އައްޑޫ ފޭދޫގައި މިއަދު ވަނީ ކުއްޖަކު ގެނބިގެން މަރުވެފައި.
05 މެއި 2023 - 20:25
އައްޑޫ ފޭދޫ ޓްރެކް ސަރަހައްދު މޫދަށް ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ފޭދޫ ޓްރެކް ސަރަހައްދުގައި ހުރި ރެސްޓޯރަންޓަކަށް އާއިލާއާ އެކު ދިޔަ ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުންދަނިކޮށް މޫދުގައި އޮއްވައި ފެނިގެން ރިޕޯޓްކުރީ ހަވީރު 5:50 ހާއިރު ކަމަށެވެ.
އެ ކުއްޖާ މޫދުން ނަގައިގެން ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެތަނުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވީ ހަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
06 May 2023
އެކުއްޖާ ދިޔައީ އެކަނިތަ އެތަނަށް. ގޮވައިގެން ދިޔަ މީހުންނަށް ނުބެލުނީމަ ތިހެން ތިވީ. ފަރުވާކުޑަވީމަ. ފޯނު މޫނުމައްޗަށް ޖަހައިގެން މިހާރުމީހުން ކިޑަކުދިން ގޮވައިގެން ގޮސް ތަންތަނުގަ ތިބެނީ. ވަރަށް ހިތާމަ ވެރި ޚަބަރެއް.ﷲ ސވ ކުއްޖާގެ ފުރާނަޔަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ. އާމީން.