އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
04 މެއި 2023 - 20:35
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ.
އަރަބިއްޔާ ސްކޫލްގެ ވެސް ވަގުތީ ޕްރިންސިޕަލް ހުސައިނަށް ހާޓް އެޓޭކެއް ޖެހުނީ އިސްކަންދަރުގެ ބައެއް މުވައްޒަފުންނާ އެކު މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ބައްދަލުވުމެއްގައި އިންވަނިކޮށް، މެއަށް ތަދެއް އަރައިގެން އޭޑީކޭ ހޮސްޕިޓަލަށް އަމިއްލަ އަށް ވަޑައިގެން ފަރުވާ ހޯއްދަވަނިކޮށެވެ.
"މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލްގައި ބާއްވާފައި އޮއްވައި ހާޓް އެޓޭކެއް އައީ. އެއީ މޭޖަ އެޓޭކެއް. ފަހުން ޓެސްޓްތައް ހަދައި ބެލިއިރު ހުރިހާ ހޮޅިތައް ހުރީ ބެދިފައި،" ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލްގެ ގާތް މީހަކު ބުންޏެވެ.
"އޭރު ފުދޭވަރަކަށް ކްރިޓިކަލް ވި."
އަރަބިއްޔާ ސްކޫލްގެ ބައެއް ކަންކަމާ ގުޅޭ ގޮތުން ހުސައިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އުމުރުން 57 އަހަރުގެ ހުސައިންގެ ހާލު މި ވަގުތު ހުރި ގޮތުން ރާއްޖެ އިން ބޭރަށް ދަތުރު ކުރައްވަން ޑޮކްޓަރު ލަފައެއް ނުދެއްވި އެވެ.
"އެހެންވެ، މިހާރު ނިންމާފައި އޮތީ އޭޑީކޭ ހޮސްޕިޓަލްގައި އަންނަ ހޮނިހިރު ދުވަހު ބައިޕާސް އޮޕަރޭޝަނެއް ކުރަން،" އައްޑޫ ފޭދު އަށް އުފަން ހުސައިންގެ ގާތް މީހަކު ބުންޏެވެ.
ހުސައިނަށް ދިމާވި ސިއްހީ އެހެން ކަމެއްގައި ވެސް އޮޕަރޭޝަނެއް ކުރެއްވިތާ އަދި ތިން މަސް ނުވެ އެވެ.
ހުސައިނަކީ މީހުންނާ ގުޅޭ، އަދި ތައުލީމީ ދާއިރާގެ އިސް ބޭފުޅުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަރަބިއްޔާ ސްކޫލްގެ ވަގުތީ ޕްރިންސިޕަލްކަން ކުރައްވަމުން ގެންދަވާއިރު، އޭނާގެ އިސްނެގުމަށް އެ ސްކޫލަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަން ވަނީ ފައްޓަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިފް
07 May 2023
މިވީހާ ތަނަށް އަޅުގަނޑަށް އެކްސްޕީރިއަންސް ކުރެވުނު އެންމެ މޮޅު ޕްރިންސިޕަލް. ހުރިހާ ގޮތަކުންވެސް ބެސްޓް. ސަރ އަށް އަވަސް ޝިފާއަކަށް އެދެން.
ބެލެނިވެރިޔެއް
05 May 2023
ޕްރިންސިޕަލް އަށް އަވަސް ޝިފާޔަކަށް އެދެން
ދެރަސޮރު
05 May 2023
އަވަސް ޝިފާއެެއް ލިބުން އެދި ދުއާ ކުރަން
ސަފަރުކައްދަ
05 May 2023
ލޯބިވާ ޕްރިންސިޕަލަށް އަވަސް ޝިފާއަކަށް އެދެން. މިނިސްޓަރު ޑރ އައިސްތު އަލީއަށް ދަންނަވާލަން ބޭނުންވަނީ ސްކޫލުތަކުގައި އޮންނަ ކަންދެއްކުމުގެ ސަގާފަތް ބަދަލުކޮށް ސްކޫލުތަކަކީ ދަރިވަރުންނަށް ފުރިހަމަ ތަޢުލީމެއް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވާށޭ. އޭރުން ޕްރިންސިޕަލުންނަށް ހިތްހަމަ ޖެހިގެން ކިޔަވައިދިނުމުގެ ކަންތައްތައް ބެލެހެއްޓުމުގެ މަގު ހުޅުވި މަސައްކަތުގެ ލޯޑް ކުޑަވާނެ.
ސައި
05 May 2023
ޕްރިންސިޕަލް އަށް އަވަސް ޝިފާ އަކަށް އެދެން. ޕްރިންސިޕަލުންގެ މަޤާމަކީވެސް, ވަކިމުއްދަތެއް ކަނޑައެޅޭ ވަޒީފާއަކަށް ހެދުން މުހިއްމު..މިހާ ޕްރެޝަރ ބޮޑު މަޤާމުތައް ކިހިނެއްތޯ މުޅިއުމުރު ހޭދަކުރާނީ
އިރުދޭމާ
05 May 2023
شفاك الله
ތަރި ⭐
05 May 2023
އިސްކަންދަރު ސްކޫލާއި އަދި ޢަރަބިއްޔާގެ ވަގުތީ ޕްރިންސިޕަލަށް އަވަސް ޝިފާއެއް ދެއްވާށި! އާމީން أسأل الله العظيم رب العرش العظيم ان يشفيه. آمين
ސޯލިހު
05 May 2023
ޕްރިންސިޕަލަށް އަވަސް ޝިފާ އަކަށް އެދި ދުޢާ ދަންނަވަން
އެފް
05 May 2023
ސަރ އަށް އަވަސް ޝިފާއެއް ދެއްވާށި! ބޮޑެތި ސްކޫލްތައް ހިންގެވުމުގެ ތަޖުރިބާ އާއެކު އަރަބިއްޔާވެސް އެހެރަ ހަމައަކަށް އަޅުއްވަނީއެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ.
މަން
05 May 2023
އިންސާނުންނަށް މަސައްކަތް ހަވާލުކުރަންވާނީ ކުޅަދާނަ މިންވަރަށް. އިސްކަންދަރު ސްކޫލް ހިންގަމުން އަރަބިއްޔާ ކަހަލަ ސްކޫލެއް ހިންގަން ހަވާލުކުރި އިރު އެޑިއުޝަނުން ލިބެންޖެހޭ އެއްބާރުލުން ނުދޭތާގަ އަރަބިއްޔާގެ ގިނަ ޓީޗަރުންނާއި ބެލެނިވެރިންނަކީ އުދަގޫބޮޑު ގޮތްދޫނުކުރާ ބައެއް. ހުސައިން އަކީ ކެތްތެރި ހީވާގި ހިންގުންތެރި ބޭފުޅެއް. އަވަސް ޝިފާއަކަށް އެދެން.