ހުޅުމާލެ މޫދުގައި ޑައިވިން އަށް ގޮސް އުޅުނު ތައިލެންޑުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހެނދުނު 11 ހާއިރު ޑައިވިން އަށް ދިޔަ ތައިލެންޑުގެ އަންހެނަކު ގެނބިގެން މަރުވެފައިވާ ކަމަށެވެ.
އުމުރުން 55 އަހަރުގެ އެމީހާގެ ގެނބިގެން މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި މީހެއް ކަމެއް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރަމުން އައި މީހެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.