ހައްޖު ކ÷ަރޭޝަންގެ މުވައްޒަފަކު، ހައްޖުވެރިޔަކަށް އެހީ ވަނީ: ރާއްޖެ އަށް ލިބުނު 1000 ކޯޓާގެ ގެތެރެއިން 870 ކޯޓާ ބެހީ އެ ކޯޕަރޭޝަނާއި ޕްރައިވެޓް ހައްޖު ގުރޫޕްތަކުގެ މެދުގައި --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން
09 މެއި 2023 - 11:54
ސައޫދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ 1،000 ޖާގައިގެ ތެރެއިން 870 ކޯޓާ ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕްގެ މެދުގައި އިސްލާމިކް މިނިސްޓްރީން ބަހާލައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު "މިހާރު" އަށް މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެ ކޯޕަރޭޝަނަށް ދިނީ 600 ކޯޓާ ކަމަށެވެ. އޭގެ ތެރެއިން އާންމުންނަށް ކަނޑައެޅި ޖާގަތަކަށް މިހާރު މީހުން ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލިބުނު 600 ކޯޓާގެ ތެރޭގައި އެހީތެރިންގެ ގޮތުގައި ދާ ޑޮކްޓަރުންނާއި އެހެނިހެން ވޮލެޓިއަރުން ވެސް ހިމެނޭނެ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ހައްޖުވެރިންނަށް އެހީތެރިވާ ވޮލެންޓިއަރުންގެ ގޮތުގައި ގާތްގަނޑަކަށް 50 މީހުން ދާނެ ކަމަށެވެ.
މި އަހަރު އަގުހެޔޮކޮށް ހައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަ ދިނީ އަލްމަނާސިކް ހައްޖު ގުރޫޕާއި ސިސިލްފަރާއި އަލްހަރަމައިން އަށެވެ. އެ އިން ކޮންމެ ގްރޫޕަކަށް އިސްލާމިކް މިނިސްޓްރީން ދޫކުރީ 90 ކޯޓާ އެވެ. އެހެންވެ، އަމިއްލަ ތިން ގުރޫޕްގެ ކޯޓާގެ އަދަދަކީ 270 އެވެ. އެއީ ޑޮކްޓަރުންނާއި އެހީތެރިން ވެސް ހިމެނޭ ގޮތަށެވެ.
އެހެންވެ، ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕަށް 870 ކޯޓާ ދިނުމަށް ފަހު ބާކީ 130 ކޯޓާ ބަހާނެ ގޮތެއް އިސްލާމިކް މިނިސްޓްރީން އަދި ނުބުނެ އެވެ.
ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު: އެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ދާ ޖާގަ ތައް މިހާރު ވަނީ ފުލްވެފަ --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން
- ލިބުނީ 1،000 ކޯޓާ.
- ހައްޖު ކޯޕަރޭޝަނަށް 600 ކޯޓާ.
- ޕްރައިވެޓް ތިން ގުރޫޕަށް 270 ކޯޓާ.
- އަމިއްލަ ކޮންމެ ގުރޫޕަކަށް 90 ކޯޓާ.
- ބާކީ 130 ޖާގަ ބަހާ ގޮތެއް އަދި ނޭނގޭ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަ މުރުޝިދު އަބްދުލްހަކީމް ވިދާޅުވީ، ހައްޖު މިޝަންގައި ވަޑައިގަންނަވާ ބޭފުޅުންގެ ޖާގަތަކުގެ ގޮތުގައި އެ މިނިސްޓްރީ އަށް ވެސް ކޯޓާ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ ކޯޓާއެއް ކަމެއް އޭނާ އަދި ވިދާޅެއް ނުވެ އެވެ.
ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބޔަކު: މި އަހަރު އެ ކޯޕަރޭޝަނުން ހައްޖަށް ގެންދާނީ 600 މީހުން --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން އަމިއްލަ ތިން ގުރޫޕެއް ހޮވީ އިސްލާމިކް މިނިސްޓްރީން ބޭނުންވި ގޮތަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އެ މީހުން ކަމަށް ވާތީ އެވެ.
- އަލްހަރަމައިން 75،250ރ
- ސިސިލްފަރު 75،465ރ.
- އަލްމަނާސިކް 75،000ރ.
ނަމަވެސް، ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް ބައެއް ގުރޫޕުން ނަގަމުންދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ކޮންމެ މީހެއްގެ ބޮލަކަށް 123،360ރ އެ ގުރޫޕްތަކުން ކިޔާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް އާންމުން ބުންޏެވެ. ބައެއް މީހުންގެ އަތުން އެ އަށް ވުރެ ބޮޑު އަގެއް ވެސް ނަގާ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުު
10 May 2023
އަސްލު މިހާރު އަމިއްލަފަރާތްތަކަށް ހައްޖުގެ ހުއްދަ ދޭނެކަމެއްނެތް. ހައްޖުކޯޕަރޭޝަނުން އެންމެންގެ ކަންތަކާ ހަވާލުވެ ސަރުކާރުގެ ކުންފުނިތަކާ މީހުން ހަޥާލުކުރަންވީ. ހައްޖަށްގެންދަން. އެކުންފުނިތަކަށް ސަރުކާރުންކަނޑައަޅާއަގެއް ކޮންމެ މީހަކަށްދޭނީ. އޭރުން ކުންފުނިތަކަށްވެސްފައިދާވެ ރައްޔިތުންނަށް ހެޔްއަގުހައި ހައްޖަށް ދެވޭވީ.
ފޫހި
10 May 2023
މިވެސް ބޮޑު ކޮރޮޕްޝަން. ހައްޖަށްދާން ދޭ ކޯޓާކޮޅުވެސް އެކިބައިބަޔަށް ބަހާ އިއްޒަތްތެރިންނަށް އެެއްބައި ބަހައްޓަނީ. އެކަމަކު ނިކަމެތި ފަގީރުން އެތައްދުވަހެއްވަންދެން ހޯދި ފައިސާކޮޅަށް އުމުރު ހޭދަވާއިރުވެސް ހައްޖަށްނުދެވި ކިއުގަ. ދެން ތިޔަ ކޯޓާދިން ޖަމާޢަތްތަކުން 150 ހާސް ބޮލަކަށް އެބަނަގާ. އެމީހުން ބުނަނީ އެއީ މިހާފަސްވީމަ އެހެނިހެން ޚަރަދަށޯ. ބޮޑުވަރުދޯ
ކޯޓާ
10 May 2023
ސީދާ ހައްޖު ކޯޕަރޭޝަނުންވެސް ސިލިޕްގަ 75000 ޖަހާފަ ސިލިޕް ދިނަސް އެއްލައްކަ އެބަ އަތުލާ! އެވާހަކަ ދައްކައިފިނަމަ ޖާގަ ކެންސަލް ކުރާނެ ކަމުގެ އިންޒާރު އެބަދޭ!
މަޖާ33
10 May 2023
އަޅުކަމަކަށްޓަކައި މިހާވަރަށް މުއްސަނދި މަހުޖަނުންނަށް ފައިސާ ދޭންޖެހޭ ކަމެއް މުޅި ދުނިޔޭގައިވެސް ނެތް. ގައިމު ނިކަމެތި ފަޤީރުންނަށް ކުރާ ޞަދަޤާތެއް ނޫނިއްޔަ. ނަމުން ﷲ ގެ މަގުގައި. އެކަމަކު ހުރިހާ ފައިސާއެއް ލިބެނީ ބޮޑެތި ޑިވެލޮޕަރުންނާ އެއާރލައިންތަކާ އެޖެންޓުންތަކާ ގަހަނާ ފިހާރަތަކަށް. މަޖާ ކަމެއް.
ކޮބާ
09 May 2023
ކޮބާހޭ ބާކީ 130؟؟؟؟؟ އަޖައިބެއްނު.
ޙިސާބޭ
10 May 2023
ސަރުކާރުގެ މިނިސްޓރީއިން ދައުވަތުދެވިގެން ކަނޑައަޅާ ބަޔަކަށް. މިނިސްޓރީގެ ލަޝްކަރު، ރައީސް އޮފީހުން ދެއްވާ ސަރުކާރުގެ ބޭފުޅުންނަށާ ކުންފުނިތަކުގެ ޖާގަ.
ގައުމީ ލޯބި
09 May 2023
ސިސިލް ފަރުން ބުނީ 150 ހާހަށް ކަމަށް ހައްޖައްދެވޭނީ، އެފައިސާ ޕޭކުރަންވާނީ އެކައުންޓަށް 75،465ރ އެކައުންޓަށް ޖަމާކުރުމަށް ބާކީ ކޭޝް ކޮށް ކަމަށް ދޭންވާނީ..! މިޔަށް ކިޔަނީ އަޅުކަމުންވެސް ވައްކަން ދޯ؟.. ސަރުކާރުން ބަލޔަޔޯ ކޯޗެއް ބާ ބަލަނީ ކިހިނެއް ދޯ ބަލާނީވެސް؟
ބޮޑުމީހާ
09 May 2023
870 ޖާގައިގެ ތެރެއިން 600 ޖާގަ ހައްޖު ކޯޕަރޭޝަނުން މެނޭޖްކުރެވެންޏާ އަނެއް 270 ޖާގަވެސް މެނޭޖްކުރެވޭނެ. ޕްރައިވެޓް ޕާޓީތަކަށް އެ ކޯޓާ ދޫކޮށްގެން މީހުން ގަނެތެޅުވުމަށްވުރެ ހައްޖު ކޯޕަރޭޝަނުން އެކަންކުރުމުން މިހާރު މިނުކުންނަކަހަލަ މައްސަލަތައް މަދުވާނެ. ޕްރައިވެޓް ޕާޓީތަކުން މީހުން ހައްޖަށް ގެންދަންޏާ އަމިއްލައަށް ކޯޓާ ހޯދައިގެން ބޭނުން އަގަކު ގެންދަންވީ. ދައުލަތަށް ލިބޭ ކޯޓާތައް ވަކިބަޔަކު ވިޔަފާރިއަށް ދޫކޮށްލުމަކީ ދެރަކަމެއް!
ޙާޖީއެއް
09 May 2023
ރަތްކުލައިގެ ޓީޝާޓްގަ އެހެރީ ވަރަށް ރަނގަޅު ވަރަށް އަޅާލާ ވަރަށް އޯގާތެރި ހިންގުން ތެރި ބޭފުޅެއް. ގާތްގަޑަކަށް އަޅުގަނޑު ދިޔަ ޙައްޖުގެ ހުރިހާ ކަމެއްގަ އެންމެ އިސްކޮށް ފެނުނު އެންމެ ލީޑަރ ޝިޕް ރަނަގޅު އެހީތެރިއާ އެއީ، ވަރަށް ބޮޑަށްޝުކުރު އަދާކުރަން ހައްޖު ކޯޕަރޭޝަނަށާއި އަދި އެ އެހީތެރިއާއަށް....
މަނިކުބެ
10 May 2023
އަމިއްލަޔަކަށް ޕްރޮމޯޓުވާކަށް ސަޅިބައިސާ ކަނޑާނެކަމެއް ނެތް.. ތިއީ މިހާތަނަށް ހުރިހާ ޙައްޖަކަށް ދިޔަ މީހެއް.. ޙައްޖުކޯޕަރޭޝަންގެ ހަލާކު ތިއީ.. ބޮޑެތި މީހުން ހުރިއްޔާ ވަރައް މަސައްކަތް ކުރާނެ، ނެތިއްޔާ އޮންނާނީ ނިދަން.. ހުރިހާކަމެއް ކުރާނީ ދެން ތިބޭ މީހުން.. ތިމީހުންނަށް ބަރޯސާވުން ހުއްޓާލަން އެބަޖެހޭ ޙައްޖުކޯޕަރޭޝަނުން އެބަޖެހޭ ތިތަނަށް ހިންގުންތެރި ޢަރަބިބަސް ދަންނަ މީހުން ގެންނަން..
ޢިހްސާސް
09 May 2023
ޢިސްލާމިކް މިނިސްޓަރު އަރިހަށް އެއްވާންވި ޕުރައިވެޓް ކުންފުނިތަކަށް ހައްޖު ކޯޓާ ދިނުން ނިމުމަކަށް ގެނެސް ހައްޖުކޯޕަރޭޝަނިގެ ވެއިޓިންގ ލިސްޓަށް ފުރުސަތުދީ..
ބަކުންބޭ
09 May 2023
އިސްލާމިކް މިނިސްޓްރީ އިން ކޮރަޕްޝަން ގެ ދަށުން ބިޑް ކެންސަލްކޮށް، ބިޑް ހުށަހެޅިމީހުނަށް އެކަނި އަލުން ބޮޑް ހުށަހެޅުމަށް ފުރުޞަތުދީ ފޭކް ޕްރައިސް އެއް ޕްރޮޕޯޒަލް ގަ ޖަހާ އަގު ހެޔޮ ޕްރައިސް އެއްކަމަށް ދަޅަ ދައްކާ ކަސްޓަމަރގެ އަތުން ވަލު ދޮރޯށިން ދަނީ ފައިސާ އިތުރަށް ހޯދަމުން. ދެން އިބްރާހީމް ބުނާނެ ތިމަންނަ ސަރުކާރުން އޮންނާނީ ޕްރައިވެޓް ކުންފުނިތަކުގެ ހައްޖު އަގުވެސް ކޮންޓްރޯލް ކޮށްފައޭ. ހާދަ ފޭކޭ.