިނާ ކުރަނީ. މި ދެކެޓަގަރީ ގެ މުވައްޒަފުންނަށް ކުރިން ލިބުނު މުސާރައަށްވުރެ %50 އާއި %60 ގެ ކުރިއެރުން. ރަށުގެ ރައްޔިތުންގެ ބަލަދު ވެރިންނަކީ ރަށު ކައުންސިލް އެހެން ވީއިރު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޒިންމާ ވަކި ކުޑަތޯ؟ ހީވާ ކަހަލަ ކައުންސިލް ތަކަކީ އެއްވެސް މަސައްކަތެއް ނުކުރާ ބައެއްހެން މުސާރައިގެ %35 ކުރިއެރުން، މީތޯ މުސާރައިގެ ފަރަގު ކުޑަކުރުން
އަމިއްލަ އެދުން
02 May 2023
ކޮންމެ މީހަކުވެސް ބަލަނީ އެހެންމީހުންނަށް ދެވޭއެއްޗަކަށް ބެލުމަށްފަހު ތިމާގެ ކަންގަނޑު ބޮޑުކުރުމަށް އެދޭ.ޚައްޤަކީ ކޮބައިކަން އޮޅިއްޖެ.ޚައްޤު އޮންނަނީ ވަކި ބައެއްގެތަ؟ޓީޗަރުންނާއި އެކު މަސައްކަތްކުރާ އިދާރީ މީހުންގެ ހާލަތު މާ ގޯސް.ކައުންސިލްތަކުން އޯޓީ އަންލިމިޓެޑް،ސިއްޙީދާއިރާގައި އޯޓީ އަންލިމިޓެޑް، އެހެންވެސް ސިވިލް ސާރވިސްގެ ދާއިރާތަކުގައި އޯޓީ އަންލިމިޓެޑް، އެޑިޔުކޭޝަންގެ ވެސް ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވާ އޯޓީ އަންލިމިޓެޑް
ބޯބުރާންތިއިބޫ
30 April 2023
ވާވާވާ ކޮންމެ ހާލަތެއްގައިވެސް ބޭނުމީ ވެރިކަން…. ގައުމު މިއޮތް ވެއްޓި ފުނޑެނީ… މުއްސަދިން މުއްސަދިވެ ފަގީރުންގެ ފަރަގު ބޮޑުތަނުން ބޮޑުވާނެ.. އެއްގޮތަކަށްވެސް ވެރިކަން ކުރަންދަންނަ ވެރިއެއްނޫން ވެރިމީހާއަކީ.. މިގައުމަށް ބޭނުންވަނީ އިގްތިސާދު ދަންނަ އިގުތިސާދީ މާހިރެއް
ފިކުރު
30 April 2023
ކުދިވިޔަފާރިތަކަށް ދޭންޖެހޭ ފައިސާވަނީ ނުދީ އެވިޔަފާރިތަށް ހަލާކުކޮއްލާފައެވެ. އިންފުލޭޝަންވަނީ މައްޗަށް ގޮއްސައެވެ. ރައްޔިތުންގެ އަތުން ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ހުއްޓުވުމުގެ ބަދަލުގައި ކޮންމެ ކޮތަޅަކުންދަނީ 5 ރުފިޔާ ނަގަމުންނެވެ. ޖީއެސްޓީވަނީ %6 ން %8އަށް ބޮޑުކޮއްފައެވެ. އެމްއެމްޕީއާރުސީއާއި ސިޔާސީ މީހުން ކޮއްފައިވާ ވައްކަމުގެ ލޯލާރިވެސް ދައުލަތަކަށް ހޯދިފައިނުވެއެވެ. އިންތިޚާބު ކައިރިވީމާ ވޯޓު ހޯދުމަށް ބޮޑު އެކޮއްލީ މުސާރައެވެ.
ޖުވައިދާ
30 April 2023
މީދޯ އޮފީސް ގަޑީގަ ކުރާ ކަންތައްތަކަކީ؟ވެދާނެ އޮފީސް މުބާރާތައް ތައްޔާރުވާން ޖޯރޒީ ސެލެކްޓް ކުރަނީ ކަމަށްވެސް.
ބޮޑުމީހާ
30 April 2023
މާސްޓަރސް އޮންނަ ޓީޗަރަށް 21000ރ ސެޓްފިކެޓް ނޯންނަ ސޯޝަލް ވޯކަރަށް 21000ރ އެވެސް އެލެވެންސްއާއި ނުލައި. ޝުކުރިއްޔާ އިބޫސޯލިހު، ޓީޗަރުންގެ މުސާރައަށް ތިގެންނެވި ހެޔޮބަދަލަށް
ބޯހަލާކު
30 April 2023
ބޯހަލާކު
ސޯސިއަލް ވޯކަރ
30 April 2023
ކާކު ބުނީ ސެޓްފިކެޓް ނޯވެޔޭ.
އަމްބޮނޑި
30 April 2023
މީހަކަށް އެއްޗެއް ލިބެން ނޭދޭ ޝުކުރު ކުރަން ނޭނގޭ، ދެން ކަލޭމެންނަށް ކޯންޗެއް ނުލިބިގެންތަ ތި ތެޅިބާލަނީ. ކިތަންމެ ސެޓްފިކެޓްތަކެއް އެއްކޮށްފަ ހުއްޓަށް ތީގެން އެނގުނު.އެއްޓެއް ، އެއްވެސް ފައިދެއް ނެތެންނު.
2023
30 April 2023
ތީ އާންމުކޮށް ބިޒީވެގެން އޮފީސްތަކުގަ ކުރާކަންތައް....ބޮއިހަލަކި
ރަށުމީހާގޭ
30 April 2023
ފޮޓޯ ސްޕީކްސް ތައުޒަން ވޯޑްސް. ޓްރާންސްޕޯޓު މުވައްޒަފުން އޮފީސް ގަޑީގައި އޮންލައިން ޝޮޕިން އެއް ހަދާލާ ފޮޓޯއެއް ލައިފައި އެ އިނީ އިއްތިފާގެއްތޯ ؟ ނޫނީ އެ މުވައްޒަފުން އޮފީސް ގަޑީގައި ކުރާ ކަންތައްތައް ހާމަ ކުރުމަށް ތޯ ؟
ޔަހަު
30 April 2023
ރަންކޮޅާ މީމުޅިގަމުގެ ވެސްހާލަތު ބޮޑެތި ފަލަޓައިއަޅާފަ ކެފޭތަކުގަ ފޮނިކެޑުންނޫންކަމެއް ނުކުރެ
ޙަސަންފުތު
30 April 2023
ދެން ކޮބާތަ އަޅެ މިނިވަން މުއައްސަސާތައް؟ ސިއްހީ އަދި ތައުލީމީ ދާއިރާ އެކަނިތަ މި ރާއްޖޭގަ އޮތީ؟
އޭނަގެ ބިރުން
30 April 2023
ކުރިން އޮތީ ތިޔަ ކިޔާ މިނިވަން މުވައްސަސާތަކެއް ނޫންތަ އެތައް ގުނަޔަކުން ފައިސާ ނަގައިގެން، އަޅެ ފަހެ.
މިނިމިނި
30 April 2023
ހަމަ މިނިމަމްވޭޖަށް ވާނީ ތިވެސް