ރައީސްގެ ދެކަނބަލުން އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރުވުމަށްފަހު މާލެ ވަޑައިގަންނަވަނީ.---
08 މެއި 2023 - 11:25
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސްގެ ދެ ކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ފުރާވަޑައިގަތީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކަމީލާ އިނގިރޭސި ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު ބޭއްވި މިދިޔަ ހޮނިހިރު ދުވަހު އެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ޗާލްސް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ލަންޑަނަށް ވަޑައިގަތެވެ.
ފަސް ދުވަހުގެ އެ ދަތުރުފުޅަށް ދައުލަތު ތިން މިލިއަނެއްހާ ރުފިޔާ ހަރަދުކުރުމުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޭސްޓިން
08 May 2023
އެއްވެސް މީހަކާ ބައްދަލެއް ނުވެވުނު. އެދިގެންވެސް ބައްދަލު ނުކުރި. ސަލާންކުރަން އަހަރެންވެސް ރައީސާ ހުކުރަށްގޮސް ނަމާދު ނިމުނީމާ. އެއީ ބައްދަލުކުރުން ކަމަށް ވަންޏާ އިންޑިޔާ ދަަރިކޮޅުގެ ބޮޑުވަޒީރާވެސް ބައްދަލުވި. ރަސްގެފާނާވެސް ބައްދަލުވި.
ޑރ. ރާމީ ޙަސަން މަނިކު
10 May 2023
ސިއްރުން ހުރިހާ މަޢުލޫމާތެއް ނަގާނެ. އެއަށް ކިޔަނީ ސީ.އައި.ޑީ ނެގުން. އިނގިފަ އޮއްނާނީ ޗާގޯސް ވިއްކާލި ރައީސް-ކަން އިބޫ އަކީ. އިނގިރޭސިން ޗާގޯސް ބޭނުންވޭ. ރިޝީ ސުނަކު ބައްދަލު ނުކުރީ އެހެންވެ ކަމަށް ބެލެވި ދާނެ. ޗާގޯސް ގެ އެއް ރަށް ކަމަށްވާ ޑިއާގޯ ގާސިއާ އޮއްނަނީ އެމެރިކާ އަށް ބޮޑުއަގުގަ ކުއްޔަށް ދީފަ.
ޢެޑްމުންޑޯ
08 May 2023
މިވަރުގެ އިސްރާފް ކުރާ ރައީސެއް އަދި ނުދެކެން ، މިއަށްވުރެ މުއްސަދި ބޮޑެތި ގަެުމުތަކުންވެސް ނުދޭ އެހަފްލާއަށް ، މީރައީސް މިނާޒުކު ދަނޑިވަޅުގައިވެސް ނާޗަރަންގީއަށް ،
ބޮޑުމީހާ
08 May 2023
ދަތުރުކުރުމުން 1 ވަނަ، ގައުމު ހިންގުމުން 0
މަޒްލާން
08 May 2023
ސަރކާރެއް އޮވެގެން ކޮއްމެހެންކުރަންޖެހޭ މުހިއްމު ކަންކަންހުރޭ އެފަދަކަންކަން ކުރުމުގެ ބާރު ވެރިމީހާއަށް ލިބގެންވޭ.
ޢެޑްމުންޑޯ
08 May 2023
ތީކޮންމެހެން ކުރަންޖެހޭކަމެއް ނޫން ، ދުނިޔޭގެ ބޮޑެތިގައުމުތަކުންވެސް އެތަނަކަށް ނުދޭ ، ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭނެ މުހިއްމުކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް އަތްފޯރާ ފަށައްގެނެސް ގައުމުގެ އިގްތިސާދު ރަގަޅުކުރުން '
ބިރު ފަހަނައަޅާ
08 May 2023
އެކްޓިވް ސްޓްރޯންގ އޮޕޮޒިޝަނެއް އޮތް ނަމަ މިއަދު އިބޫ ހުންނާނީ ގޭގައި. އިދިކޮޅުގައި އެެއްވެސް ކަމެއް ނެތް. ކުރާހާވެސް ކަމަކީ ޑިފެންސަށް ކުޅުން. ޔާމީން ޔާމީން. އިތުރު އެހެން އެއްވެސް ކަމެއް ނެތް.
ޔޯޔޯ
08 May 2023
މީހަކު ބުނި ހަމަ ނާދެވިދާނެ ޔޯ
ބޯބުރާންތި
08 May 2023
ކޯންޗެއް ގެނައީ؟ ޕައުންޑް ގޯނިތައް ގެނައިތަ؟
އިބުރާ
08 May 2023
މައުސޫބު ބުނީ މިހާރު އައްޑޫ އިން ބޭނުންވަރަކަށް ޕައުންޑު ލިބޭނެއޭ.