އެމްއާރްއެމްގެ މުސްތަޝާރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީގެ އާއްމު މެމްބަރުންނާ ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ | މިހާރު
07 މެއި 2023 - 23:26
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓުގައި ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިއަދު އެ ޕާޓީން ވަކިވި މީހުން ވެސް އެ މަގާމްތައް ދޫކޮށްނުލަން އެ ޕާޓީން އެދިއްޖެ އެވެ.
ސަރުކާރުގައި ތިއްބެވި އެމްއާރުއެމްގެ ހަތް މެންބަރަކާއި ވަކި މަގާމެއް އަދާ ނުކުރައްވާ މެމްބަރަކު އެ ޕާޓީން ވަކިވާން މިއަދު ވަނީ ސިޓީ ފޮނުވައިފަ އެވެ. އޭގައިވާ ގޮތުން އެ ޕާޓީން ވަކިވާން ނިންމީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ރޫހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ހުރުމުންނެވެ.
އެމްއާރުއެމުން ބަޔަކު ވަކިވި މައްސަލާގައި އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ މަގާމްތަކަށް އެ ޕާޓީން ނަންތައް ފޮނުވާފައި ވާނީ ގާބިލް ބޭފުޅުންނަށް ވާތީ ކަމަށެވެ. އެހެންކަމުން ޕާޓީ ދޫކޮށްލިޔަސް މަގާމްތަކުގައި ދެމިތިއްބެވުމަކީ އެދޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
އެމްއާރުއެމްގައި އެ މެމްބަރުން ކޮށްދެއްވި މަސައްކަތްތަކަށް ބަޔާނުގައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އެ މެންބަރުން ވަކިވުމުގެ ކުރިން ޕާޓީއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރި އެއްވެސް ކަމަކަށް އެ ބަޔާނުގައި ރައްދެއް ދީފައި ނުވެ އެވެ. ބުނެފައި އޮތީ ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށެވެ.
"...އެމްއާރްއެމް ފެށިގެން އައީ، އަދި ކުރިޔަށް ދާނީވެސް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
1. މުހައްމަދު ފައިސަލް - ޔޫއޭއީގެ ޑެޕިއުޓީ އެމްބެސެޑާ
2. ތަޒްމީލް އަބްދުއްސަމަދު - އެމްޓީޑީސީގެ އެމްޑީ
3. މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ އެމްޑީ
4. އަބްދުލް ހަމީދު އަހުމަދު - ސީނިއާ އެގްޒެކެޓިވް ޑައިރެކްޓާ
5. ޝަޒާއިލް ޝިޔާމް - މޯލްޑިވްސް ގޭސްގެ އެމްޑީ
6. އިބްރާހިމް ފަރުހާދު - ސީނިއާ ޕޮލިސީ ޑިރެކްޓާ
7. އިސްމާއިލް ނާއިލް ނަޝީދު - ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން
8. ހަސަން ހައްޔާން އަހުމަދު - އެމްއާރްއެމްގެ އެކްސްކޯ މެންބަރު
އެ މެންބަރުން ޕާޓީން ވަކިވާން ނިންމުމަށް ފަހު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމެވި ކަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސޭން
13 May 2023
ކަލޭމެން ކުދިންނަށް ހީވާކަހަލަ ކަލޭމެން ތިތިބީ ތަސައްރަފު ފުދިފައޭ.. މައުމޫނު އެއްޗެއްބުނީމަ ފާޑުކިޔޭވަރުގެ އެކަކުވެސް އަދިވެސް ކަލޭމެން ތެރެއަކުނުތޭ...!! ދެރައީ އެވަރުވެސް ކަލޭމެނަށް ނޭނގޭކަން. މައުމޫނުމެން ބުނާއެތި ތަރުޖަމާ ކުރަން ވެސް އޮއްޓަރުހުރި ސިކުނޑިތަކެއް ބޭނުންވާނެ. ޢެއީ ތިހެން ތިބެފަ އަދި ކޮމެންޓެއް ކުރަން އެގުނަސް ތިކުދިންގެ ފެންވަރެއް ނޫން އެއީ.. މިއީ ވަރަށް ވާހަކަ..
ގެދާނޯމޮސް
09 May 2023
އެބުނުއްވާ ހެން މިތިރީސް އަހަރުގަ ކަމުގަ އެބަޔަކު މޮޔަހައްދުވާފަ ނިކަންރީޢްޗަށް ބައިތިއްބާނަމެވެ.
ސަރަގު
09 May 2023
ހައްހައް މައުމޫން ހުލިވީ ދަރިންވެސް ވިއްސިވިހާލިވީ ރަން 30 އަހަރުގެ ބާނީޔޯ މިވީކިހިނެއް
ދެރަވަރު
08 May 2023
އިބޫގެ ގޮތެއްނެތީމަ އެމީހުން މަޤާމުތަކުން ވަކިނުކޮށް ބައިތިއްބަނީ...
ސައިކޯ ޕޮލިޓިކްސް
08 May 2023
ސިޔާސީ މީހުންނަކީ މީ ހެއްވާ ބައެއް. މިތާ އެމްއާރުއެމް އަށް ނެގަޓިވް ކޮމެންޓް ކޮށްފާ ތިބި ގިނަމީހުން އެމްއާރުއެމް ގެ ސްޓޭންޑް މިއާ ދިމާ އިދިކޮޅަށް އައި ނަމަވެސް ހަމަ އެހާ އިދިކޮޅު ވެފައި ވިހަވާނެ. ގެރެންޓީތާ!
އަލީހަމީދު
08 May 2023
މައުމޫނަށް ރަގަޅަށް އެގިވަޑައިގަންނަވާނެ ޕާރޓީން ކެނޑުނީވެސް މަގާމްތަކުގެ ބޭނުމުގަކަން. ބޮލުގެ އެއްޗެއް ކުޅެލީދޯ.
އެޗް އެމް
08 May 2023
ސިޔާސީ އަކީ އަމިއްލަ އެދުން. އެއީ ބަޔަކަށް ކަމެއްކޮށްދޭ ބައެއްނޫން. ވަރުނުލާ ޕާޓީއެއްގަ ތިބެގެން ލިބޭނެ ވަކި މޮޅެއްނެތް. އެހެންވީމަ އެމީހުންގެ ކުރިމަގަށް މިވަގުތަށް އެންމެ ރަގަޅުހެން ހީވާ ގޮތަށް ނިންމީ.
އަހްމަދު ނައީމް
08 May 2023
ވިސްނާވިސްނާ ސޯލިހުއަށް 2ވަނަ ދައުރެއް ދޭންޖެހޭ ސަބަބެއް ނުވިސްނުނި.
ރައްޒާގު
08 May 2023
ކިތަންމެ ވަރަކަށް ވިސްނިޔަސް، އެއްޗެއް ނުވިސްނޭ މީހަކަށް ނުވިސްނޭނެ.
ބުއްދިކުރަމޭ
08 May 2023
(އޭގައިވާ ގޮތުން އެ ޕާޓީން ވަކިވާން ނިންމީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ރޫހު، ރައީސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް ހުރުމުންނެވެ.) ޕާޓީ ކޯލިޝަނަކުން މަޤާމް ލިބިއެހެންޕާޓީއެއްގެ ސިޔާސަތު ދިމާނުވާތީ ޕާޓީން ކެނޑުމަކީ ޕާޓީއަށް ޣައްދާރުވެ މަޤާމުގެ ދަހިވެތިކަން ބޮޑުވުން. ސޯލިޙުގެ ސަރުކާރުގެ ސިޔާސަތާ އެހެން ޕާޓީ ހުރުން ލާޒިމެއްނޫން. އެކަމަކު މަޤާމުގައިތިބެ އެއްބާރު ދިނުން މައްސަލައެއްނޫން. ސޯލިޙުގެ ވިއްކާލި ސިޔާސަތު ތާއީދުކުރިދޯ
ފރެފއ ރ
08 May 2023
ތިވެސް ޕާރޓީއެއް؟