08 މެއި 2023 - 13:28
އިންޑިއާގެ އިރު އުތުރުގައި އޮންނަ ސްޓޭޓެއް ކަމަށްވާ މަނީޕޫރްގައި މިހާރު ފެށިފައިވާ ނަސްލީ ތަޅާފޮޅުންތަކުގެ ތެރޭގައި، 50 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މަނީޕޫރްގެ އެކި ސަރައްދުތަކަށް ފެތުރިފައިވާ ތަޅާފޮޅުންތައް ކުރިއަށް ދަނީ، ކޫކީ ދަރިކޮޅުގެ މީހުންނާއި މެއިތީ ދަރިކޮޅުގެ މީހުންނާ ދެމެދުގަ އެވެ. މަނީޕޫރްގެ ހޮސްޕިޓަލުތަކުންނާއި އިންޑިއާގެ ސިފައިން ބުނާ ގޮތުގައި، މަނީޕޫރްގެ ވެރިރަށް އިމްޕާލްގައި މިހާރު ކުރިއަށް ދާ ހަމަނުޖެހުންތަކުގައި ޒަޚަމްވެގެން 260 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.
އޭގެ އިތުރުން، އިމްޕާލްގެ އާންމު ރައްޔިތުން ދިރިއުޅޭ ބައެއް އިމާރާތްތަކާއި ފިހާރަތަކާއި ހޮޓާތަކުގައި ހުޅުޖަހައި އަންދަމުން ދާއިރު، 23000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ، އެ ސަރަހައްދު ދޫކޮށް ރައްކާތެރި އެހެން ސަރަހައްދުތަކަށް ގޮސްފަ އެވެ. އަދި ގެދޮރު ދޫކޮށް ދިޔަ ވަރަށް ގިނަ ބަޔަކު މިހާރު ވަގުތީ ގޮތުން ތިބީ ސިފައިންގެ އަސްކަރީ މަރުކަޒުތަކުގައި ކަމަށް ވެސް ސިފައިން ބުނެ އެވެ.
މަނީޕޫރްގެ ހޮސްޕިޓަލުތަކުން ބުނާ ގޮތުގައި ޒަޚަމްވެގެން ގެންނަ ގިނަ މީހުންނަކީ ހަށިގަނޑުގެ އެކި ތަންތަނަށް ބަޑީގެ ވަޒަން އަރައިގެން ގެންނަ މީހުންނެވެ. އޭގެ އިތުރުން ލަކުޑިބުރި ފަދަ ތަކެތިން ބޮލުގައި ޖެހުމުން ޒަޚަމްވެފައިވާ ބައެއް މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ތަންތަނުން ބުނެ އެވެ.
މަނީޕޫރްގައި ދިރިއުޅޭ ތަފާތު ނަސްލުތަކުގެ ތެރެއިން ކޫކީ ދަރިކޮޅުގެ މީހުންނާއި މެއިތީ ދަރިކޮޅުގެ މީހުންނާ ދެމެދު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދެބަސްވުންތައް އުފެދުނީ، މަނީޕޫރްގެ ހިމާޔަތްކޮށްފައިވާ ޖަންގަލި ސަރަހައްދެއްގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ މީހުން، އެހެން ތަނަކަށް ބަދަލުކުރުމަށް މަނީޕޫރްގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
އެ މައްސަލަ އުފެދިފައި ވަނިކޮށް، ހަމަނުޖެހުންތައް އުފެދެން މެދުވެރިވީ، މެއިތީ ދަރިކޮޅުގެ މީހުންނަކީ، އިންޑިއާގެ އާބާދީގައި ހިމެނޭ ބައި މަދު ދަރިކޮޅެއް (ޝެޑިއުލްޑް ޓްރައިބް)ގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެންނެވެ. އެ އަޑުތައް ފެތުރުމާއެކު، މަނީޕޫރްގެ ހުރިހާ ދަރިކޮޅުތަކެއްގެ ދަރިވަރުން ތަމްސީލްކުރާ ޔޫނިއަނުން އިންތިޒާމުކުރި އެއްވުމެއްގައި، މެއިތީ ދަރިކޮޅުގެ މީހުން ފިޔަވައި އެހެން ދަރިކޮޅުތަކުގެ އެތައް ހާސް ބަޔަކު ބައިވެރިވެ، އެކަމާ ދެކޮޅަށް އަޑު އުފުލުމުންނެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ، ނަމަވެސް އިންޑިއާގެ ޝެޑިއުލްޑް ޓްރައިބެއްގެ ގޮތުގައި މިހާތަނަށް ރަސްމީކޮށް ކަނޑައަޅާފައި ނުވާ އެތައް ބަޔަކު މިހާރު ވެސް އިންޑިއާގައި އެބަ އުޅެ އެވެ. އެފަދަ ދަރިކޮޅުތަކާއި ގަބީލާތަކުގެ މީހުންނަށް، އިންޑިއާގެ ސަރުކާރުގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް ދޭ އެއްވެސް އަސާސީ ޚިދުމަތެއް ނުލިބެ އެވެ.
ސިއްހީ ބޭސްފަރުވާގެ ލުއިފަސޭހަތަކާއި، ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު ވެސް، ޝެޑިއުލްޑް ޓްރައިބެއްގެ ގޮތުގައި ކަނޑައަޅާފައިނުވާ ދަރިކޮޅެއްގެ މީހަކަށް ނުލިބެ އެވެ. އެހެންކަމުން، މަނީޕޫރްގައި ދިރިއުޅޭ މެއިތީ ދަރިކޮޅުގެ މީހުންނަށް ޝެޑިއުލްޑް ޓްރައިބެއްގެ ދަރަޖަ ދިނުމަށް، އެހެން ދަރިކޮޅުތަކުގެ މީހުން ދެކޮޅު ހަދަނީ، އެފަދަ ނިންމުމެއް ނިންމައިފި ނަމަ، މެއިތީ ދަރިކޮޅުގެ މީހުންނަށް ފިޔަވައި، އެހެން ދަރިކޮޅުތަކުގެ މީހުންނަށް އެކަމުން މަންފާއެއް ނުކުރާނެތީ އެވެ.
މަނީޕޫރްގެ ޖުމްލަ އާބާދީގެ 50 ޕަސެންޓަށް ވުރެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ މެއިތީ ދަރިކޮޅުގެ މީހުންނެވެ. އަދި މަނީޕޫރްގައި މިހާރު އޮތް ސަރުކާރުގައި ތިބީ، މެއިތީ ދަރިކޮޅުގެ މީހުން ކަމަށްވާއިރު، މަނީޕޫރްގެ އާބާދީގައި ދެން އެންމެ ހިއްސާއެއް ވަނީ ކޫކީ ދަރިކޮޅުގެ މީހުންނެވެ.
ދެ ފަރާތުގެ މެދުގައި މިހާރު އުފެދިފައިވާ ތަޅާފޮޅުންތައް މައިތިރި ކުރުމުގެ ގޮތުން އެ ސަހަރުގެ މަގުތަކަށް މިހާރު ވަނީ ސިފައިން ނެރެ، ކާފިޔޫ ހިންގައިފަ އެވެ. އަދި ފަސް ދުވަހުގެ މުއްދަތަށް އެ ސަރަހައްދުން މިހާރު ވަނީ އިންޓަނެޓްގެ ޚިދުމަތް ވެސް ކަނޑާލައިފަ އެވެ.
ދެ ގަބީލާ އިން ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ، އަނެއް ގަބީލާއެއްގެ އިސް ލީޑަރުން ތިބި ތަންތަން ދެނެގަނެ، ސީދާ އެމީހުންނަށް ހަމަލާދީ މަރައިލުމަށެވެ. އެހެންކަމުން މިއީ ވަރަށް ދުރާލައި ރާވައިގެން ހިނގަމުންދާ ތަޅާފޮޅުމެއް ކަމަށް، މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
މަނީޕޫރް ސަރުކާރުގެ އެންގުމަށް ސިފައިން ނުކުމެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދާއިރު، މަގުތަކަށް މީހުން ނުކުމެ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރޭތޯ ބެލުމަށް ޑްރޯންތަކާއި ހެލިކޮޕްޓަރުތައް ބޭނުންކުރަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ. އަދި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭ ނަމަ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
08 May 2023
މުސްލިމުން ނައްތާލަން އިންޑިޔާގެ ހަރުކަށި ހިންދޫއިން އެގައުމުގައި އާލާކުރި ފިކުރު، އެ އުފެއްދި މީހުންނާ މިއޮތީ ބައްދަލުވެފަ.
ވަހީދުބެ
08 May 2023
މިކަހަލަ ނަސްލީ ތަފާތު ކުރުން ގެންގުޅޭ ބައެއްގެ އަތްދަށަށް ރާއްޖެ ގޮއްސިއްޔާ ރެއަކާއި ދުވާލެއްގެ ތެރޭގައި ދިވެހި ނަސްލު ނޮޅާލާނެ. ކުދީންނޭ ބައެއްގެ އަޅުވެތިކަމަށް ނުދާތި.