ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު މާޗް 16، 2015 ގައި ސްވިޓްޒަލެންޑުގެ ޖެނީވާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ގެޓީ އިމޭޖަސް
08 މެއި 2023 - 12:46
ޗާގޯސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސިޔާސަތު 2010 ވަނަ އަހަރު ބަދަލުކުރި ކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށާއި ރާއްޖެ މިނިވަންވީންސުރެ ސިޔާސަތަކީ މޮރިޝަސް އަށް ޗާގޯސް ލިބުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކަނޑައަޅައި މައްސަލަ ނިންމުމުން އެއީ ރާއްޖޭން ކަނޑުގެ ސަރަހައްދެއް ދޫކޮށްލުން ކަމަށް މިކަމުގައި ސަރުކާރަށް ފާޑުކިޔާ ފަރާތަކުން ދަނީ ބުނަމުންނެވެ.
މިކަމާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ބައެއް ބަންޑާރަ ނައިބުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ މޮރިޝަސް އިން ރާއްޖެއާ ވާހަކަ ދައްކަން ފުރަތަމަ ހުށަހެޅީ 2001 ގައި ކަމަށާއި އެކަމަކު ރާއްޖޭން މޮރިޝަސްއާ ވާހަކަ ދައްކަން ދެކޮޅު ހެދީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލަ ނުނިމެނީސް މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެފައި ކަމަށެވެ.
ޑިސެމްބަރު 16، 1965 އިން ފެށިގެން ވެސް ރާއްޖޭގެ ސިޔާސަތަކީ ޗާގޯސް އަކީ މޮރިޝަސް އަށް ލިބެންޖެހޭ ތަނެއްގެ ގޮތުގައި ބެލުން: ޑރ. ޝަހީދު
އާޒިމާ ވިދާޅުވީ އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ޕޮޒިޝަން ކަމަށާއި މިހާތަނަށް ވެސް ދަމަހައްޓަމުން އައީ އެ ސިޔާސަތު ކަމަށެވެ.
"ޗާގޯސްގެ ސިޔާދަތީ ބާރަކީ ކޮންޓެސްޓެޑް އެއްޗެކޭ. އެހެންވެ އެ ކޮންޓެސްޓް އެހެން އޮތްހާ ދުވަހަކު އަޅުގަނޑުމެން މޮރިޝަސްއާ ވާހަކަ ނުދައްކާނަމޭ. އެއީ ދައުލަތުގެ ފޮރިން ޚާރިޖީ ސިޔާސަތަކީ. އޭރުން ފެށިގެން ގޮސް 2010 އާ ހަމައަށް މި ޕޮޒިޝަން ނަގައިގެން އަޅުގަނޑުމެން ތިބީ،" އާޒިމާ ވިދާޅުވި އެވެ.
އެކަމަކު އޭރު ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ޝަހީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ 2010 ގައި ރާއްޖޭގެ ސިޔާސަތު މިކަމުގައި ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޑިސެމްބަރު 16، 1965 އިން ފެށިގެން ވެސް ރާއްޖޭގެ ސިޔާސަތަކީ ޗާގޯސް އަކީ މޮރިޝަސް އަށް ލިބެންޖެހޭ ތަނެއްގެ ގޮތުގައި ބެލުން ކަމަށެވެ.
ޝަހީދު ވިދާޅުވި ގޮތުގައި 1986، 1983، 1997، 2002 އަދި އެހެން ފަހަރުތަކުގައި ވެސް ދެމެހެއްޓީ އެ ސިޔާސަތު ކަމަށެވެ.
އިމުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިސްނެންގެވުމުގެ މަތިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝަހީދުގެ ޓްވީޓާ ގުޅިގެން، އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވަނީ އާޒިމާ ދެއްކެވި ވާހަކައަށް ބާރު ލިބޭ ގޮތަށް، މޮރިޝަސް އިން އިޓްލޮސް އަށް ހުށަހެޅި ލިޔުމެއް ޓްވީޓް ކުރައްވައިފަ އެވެ. އެކަމަކު ޝަހީދު ވިދާޅުވީ އެއީ މޮރިޝަސް ސަރުކާރުން އެކަމުގައި ދެކޭ ގޮތް ބަޔާންކޮށް މޮރިޝަސް ސަރުކާރުން ހަދާފައި އޮތް ލިޔުމެއް ކަމަށެވެ. މިކަމުގައި މޮރިޝަސް އިން މާނަކުރާ ގޮތާއި އިނގިރޭސި ވިލާތުން މާނަކުރާ ގޮތް ތަފާތުކަން އެނގޭ ލިޔުންތައް ވެސް ފެންނަން ހުންނާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ރާއްޖޭން ސިޔާސަތު ބަދަލުކުރީ އޮކްޓޫބަރު 21، 2010 ގައި ރާއްޖޭގެ މޮރިޝަސްއާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި މިކަން ފާހަގަވެގެން އޭނާގެ ބަންޑާރަ ނައިބުކަމުގައި އެކަން ގައުމީ ސަލާމަތާ ބެހޭ ކައުންސިލަށް ވެސް ހުށަހަޅުއްވާފައި އޮންނާނެ ކަމަށެވެ
"ދެހާސް ދިހައެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މި އޮންނަނީ މޮރިޝަސް އަށް ހުށަހަޅުއްވާފައި މި ދޭތެރޭގައި ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން ވާހަކަ ދައްކަން. އެއީ ރާއްޖޭން އެންމެ ފުރަތަމަ މޮރިޝަސް އަށް މިތަނުގެ ކްލެއިމްއެއް އޮތް ކަމަށް ގަބޫލުކުރި ކުރުން. އެހާ ހިސާބަށް އެއްވެސް ސަރުކާރެއްގައި އެ ޕޮޒިޝަން ނަގައިފައެއް ނޯންނާނެ. މޮރިޝަސް އަށް ލެޖިޓިމޭޓް ކްލެއިމްއެއް މި ސަރަހައްދަށް އޮތް ކަމަށް ވެސް ނޯންނާނެ،" އާޒިމާ ވިދާޅުވި އެވެ.
އިމުގެ ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން މޮރިޝަސްއާ ވާހަކަ ދައްކަން ނުޖެހޭ ކަމަށް ރާއްޖޭން ގެންގުޅުނު ސިޔާސަތު 2010 ގައި ބަދަލުކުރީ ކަމަށް އާޒިމާ ވިދާޅުވިޔަސް އިޓްލޮސްގައި މި ފަހަރު ވެސް ރާއްޖޭން ބުނަމުން އައީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ނޭނގޭތީ މިކަމުގައި މޮރިޝަސްއަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ނިންމާފައި ނޫނީ އިޓްލޮސްގައި މައްސަލަ ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރި އެވެ.
އެކަމަކު އިޓްލޮސް އިން ނިންމީ ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ނެރެފައި ވާތީ ރާއްޖޭގެ މި ދިފާއު ބަލައިނުގަނެވޭނެ ކަމަށެވެ. ޗާގޮސް ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތަށް ރާއްޖޭން އދ. ގައި ދެކޮޅު ހަދަމުން އައި ނަމަވެސް ދެން ވޯޓު ދޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ސިޓީފުޅެއް ފޮނުއްވީ ވެސް މިގޮތަށް އިޓްލޮސް އިން ނިންމައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
10 May 2023
ކަލޯ ޗާގޮސްއާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ބަޔާނެއް ތިޔަ ދެނީ މިކޮޅުން ފިލިޖަހާތީހެން ހާދަހީވޭ
ހެހެހެހް
09 May 2023
ގާތުގަ އޮންނަހާތަނަކަށް ދަހިވެތިވަންޏާ އިންޑިޔާހޯދަން އަވަހަށް ވެރިކަމަށް އައިސް އިޓްލޮސްއަށް ދޭ.
ގަހަރުލާދާ
09 May 2023
މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމުގެ ވާހަކަތައް ދެގައުމުން ފަށާފައި. އޭގެ މާނައަކީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސްއަށް ކަމަށް އިނގިރޭސިވިލާތުން ގަބޫލު ކުރުން. އެކަމަކު އެމީހުންގެ ބާރުގެ ދަށުގައި ޗާގޯސް އޮތިއްޔާ ރާއްޖެއަށް 200 މޭލުގެ އިން ރާއްޖޭގެ ދެކުނުން ދޭނަމޭ އިރެއް ގައި ބުނެފައި އޮތޭ ކިޔާފަ، އިނގިރޭސިވިލާތުން ވެސް ޗާގޯސްއަކީ މޮރިޝަސްގެ ތަނެކޭ ބުންޏަސް ދިވެހިން ކިޔަންވީތޯއޭ އެއީ ޔޫކޭގެ ތަނެކޭ؟
ބަކުންބޭ
09 May 2023
މިއީ ޤައުމުގެ ސިޔާސަތަށް ލޮޅުން ދިން އެކަކު، މިކަން ފެށުނީ މީނަގެ ހާރިޖީ ވަޒީރުކަމުގައި. މިއީ މިހާރުވެސް މިޤައުމަށް އެތަކަށް ގެއްލުން ދޭ މީހެއް، ގެ ކުއްޔަށް ދީ މުޅި އުމުރު ބޭރުގައި އުޅެ ޤައުމުން ކޮންމެ މަހަކު އެތައް ހާސް ޑޮލަރު ބޭރުކުރާ މީހެއް.
ޥެނުމަސް
09 May 2023
ގައުމައް ގެލްލުން ދޭމީހުނައް ގައުމުން އާމްދަނީ ލިބިގެންނުވާނެ. މިކަން ގާނޫނުގަ ލިޔެވެންޖެހޭ
ހަސަނު
10 May 2023
އާން.. އާޒިމާޝުކޫރަކީ ތިޔަ ބުނާ ކަހަލަ މީހެއް...
ތިބާގެ ޒިއްމާ ކޮބާ
09 May 2023
ސިއާސަތު ކަނޑައަލާމީހުން (ނުނީ ސަރުކާރުން ސިޔާސަތެއް ކަނޑައަލާއިރު އެކަން އެއްމް މޮލައް ދަންނަ ނުވަތަ ކަމުގެ ފަންނީ ގޮތުން ފުންނާބު ދިގުމީހާ ނުވަތަ މީހުން) މި ބުނަނީ ޗާގޯސް މޮޜިސަސް އައް ދިނުމަކީ އަބަދުވެސް ސިޔާސަތޭ. ވީމާ މިހާ މޮލުބައެއްގެ ބޭނުމެއް ނެތް. މިހެން ބުނެވޭނެ ކޮއްމެ މީހަކައްވެސް. ޒިއްމާއިން ރެކުމުގެ ލާމަސީލު
ކުޑޭ2
09 May 2023
ކިހާވަރެއް ލިބިގެންބާ މިއުޅެނީ
ޝޮކްތެރަޕީ
09 May 2023
ގައްދާރުން ގިނަވަނީ ދެރަ
ދޭސީ
09 May 2023
ރާއްޖެއަށް ލިބުން ނޭދި މާދުރުގަ އޮތް އެހެން ގައުމަކަށް ލިބުން އެދޭ ސިޔާސަތަކީ ދިވެހި ގައުމު ދެކެ ލޯބިނުވާ ހެޔޮނޭދޭ މުޑުދާރު ސިޔާސަތު. އެސިޔާސަތަށް ދިވެހި ގައުމު ދެކެ ލޯބިވާ ދިވެހިން ބުނަނީ ނޫނެކޭ.
އަޖާ
08 May 2023
ރާއްޖޭން ސްޓޭންޑް ބަދަލުނުކުރާ ވާހަކަ އެވަރަށް އަބަދު ދައްކާއިރު، 2019 ގަ މުޅި މައްސަލައިގެ ހާލަތު ބަދަލުވެ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ކަމާބެހޭ އެންމެ މަތީ ކޯޓުން ލަފާދީ އެކަން އދ. ގެ ސަތޭކަ އެތައް ގައުމަކުން ބަލައިގަތީމަ އެއީ އެއްވެސް ބުރަދަނެއް ހުރި ކަމަކަށްނުވަނީބާ. ކިތަންމެ ދިގުމުއްދަތަކަށް ރާއްޖޭގެ ސްޓޭންޑެއް އެކަމުގަ އޮތަސް 2019ގަ އެއޮތީ މުޅި މައްސަލައަށް ބަދަލު އަންނަވަރުގެ ބޮޑު ކަމެއް އދ. އިން ނިންމާފަ ނޫންބާ.
އަފްރާސިޔާބު
08 May 2023
މޮރިޝަސް އިން އެމައްސަލާގައި އިނގިރޭސި ވިލާތާ ދެކޮޅަށް ތެދުވެ ބައިނަލްއަގްވާމީ ކޯޓުގައި މައްސަލަ ޖައްސައިގެން ޗާގޯސް އެއީ އެމީހުންގެ ތަނެއް ކަމަށް ހަމަޖައްސައި. ދެން އޮތީ ކަނޑުގެ ސަރަހައްދު ބެހުން. ކަނޑުގެ ސަރަހައްދު ބެހުމުގައި ރާއްޖޭން ނެގި ސްޓޭންޑް ރަނގަޅީ. ދެން ކިތަންމެ ވަރެއް ކުރިޔަސް އެކަނޑުގެ ފުށޫއަރާ ތަންްކޮޅު އެހެންގޮތަކަށް ބެހުމެއް ނުއޮންނާނެ.2001 ވަނައަހަރު ނެގިސްޓޭންޑަކީ ޗާގޯސް ސިޔާދަތީ ބާރު އޮތް ފަރާތަކާއެކު ވާހަކަ ދެއްކުން.